فلسطين ގައި ދެ ޖަމާޢަތެއް ވެއެވެ. އެއީ ހަނގުރާމަ ކޮށްގެން ނޫނީ فلسطين މިނިވަން ނުކުރެވޭނެކަމަށް ދެކޭ ޙަމާސް އާއި އިޒްރޭލާއި ވާހަކަ ދައްކައިގެން މިނިވަންކުރެވޭނެކަމަށް ދެކޭ ފަތަޙަ ޖަމާޢަތެވެ. ފަތަޙަ ޖަމާޢަތަށް އެހީވަނީ ، އެމެރިކާ އާއި އިޒްރޭލާއި (ހުޅަނގުގެ އިސްތިޢުމާރީ ދައުލަތްތަކާއި އެމެރިކާގެ ނުފޫޒަށް ނޫނެކޭ ބުނަން ނުކެރޭ އަދި ބުނެވެން ނެތް) ޢަރަބި އަދި އިސްލާމީ ދައުލަތްތަކެވެ.
އެމެރިކާ އަކީ ދުނިޔޭގެ އިސް ފަނޑިޔާރު ކަމަށްވުމުން އެމެރިކާ އާއި އިޒްރޭލުން އަބަދުވެސް ބުނަނީ، ފަލަސްޠީނު މިނިވަންކުރުމުގެ ވާހަކަ ދައްކަ ދައްކައި ތިބުމަށެވެ. ވާހަކައިން ނަތީޖާއެއް ނުނެރުވުނަސް އިޒްރޭލާއި ދެކޮޅަށް ހަތިޔާރު ނުއުފުލުމަށެވެ. އަދި އިޒްރޭލުގެ މަޞްލަޙަތު ޙިމާޔަތް ކުރުމުގައި ޙަމާސް އަށް ޖާސޫސު ކޮށްދިނުމަށެވެ. ޙަމާސްގެ މުޖާހިދުން ޝަހީދުކުރުމުގައި އެއްބާރުލުން ދިނުމަށެވެ.

ފަތަޙް ގްރޫޕްގެ ލީޑަރު މަހުމޫދު ޢައްބާސްއާއި އިސްރާއީލުގެ ބބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސަލާމްކުރައްވާއިރު ކައިރީގައި އެމެރިކާގެ ކުރީގެ ރައީސް އޮބާމާ- ފަލަސްޠީނުގައި ބޭއްވުނު އިންތިޚާބު ކާމިޔާބުކުރީ ހަމާސް އިން. އެހެންނަމަވެސް އެމެރިކާގެ ތާޢީދާއިއެކު އެމެރިކާ-އިސްރާއީލުން ވަނީ ހަމާސްގެ ވެރިކަން ޤަބޫލުނުކޮށް، މަހުމޫދު އައްބާސްގެ ސަރުކާރެއް އެކުލަވާލައި ވެރިޔަކީ އޭނާ ކަމަށް ބަލައިގެންފައި.
އެހެންކަމުން ފަތަޙަ ޖަމާޢަތަކީ އިޒްރޭލުގެ މަޞްލަޙަތު ހިމާޔަތް ކޮށްދިނުމަށް އޮންނަ އިޒްރޭލުގެ މުނިސިޕަލް ކައުންސިލް ގޮތުގައި އިޒްރޭލާއި އެމެރިކާ ދެކެއެވެ. ނަމަވެސް އެމެރިކާގެ ނުފޫޛު އޮތް އިސްލާމީ ގިނަ ދައުލަތް ތަކުން ދެކެނީ ، ފަތަޙަ ޖަމާޢަތަކީ ފަލަސްޠީނުގެ ރައްޔިތުން ތަމްސީލު ކުރާ ފަލަސްޠީނުގެ ސަރުކާރު ހިންގާ ޖަމާޢަތުގެ ގޮތުގައެވެ. އެމެރިކާ ވަނީ މުސްލިމުން ދެބަޔަކަށް ބަހާލާފައެވެ. އެއީ މެދުމިނުގެ މުސްލިމުންނާއި ހަރުކަށި މުސްލިމުންނެވެ.
މެދުމިނު ގެ މުސްލިމުންނަކީ ސެކިއުލަރ ފިކުރެވެ. ހަރުކަށި މުސްލިމުންނަކީ ހުޅަނގުގެ ހުރިހާކަމެއް ހުއްދަ ކަމަށް ބަލައިގެން ޙަރާމް ޙަލާލަށް މާބޮޑު ސަމާލުކަމެއްނުދީ އުޅޭ ހުޅަނގުގެ ޑިމޮކްރަސީއަށް ތާއީދު ކުރާ މުސްލިމުންނެވެ. އެހެންކަމުން މި ދެނަޒަރިއްޔާތުގެ މައްޗަށް ފިކުރު ހިންގުމުން އެނގޭ އެއްޗަކީ މުސްލިމުންނަށް މުސްލިމުންގެ މަޞްލަޙަތާއި ޙައްޤުތައް ޙިމާޔަތް ކުރެވެން އޮތް ހަމައެކަނި މަގަކީ އަދި ގޮތަކީ ވެސް މުސްލިމުންގެ ދީނަށް ވަފާތެރިވެގެންކަމެވެ.
މުސްލިމު ޤައުމުތަކުގެ ވެރިން އިސްލާމް ދީނުގެ އަސާސްތަކަށް އިހުމާލު ނުވެގެން ކަމެވެ. ހެޔޮކަންކަމަށް ވާގިވެރިވެ ނުބައި ކަންކަމަށް ނަފްރަތުކޮށް ﷲގެ ދީނަށް ނަޞްރު ދިނުމުގެ ޢަޒުމު ކަނޑަ އަޅައިގެން ކަމެވެ.









