Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް އައު ދިރާސާއެއް ފަށަނީ

ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް އައު ދިރާސާއެއް ފަށަނީ

އައިޝަތު ރުވާ ރިފްޢަތު
684 ދުވަސް ކުރިން - 20 އޮކްޓޫބަރު 2024 22:08
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން/ ފޮޓޯ: ޕީއެސްއެމް
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން/ ފޮޓޯ: ޕީއެސްއެމް
ޚުލާސާ

މި ދިރާސާއަށް ތައްޔާރުވުމުގެ ގޮތުން ފާއިތުވި 5 އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޭސް ކުރި މީހުންގެ އަދަދުތައް ފުލުހުން މެދުވެރިކޮށް ނަގަމުންދާ ކަމަށާއި، ކައުންސިލްތަކުން ވެސް މަޢުލޫމާތު ހޯދަން ފަށާފައިވާ ކަމަށް ލުބްނާ ވިދާޅުވި.

ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް އައު ދިރާސާއެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހާމަކޮށްފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުހައްމަދު ރާޝިދު ވިދާޅުވީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން މި ދިރާސާ ކުރުމަށް ނެޝަނަލް ޑްރަގް ކައުންސިލުން އެންޑީއޭއަށް އަންގާފައިވާ ކަމަށެވެ. "ނެޝަނަލް ޑްރަގް ކައުންސިލުން އެންޑީއޭއަށް އަންގާފައިވޭ މި ދިރާސާ ކުރުމަށް. އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ އެ ދިރާސާގެ މަސައްކަތް ކުރިއަށްދާނެ" ރާޝިދު ވިދާޅުވިއެވެ.

އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވީ މި ދިރާސާއަށް ތައްޔާރުވުމުގެ ގޮތުން ފާއިތުވި 5 އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޭސް ކުރި މީހުންގެ އަދަދުތައް ފުލުހުން މެދުވެރިކޮށް ނަގަމުންދާ ކަމަށާއި، ކައުންސިލްތަކުން ވެސް މަޢުލޫމާތު ހޯދަން ފަށާފައިވާ ކަމަށެވެ. އަދި މި ދިރާސާ ކުރިއަށް ގެންދާނެ ގޮތަކާމެދު ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

Advertisement

Advertisement 1

ފާހަގަކޮށްލެވޭ ކަމަކީ ރާއްޖޭގައި ނެޝަނަލް ޑްރަގް ދިރާސާއެއް އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ 2012 ވަނަ އަހަރު ކަމެވެ. އޭގެ ފަހުން މިފަދަ ފުޅާ ދާއިރާއެއްގައި ދިރާސާއެއް ކުރެވިފައެއް ނުވެއެވެ. ފުލުހުންގެ މަޢުލޫމާތު ދައްކާގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަސްތުވާތަކެތީގެ މައްސަލަ ހިނގާފައިވެއެވެ. އަދި އެންމެ ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 7500 ވަރަކަށް މީހުން އުޅެއެވެ.

މި އައު ދިރާސާއިން ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ލިބި، މި ބޮޑު މައްސަލައާ ކުރިމަތިލުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް އެހީތެރިވެދޭނެ ކަމަށް އުންމީދު ކުރެވެއެވެ.

ކުށްކުރުންމޯލްޑިވްސް ޕޮލިސް ސަރވިސްނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން - 01:55

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

2 ދުވަސް ކުރިން - 20:53

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

2 ދުވަސް ކުރިން - 15:41

ވެމްކޯއާއި ފުލުހުން ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

3 ދުވަސް ކުރިން - 14:41

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ޓާސްކްފޯސްއަށް ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކޮށްފި

3 ދުވަސް ކުރިން - 12:44

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

3 ދުވަސް ކުރިން - 10:57