ޓީ20 ކުއަޑްރަންގިއުލާ އިންޓަނޭޝަނަލް ސީރީސްގެ ދެވަނަ މެޗުގައި ބޫޓާން އަތުން ރާއްޖެ ބަލިވެއްޖެއެވެ.
މިއަދު ކުޅުނު މެޗުގައި ރާއްޖެއިން 112 ލަނޑު 20 އޯވަރުގެ ތެރޭގައި ހެދިއިރު 55 ބޯޅައިން 58 ލަނޑު އަޒްޔާން ފަރުހަތު ހެދިއެވެ. އަދި މުހައްމަދު އައްޒާމް ވަނީ ވަނީ 26 ބޯޅައިން 25 ލަނޑު އެއްކޮށްފައެވެ.

ބޫޓާނާއި ރާއްޖެ މިއަދު ކުޅުނު މެޗުގެ ތެރެއިން / ފޮޓޯ: ބޫޓާން ކްރިކެޓް
ޖަވާބުގައި ކުޅެން އެރި ބޫޓާނުން ވަނީ 18 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 113 ލަނޑު ހަދާފައެވެ.
ބޫޓާނުގެ ފުރަތަމަ ކުރިކެޓު ދަނޑު ހުޅުވުމުގެ ގޮތުން ކުޅޭ މި މުބާރާތުގައި އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 34 ބޯޅައިން ބަލިނުވެ 49 ލަނޑު ހެދި ތިންކޭ ޖަމްޓްޝޯ އާއި ސުޕްރީތު ޕްރަދާންއެވެ. ސުޕްރީތު ވަނީ 21 ބޯޅައިން 25 ލަނޑު އެއްކޮށްފައެވެ.
ރާއްޖެއިން މިމެޗުން ބަލިވިއިރު ފުރަތަމަ ކުޅުނު މެޗުން ވަނީ މޮޅުވެފައެވެ. އެއީ އިންޑޮނޭޝިއާ އަތުންނެވެ.
ރާއްޖޭގެ 3 ވަނަ މެޗު އޮންނާނީ އަންގާރަ ދުވަހު ތައިލެންޑާއި ދެކޮޅަށެވެ.
މިމުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ބޫޓާން، ދިވެހިރާއްޖެ އަދި އިންޑޮނޭޝިއާ އާއި ތައިލެންޑެވެ.
ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު އެވެ. ފައިނަލް މެޗު އޮތީ ހުކުރު ދުވަހުގައެވެ.









