އަލިފުށީގައި ފީނަން ދިޔަ އަލީ ނަބީހްގެ މަރު: އަޑިން ނެގުނީ ހުކުރުގެ ފަހުން

އާނާ ފަހީމް | 221 ދުވަސް ކުރިން - 18 އޮކްޓޯބަރު 2024 23:52
ފީނަން ގޮސް އުޅެނިކޮށް ނިޔާވި އަލީ ނަބީހް
ފީނަން ގޮސް އުޅެނިކޮށް ނިޔާވި އަލީ ނަބީހް
ޚުލާސާ

ރ. އަލިފުށީގައި ފީނަން ދިޔަ 24 އަހަރުގެ ޒުވާނެއް ކަނޑު އަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:00 ހާއިރު.

ރ. އަލިފުށީގައި މިއަދު ހެނދުނު ފީނަން ދިޔަ 24 އަހަރުގެ ޒުވާނެއް ކަމުގައިވާ ނަބީހް ހަސަން ކަނޑު އަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

މި ހާދިސާއާ ގުޅޭ ގޮތުން އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ވިދާޅުވި ގޮތުގައި ނަބީހް އޭނާގެ ރަހުމަތްތެރިންނާއެކު ރަށުގެ ދެކުނު ފަރާތަށް ފީނުމަށް ދިޔައީ މިއަދު ހެނދުނު 11:00 ހާއިރުއެވެ. އެއީ އާންމުކޮށް ރަށުގެ ރައްޔިތުން ފީނަން ދާ ސަރަހައްދެއް ކަމަށާއި، ނަމަވެސް، ފީނަން އުޅުނު އެހެން ކުދިންނަށް ނަބީހް މައްޗަށް ނާރައިގެން އޭނާ ހޯދަން ފެށުމުން، ކަނޑު އަޑީގައި އޮއްވާ ފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"ނަބީހް އޮތީ ކަނޑު އަޑީގައި ކުދިންނަށް ފެންނަ ހިސާބުގައި. އެކަމަކު އެ ކުދިންނަށް ނަބީހްއާ ހަމައަށް ފޯރާ ވަރަށްވުރެ އަޑީގައި އޮތީ. ދެން ޑައިވް ކުރާ ސާމާނާއެކު ޓީމެއް އައިސްގެން ނަބީހް ނެގީ. ހުކުރު ފަހުން ނެގުނީ," އިމްރާން ވިދާޅުވިއެވެ.

ނަބީހް ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ ވަނީ ނިޔާވެފައެވެ. ހޮސްޕިޓަލުން ވެސް ވަނީ ނަބީހް ނިޔާވެފައިވާކަން ޔަގީންކޮށްދީފައެވެ. އިމްރާން ވިދާޅުވި ގޮތުގައި ނަބީހްއަކީ އާންމުކޮށް ރަށުގައި ފްރީ ޑައިވިންގއަށް ދާ ޒުވާނެކެވެ. މިހާރު ކުރިއަށްދަނީ ނަބީހްގެ ޖަނާޒާ ބޭއްވުމުގެ މަސައްކަތެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ އަލިފުށީ ކަނޑުތޮށި ކައިރިއަށް މަސް ހިފަން މޫދަށް ފޭބި ތިން މީހުންގެ ތެރެއިން އެކަކު މައްޗަށް ނާރާ އަޑީގައި އޮތް ކަމަށް މިއަދު މެންދުރު 12:06 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ މީހާ ނަގައިގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު، އޭނާ ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

21 ރިއެކްޝަންސް / 2 ކޮމެންޓް

0%
0%
0%
0%
0%

ހައިޝަން

215 ދުވަސް ކުރިން - 11:02

މައްޔިތާގެ ފާފަ ފުއްސަވާ ކައްވަޅުގެ އަޒާބުން ސަލާމަތް ކޮއްދެއްވާންދޭން. އާމީން

އީމާ

217 ދުވަސް ކުރިން - 06:18

އަޑީ އޮއްވާ ފެނުނީމާ ހާދަލަހުންނޭ އެ ނެގީ. އިހުމާލު ބޮޑު