ހިޒްބުاللهގެ ހަމަލާތަކުގައި އިސްރާއީލުގެ 100 އަށްވުރެ ގިނަ ސިފައިން ޒަޚަމްވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އުތުރުގައި އޮންނަ ޒިވް މެޑިކަލް ސެންޓަރު އޮތީ ހައި އެލާޓްގައި ކަމަށާއި، އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނުގައި ގްރައުންޑް އޮޕަރޭޝަންތައް ކުރިއަށް ގެންދާއިރު، އަނިޔާވެފައިވާ އިސްރާއީލްގެ ގަިނަ ޢަދަދެއްގެ ސިފައިންނަށް ފަރުވާ ދޭންޖެހި ހޮސްޕިޓަލް އެލާޓަށް އައިސް، ބައެއް ކަހަލަ އޮޕަރޭޝަންތައް ކުރުން ހުއްޓާލައިފި ކަމަށްވެސް މަސްދަރުތައް ބުނެއެވެ.

އިސްރާއީލްގެ ޑިފެންސް ފޯސް (އައިޑީއެފް)ގެ މެޑިކަލް ސާވިސަސް ސެންޓަރުގެ ކުރީގެ ކޮމާންޑަރު - އޭނާ ބުނީ ހޮސްޕިޓަލް ކުއްލި ޙާލްތުގައި އޮތްއިރު އިސްރާއީލް ސިފައިން މަރުވެގެން ގެންނަ މަންޒަރުނ ފެންނަ ކަމަށާއި، އެމަންޒަރު ދެކެން ބޭނުން ނުވާކަމަށް..
ރިޕޯޓްތައް ބުނާ ގޮތުގައި މޭޖަރ އޮޕަރޭޝަންތައް ނޫން އެހެން އެއްވެސް އޮޕަރޭޝަނެއް ނުކުރަނީ ކުއްލިމހާލަތުގައި ޑޮކްޓަރުން ބިޒީ ވުމުގެ ސަބަބުންނާއި އަނިޔާ ލިބިގެން ގިނަ ޢަދަދަކަށް އިސްރާއީލްގެ ސިފައިން ފަރުވާއަށް ގެންނާތީއެވެ. އެގޮތުން ހޮސްޕިޓަލުގައި ތިބި ހުރިހާ ބަލިމީހުންތައް ބިމުއަޑީގައިވާ ބިންގަރާހަކަށް ވަނީ ބަދަލުކޮށްފައެވެ. އޭގެތެރޭގައި އަލަށް އުފަންވާ ކުދިންވެސް ހިމެނެއެވެ.
އިސްރާއީލާއި ލުބުނާނާއި ސީރިއާގެ ބޯޑަރުތަކާ ކައިރި ސަފެދުގައި ހުންނަ ޒިވް އަކީ އެ ސަރަހައްދުގެ ހަމައެކަނި އިސްރާއީލް ހޮސްޕިޓަލެވެ.
"އަޅުގަނޑުމެން މިތިބީ ހަނގުރާމައިގެ ހާލަތެއްގައި،" ޒިވް މެޑިކަލް ސެންޓަރުގެ ޑިރެކްޓަރު ޕްރޮފެސަރު ސަލްމާން ޒަރްކާ ވިދާޅުވި އެވެ. އޭނާއަކީ އިސްރާއީލްގެ ޑިފެންސް ފޯސް (އައިޑީއެފް)ގެ މެޑިކަލް ސާވިސަސް ސެންޓަރުގެ ކުރީގެ ކޮމާންޑަރެވެ. ހަމަނުޖެހުންތައް ވަރުގަދަވަމުންދާ ވަރަކަށް އިސްރާއީލަށް އިތުރު ގެއްލުންތަކެއް ލިބޭނެ ކަމަށް ބެލެވޭކަން ފާހަގަކުރައްވައި ވިދާޅުވީ ކުރިން ބެލެވިފައިވަނީ މިއީ ލުބުނާނުގައި އިސްރާއީލުން ހިންގާ ލިމިޓެޑް މިލިޓަރީ އޮޕަރޭޝަނެކެވެ. ނަމަވެސް ހާލަތު މިހާރު ބަދަލުވަމުން އަންނަ މަންޒަރު ފެންނަ ކަމަށާއި ހިޒްބުاللهގެ ހަމަލާތައްވެސް ހީކުރިވަރަށްވުރެ ވަތުގަދަކަމަށް ފާހަގަކުރެއްވިއެވެ.
އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) އިން މިދިޔަ ހަފްތާގައި ހިޒްބުاللهއާ ދެކޮޅަށް ގްރައުންޑް އޮޕަރޭޝަނެއް ފެށިފަހުން ، އޮޕަރޭޝަންގެ ފުރަތަމަ ދުވަސްތަކުގައި އެކަނިވެސް 100 އަށް ވުރެ ގިނަ ސިފައިންނަށް ފަރުވާ ދީފައިވާ ކަމަށް ހުޅަނގުގެ މީޑިއާތަކުން ވެސް ބުނެފައިވެއެވެ.
މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ލުބުނާނުގައި 1.2 މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށްފައިވާއިރު، އިސްރާއީލް ސިފައިންގެ ބަޔަކު މަރުވެ ސަތޭކައަށްވުރެ ގިނަ ސިފައިން ވަނީނޒަޚަމް ވެފައެވެ.









