Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދަރުމަވަންތަ ހޮސްޕިޓަލުގެ އައު އޮޕަރޭޝަން ތިއޭޓަރު ހުޅުވައި، ދުނިޔޭގެ ފެންވަރުގެ ޚިދުމަތް ދޭން ފަށައިފި

ދަރުމަވަންތަ ހޮސްޕިޓަލުގެ އައު އޮޕަރޭޝަން ތިއޭޓަރު ހުޅުވައި، ދުނިޔޭގެ ފެންވަރުގެ ޚިދުމަތް ދޭން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
606 ދުވަސް ކުރިން - 12 އޮކްޓޫބަރު 2024 22:25
ދަރުމަވަންތައިގެ އައު ތިއޭޓަރު / ފޮޓޯ: އައިޖީއެމްއެޗް
ދަރުމަވަންތައިގެ އައު ތިއޭޓަރު / ފޮޓޯ: އައިޖީއެމްއެޗް
ޚުލާސާ

ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި (ޑީއެޗް-11) ތަރައްޤީކޮށްފައިވާ ހައިބްރިޑް އޮޕަރޭޝަން ތިއޭޓަރާއި ކެތްލެބްގެ ޚިދުމަތް ފެށުމާއެކު، މިހާރު އެތަނުން ސިކުނޑިއާއި މައިބަދައިގެ އިތުރުން ހިތުގެ އޮޕަރޭޝަންތައް ކުރެވޭނެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ޤާއިމުކޮށްފައިވާ ދުނިޔޭގެ ފެންވަރުގެ އައު އޮޕަރޭޝަން ތިއޭޓަރުގެ ބޭނުންކުރަން މިއަދު ފަށައިފައެވެ. މިއީ މުޅި ރާއްޖޭގެ ސިއްހީ ނިޒާމަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެކެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި (ޑީއެޗް-11) ތަރައްޤީކޮށްފައިވާ ހައިބްރިޑް އޮޕަރޭޝަން ތިއޭޓަރާއި ކެތްލެބްގެ ޚިދުމަތް ފެށުމާއެކު، މިހާރު އެތަނުން ސިކުނޑިއާއި މައިބަދައިގެ އިތުރުން ހިތުގެ އޮޕަރޭޝަންތައް ކުރެވޭނެއެވެ. މީގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނުގައި ލޭގަނޑުވުމުގެ ސަބަބުން ހަދަންޖެހޭ އެކި ޕްރޮސީޖަރތައްވެސް ހެދޭނެކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދިނެވެ.

ޑީއެޗް-11 ގައި ޚާއްސަ ވަކި އައިސީޔޫއެއް ޤާއިމުކޮށްފައިވާއިރު، އެތަނުގައި އެއްފަހަރާ 10 މީހުންނަށް ޚިދުމަތްދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި ބޮޑެތި ސަރޖަރީތައް ހަދާފައިވާ ބަލިމީހުން މޮނިޓަރކުރުމަށް ޚާއްސަ ނިޒާމެއްވެސް ޤާއިމުކޮށްފައިވެއެވެ. މި ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ސްްޕެޝަލިސްޓް ނަރުހުންގެ ޓީމެއް ތަމްރީނުކޮށްފައިވާއިރު، އިތުރު ނަރުހުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ހޮސްޕިޓަލުން ބުންޏެވެ.

Advertisement

Advertisement 1

"މި އައު ތިއޭޓަރާއެކު، ރާއްޖޭގައި ކުރެވޭ ޞިއްޙީ ފަރުވާގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ. މީގެ ސަބަބުން ގިނަ ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުވެގެންދާނެ." ދަރުމަވަންތަ ހޮސްޕިޓަލުން ބުންޏެވެ.

މި އައު ތިއޭޓަރުގެ ބޭނުންކުރަން ފެށުމާއެކު، ދަރުމަވަންތަ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް
Ad
Ad

ގުޅޭ ޚަބަރުތައް

ދަރުމަވަންތަ އާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއްގައި ރިޝްވާނަށް ދައުވާކުރަން ޕީޖީ އަށް ހުށަހަޅައިފި

ރިޝްވާނަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލައެއް ޕީޖީ އަށް

138 ދުވަސް ކުރިން - 12:34

ދަރުމަވަންތައިން އައިވީއެފް ފުރިހަމަކުރި ދެމަފިރިންނަށް ދަރިއަކު ލިބިއްޖެ

ދަރުމަވަންތައިން އައިވީއެފް ފުރިހަމަކުރި ދެމަފިރިންނަށް ދަރިއަކު ލިބިއްޖެ

154 ދުވަސް ކުރިން - 23:17

އައިވީއެފް ފަރުވާގެ އެހީއަށް އެދި ހުށަހަޅަން ހުޅުވާލައިފި

އައިވީއެފް ފަރުވާގެ އެހީއަށް އެދި ހުށަހަޅަން ހުޅުވާލައިފި

205 ދުވަސް ކުރިން - 19:31

އަވަހަށް އެޕްލައި ކުރޭ! އައިޖީއެމް ހޮސްޕިޓަލުން 12،000 ރުފިޔާގެ 40 ވަޒީފާ އިއުލާނު ކޮށްފި

އައިޖީއެމް ހޮސްޕިޓަލުން 40 ވަޒީފާ އިއުލާނު ކޮށްފި

237 ދުވަސް ކުރިން - 22:18

އައިޖީއެމްއެޗުގެ ބައެއް ހިދުމަތްތައް ވަގުތީ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފި

އައިޖީއެމްއެޗުގެ ބައެއް ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފި

353 ދުވަސް ކުރިން - 00:02

ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ގޮތުގައި ރަސްމީކޮށް ހުޅުވައިފި

ދަރުމަވަންތަ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ރަސްމީކޮށް ހުޅުވައިފި

572 ދުވަސް ކުރިން - 06:46

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%