Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކައުންސިލަށް ނަގާފައިވާ 15 ކޮންސަލްޓެންޓުންގެ ތެރެއިން އެކަކު ފިޔަވައި އެންމެންނަކީ އެމްޑީޕީ މެންބަރުން

ކައުންސިލަށް ނަގާފައިވާ 15 ކޮންސަލްޓެންޓުންގެ ތެރެއިން އެކަކު ފިޔަވައި އެންމެންނަކީ އެމްޑީޕީ މެންބަރުން

އައިޝަތު ރުވާ ރިފްޢަތު
647 ދުވަސް ކުރިން - 12 އޮކްޓޫބަރު 2024 22:30
އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގެ ތެރެއިން / ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގެ ތެރެއިން / ފޮޓޯ: އެމްޑީޕީ
ޚުލާސާ

މާލެ ސިޓީ ކައުންސިލް ހިންގުމަށް ދަތިވާ ކަމެއް ނެތް ކަމަށާއި، ކައުންސިލަށް އެހީވުމަށް ނަގާފައިވާ 15 ކޮންސަލްޓެންޓުންގެ ތެރެއިން އެކަކު ފިޔަވައި އެންމެންނަކީ އެމްޑީޕީ މެންބަރުން ކަމަށް މޭޔަރ އާޒިމް ވިދާޅުވި.

މާލެ ސިޓީ ކައުންސިލް ހިންގުމުގައި ދަތިވާ އެއްވެސް ކަމެއް ނެތް ކަމަށާއި، ސަރުކާރުން ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާާޒިމް މިހެން ވިދާޅުވީ، އެމްޑީޕީން ކުޅުދުއްފުށީގައި މިއަދު ބޭއްވި ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލް ހިންގުމަށް ދަތިވާ އެއްވެސް ކަމެއް ނެތް ކަމަށެވެ. އެގޮތުން އެ ކައުންސިލުގައި އެހީވުމަށް 15 ކޮންސަލްޓެންޓުން ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު ފިޔަވާ އެންމެންނަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންކަންވެސް އާޒިމް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

"އަޅުގަނޑު ކުރާ ގޮތަކީ ރައްޔިތުންނަށް ގުޅުން ހުރި ކަންތައްތައް ނޫނީއްޔާ އަޅުގަނޑު ނުގެންދަނީ. ދެން ރައްޔިތުންނާއި ގުޅުން ހުރިކަންކަން ލައިވް ކުރަނީ. އެމީހުންވެސް [ސަރުކާރުން] ވެސް ބޭނުންވޭ ކަންތައްތައް ކުރަން. އެހެންވީމަ އެގޮތަށް އެބަވޭ." އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ވާހަކަ ނިންމަވާލެއްވުމުން ކޮންފަރެންސް ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު ވަނީ އާޒިމްގެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވުމުގެ ކުރިން އެޑިޓް ކުރުމަށް އެދިލައްވާފައެވެ. އެގޮތުން އެމްޑީޕީގެ މެންބަރުންނަށް ކޮންސަލްޓަންޓުންގެ މަޤާމުދޭކަން ފާހަގަކުރައްވާ އާޒިމް ދެއްކެވި ވާހަކަ އުނިކުރުމަށްވެސް ފައްޔާޒު އެދިފައިވާއިރު، މިހެން ފައްޔާޒަށް ބުނެވުނީ އެވަގުތު ލައިވް ކުރާކަން ނޭނގިއެވެ.

އާޒިމް ވަނީ މީގެ ކުރިންވެސް ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރާއި ގުޅިގެން ގިނަ މަސައްކަތްތައް އަންނަނީ ކުރައްވަމުންނެވެ.

ސަރުކާރުން ކައުންސިލްތަކަށް އެއްބާރުލުން ދެމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަކީ މާލެ ސިޓީ ކައުންސިލަށް ވަޑައިގެން، އެ ކައުންސިލްގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ރައީސެވެ. އަދި އެމަނިކުފާނު އެ ކައުންސިލްގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މޭޔަރު އާދަމް އާޒިމްއެމްޑީޕީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

4 ދުވަސް ކުރިން - 05:40

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

ބުރާސްފަތި ދުވަހު ގައުމުގައި “ހަމަނުޖެހުން” ހިންގަން ނުކުތުމަށް ނަޝީދު އެދިއްޖެ

35 ދުވަސް ކުރިން - 10:24

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

37 ދުވަސް ކުރިން - 00:49

ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން: ރައީސް

"ޗާގޯސް މިދިޔަ ސަރުކާރުން ދޫކޮށްލީ ވަކީލުންނަށް މިލިއަނުން ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން"

37 ދުވަސް ކުރިން - 00:13

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

45 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

45 ދުވަސް ކުރިން - 10:25