މިއަދު ހެނދުނު އިސްރާއީލުގެ އިސްތިއުމާރީން ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ ހިބްރޫންގެ އިރުމަތީގައި އޮންނަ ޚަލަތު އަލް ފަރުން ސަރަހައްދުގައި ފަލަސްތީނުގެ ބިމުގައި އާ ސެޓްލްމަންޓް އައުޓްޕޯސްޓެއް ގާއިމްކޮށްފި ކަމަށް ޚަބަރު ލިބެއެވެ. މީގެ ކުރިން 2020ވަނަ އަހަރު އެ ސަރަޙައްދާއި ކައިރީގައި 4،51،700 ޔަހޫދީން ގަދަކަމުން ދިރިއުޅެމުން ދެއެވެ. އެއީ ހުލަނގު އައްސޭރީގައެވެ.
ސެޓްލްމަންޓް އައުޓްޕޯސްޓެއް ކަމަށް ބުނެފައި އެވަނީ، އިސްރާއީލުގެ 300 އަށްވުރެ ގިނަ ވަޒަންވެރިން އިއްޔެއާއި މިއަދު ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިމުގައި ގާއިމްކޮށްފައިވާ ވަގުތީ ޓެންޓު ތަކަށެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމަށް ބެލެވުނު ނަމަވެސް، އިސްރާއީލު ސަރުކާރުން އެކަމަށް ހުއްދަދީ އެއީ އިސްރާއީލުގެ ޤާނޫނީ ނިޒާމުގެ ތެރެއިން ހުއްދަކުރެވޭ ކަމަކަށް ހަދައެވެ. މިއީ އިސްރާއީލުގެ އާބާދީތައް ފުޅާކުރުމަށް ކުރާ މަސައްކަތެވެ.
މިއަދު ލިބުނު ޚަބަރުތަކުގައި ސުސިޔާ، ބްނެއި ހެފަރ، އަދި ކިރިޔާތު އަރްބާ ފަދަ ކައިރީގައިވާ އާބާދީތަކުން ވަޒަންވެރިން އަޅާފައިވާ މި އައުޓްޕޯސްޓުގައި 300 އަކަމީޓަރަށް ވުރެ ބޮޑު ގާފިލާއަކާއި ބޮޑު ޓެންޓެއް ހިމެނެ އެވެ. އެ ސަރަހައްދުގައި އިސްރާއީލުގެ ދިދަތައް ނަގާފައިވާއިރު، މިއީ އިތުރަށް ބިން ހިފެހެއްޓުމަށް ކުރިމަތިވެދާނެ ކަމެއްގެ އިޝާރާތެއް ކަމަށް މުޙައްލިލުން ބުނެއެވެ.
ބައިރިންގެ ކައުންސިލްގެ ވެރިޔާ ފަރީދު ބަރްޤާން ވަނީ އެ އައުޓްޕޯސްޓުގެ ސަބަބުން އެ ސަރަހައްދުގައިވާ ދަނޑުބިންތައް ފަލަސްޠީނުގެ ވަޒަންވެރިންނަށް ގެއްލި އިސްތިއުމާރު ފުޅާކުރުމަށް އިތުރު ސަރަހައްދުތައް ވެސް ޔަހޫދީން އަތުލާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ.
މިއަދު އެސަރަޙައްދުގައި ޖަހައިފައިވާ ޓެންޓު ގާފިލާގައި އިސްރާއީލް ޔަހޫދީން ނިދައި ކައިބޮއެ ހަދާތީ މިއީ ފަލަސްތީނުގެ ރަށްރަށުގެ ބޮޑެތި ބިންތަކުގެ ކޮންޓްރޯލް ހޯދުމަށް އިސްރާއީލުގެ ސިފައިންނާއި ވަޒަންވެރިން އަޅާ ފުޅާ ސްޓްރެޓެޖީއެއްގެ ބައެއް ކަމަށް ވެސް މުޙައްލިލުން ބުނެއެވެ.
ޕީއެލްއޯގެ ވޯލް އެންޑް ސެޓްލްމަންޓް ރެސިސްޓެންސް ކޮމިޝަނުން ބުނާ ގޮތުގައި 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހުޅަނގު އައްސޭރީގައި އާ 29 އައުޓްޕޯސްޓް ގާއިމްކޮށްފައިވާއިރު އޭގެ ތެރޭގައި ހިބްރޫންގައި އަށް އައުޓްޕޯސްޓް ހިމެނެ އެވެ. އެއާ އެއްވަރަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިހާރު ހުރި 11 އައުޓްޕޯސްޓެއް ގާނޫނީ ގޮތުން ގާހުއްދަކޮށް އިތުރު ނުވަ އައުޓްޕޯސްޓެއް ގާނޫނީ ގޮތުން ބާރުވެރި ކުރުމުގެ މަރުހަލާ ފަށާފަ އެވެ. މި ކަންކަމުން ފަލަސްޠީނުގެ ސަރަހައްދުގެ ކޮންޓްރޯލް ފުޅާކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތުގައި ފަލަސްތީނުގެ ބިމުގެ މުސްތަގުބަލާ މެދު ދިރާސާކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެއެވެ.









