Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފަންނުވެރިންނަށް ތިންލައްކަ ރުފިޔާގެ މާލީ އެހީ ދޭ ފަންޑެއް ހުޅުވާލައިފި

ފަންނުވެރިންނަށް ތިންލައްކަ ރުފިޔާގެ މާލީ އެހީ ދޭ ފަންޑެއް ހުޅުވާލައިފި

އާނާ ފަހީމް
595 ދުވަސް ކުރިން - 19 އޮކްޓޫބަރު 2024 09:02
ކްރިއޭޓިވް އިކޮނޮމީ އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކްރިއޭޓިވް އިކޮނޮމީ އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޚުލާސާ

ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގާއިމްކުރި ކްރިއޭޓިވް އިކޮނޮމީ ފަންޑުން 300،000 ރުފިޔާއާ ހަމައަށް އެހީ ދިނުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވާލައިފި.

ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގާއިމްކުރި ކްރިއޭޓިވް އިކޮނޮމީ ފަންޑުން އެހީ ހޯދުމަށް ހުށަހެޅުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވާލައިފިއެވެ. އިއްޔެ ހުޅުވި މި ސްކީމަކީ މިއުޒިކާއި ފިލްމު އުފެއްދުމުގެ އިތުރުން އާޓް އެންޑް ކްރާފްޓްގެ ގޮތުގައި ގިންތިކުރެވޭ އެކި އުފެއްދުންތަކާއި، މީޑިއާ ކޮންޓެންޓް އުފެއްދުންފަދަ ޕްރޮޖެކްޓުތަކަށް މާލީ އެހީ ފޯރުކޮށްދޭ ސްކީމެއް ކަމަށް ބީސީސީން މަޢުލޫމާތު ދެއްވިއެވެ.

ބީސީސީން ހާމަކުރި ގޮތުގައި މި ފަންޑުގެ ތެރެއިން 50،000 ރުފިޔާއިން ފެށިގެން 300،000 ރުފިޔާއާ ހަމައަށް އެހީ ދޫކުރާނެއެވެ. މި ފަންޑަށް ކުރިމަތިލެވޭނީ ކުދި ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ނުވަތަ ބީސީސީގައި އަމިއްލަ މަސައްކަތް ކުރާ ފަރާތެއްގެ ގޮތުގައި ދަފްތަރުކުރެވިފައިވާ ފަރާތްތަކަށެވެ.

ބީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ސާމިހް އާދަމް ވިދާޅުވީ، މި ފަންޑަށް ކުރިމަތިލާ ފަރާތްތަކަށް ބީސީސީގެ ފަރާތުން އިންކިއުބޭޝަން ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. މި ޚިދުމަތުގެ ތެރެއިން މަސައްކަތުގެ ކުރިމަގުގެ އަމާޒުތައް ދެނެގަތުމާއި، ދިމާވާނެ ގޮންޖެހުންތައް ދެނެގަނެ އެކަން ހައްލުކުރާނެ ގޮތްތައް ކިޔައިދީ މަސައްކަތުގެ ކާމިޔާބީއަށް ވާސިލްވުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، މި ފަންޑުގެ ތެރެއިން ލޯނު ލިބޭ ފަރާތްތަކަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބީސީސީން ފާހަގަކުރެއްވިއެވެ. އެގޮތުން ލިބޭ އާމްދަނީއަށް ބިނާކޮށް ލޯނު އަނބުރާ ދެއްކުމުގެ ލުއިގޮތްތަކެއް ހަމަޖެހިފައިވާއިރު، މި ފަންޑުގެ ތެރެއިން އެހީ ހޯދުމަށް ރަހުނެއް ބޭނުންނުވާނެ ކަމަށްވެސް ބީސީސީން ހާމަކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިއޭޓިވް އިކޮނޮމީ ސިޔާސަތުގެ ދަށުން ގާއިމްކޮށްފައިވާ މި ފަންޑު މިހާރު ހުޅުވާލާފައިވާއިރު، އަންނަ އަހަރު މި ފަންޑު އިތުރަށް ފުޅާކޮށް އިތުރު ދާއިރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާނެ ކަމަށް ވެސް ބީސީސީން މަޢުލޫމާތު ދެއްވިއެވެ.

މި ފަންޑު ހުޅުވާލުމަކީ ރާއްޖޭގެ ފަންނުވެރިންނަށާއި އުފެއްދުންތެރިންނަށް ލިބިގެންދިޔަ ވަރަށް މުހިންމު ފުރުސަތެކެވެ. މި ފަންޑުގެ ސަބަބުން ގިނަ ފަންނުވެރިންނަށް އެމީހުންގެ ހުނަރާއި ޤާބިލުކަން އިތުރަށް ތަރައްޤީކޮށް، އާ އުފެއްދުންތައް ހާމަކުރުމަށް މަގުފަހިވެގެންދާނެއެވެ.

ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ޝަރުތު ހަމަވާ ފަރާތްތަކަށް ބީސީސީގެ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ ދަޢުވަތު ދީފައެވެ. މި ފަންޑުގެ ތެރެއިން އެހީ ލިބޭ ފަރާތްތަކުގެ މަޝްރޫޢުތައް ކުރިއަށްދާ ގޮތް ބީސީސީން ބަލަހައްޓަމުން ގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގައި އިމާރާތްކުރާ "ކްރިއޭޓާ ހަބް" ނޮވެމްބަރު މަހު ހުޅުވަނީ

"ކްރިއޭޓާ ހަބް" ނޮވެމްބަރު މަހު ހުޅުވަނީ

119 ދުވަސް ކުރިން - 18:57

ބޭސް އެތެރެކުރާ ކުންފުނީގެ ޗެއާޕާސަނަކަށް ހަލީމް، ބީސީސީގެ ޗެއާޕާސަނަކަށް ޝަހީދު

ދެ ކުންފުންޏެއްގެ ޗެއާޕާސަންކަމަށް މީހުން އައްޔަންކޮށްފި

179 ދުވަސް ކުރިން - 19:16

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ބާއްވާ ބޮޑުބެރު މުބާރާތް މިރޭ ފަށަނީ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު:ބޮޑުބެރު މުބާރާތް މިރޭ

378 ދުވަސް ކުރިން - 19:08

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފި

މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފި

406 ދުވަސް ކުރިން - 08:05

ފުވައްމުލަކު ސިޓީގައި ކްރިއޭޓަރ ހަބެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ފުވައްމުލަކުގައި ކްރިއޭޓަރ ހަބެއް ގާއިމުކުރަނީ

497 ދުވަސް ކުރިން - 14:24

އައްޑޫ ސިޓީގެ ބިމެއް ދޫކޮށްލުމަށް ބީސީސީން ނިންމީ ސަރުކާރުގެ މާ މުހިންމު މަޝްރޫޢަކަށް

ބީސީސީގެ ބިން ދޫކޮށްލީ މާ މުހިންމު މަޝްރޫޢަކަށް

531 ދުވަސް ކުރިން - 13:56