ޓާކިޝް އެއާލައިންސްގެ ޕައިލެޓަކު ދަތުރުކުރަމުން ދަނިކޮށް ފްލައިޓްގެ ތެރޭގައި ކުއްލިގޮތަކަށް މަރުވެއްޖެއެވެ. ޚަބަރުތައް ބުނާ ގޮތުގައި އޭނާ މަރުވީ ދަތުރުގެ މެދުތެރެއިންނެވެ.
ފްރާންސްގެ ނޫސް އެޖެންސީ އޭއެފްޕީ އިން ބުނާ ގޮތުގައި އެ ބޯޓު އުދުހިފައި ވަނީ އެމެރިކާގެ ހުޅަނގު އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ސީއެޓްއެލް އިން އަންގާރަ ދުވަހުގެ ހަވީރު އެވެ.
އެއާބަސް 350 ފްލައިޓް ޓީކޭ 204 ގެ ޕައިލެޓް ހޭނެތިގެން ވެއްޓުނީ ސީއެޓްއެލް އިން އިސްތަންބޫލަށް ދަތުރުކުރަނިކޮށެވެ. އެއާލައިންގެ ތަރުޖަމާނު ޔަހްޔާ އިސްތާން ވިދާޅުވީ ޕައިލެޓް ހޭނެތިގެން ވެއްޓުމާއެކު ވަގުތުން ފަސްޓްއެއިޑް ދިން ކަމަށާއި އަދި ފުލައިޓް ނިއުޔޯކަށް ޖެއްސި ކަމަށެވެ.
"ވަގުތުން ކޯޕައިލެޓް ވަނީ ފުލައިޓުގެ މިސްރާބު ނިއުޔޯކަށް ބަދަލުކޮށްފައި. އަދި ޕައިލެޓަށް ވަގުތުން ފަސްޓްއެއިޑް ދިން. ނަމަވެސް ކާމިޔާބުވާ ގޮތެއްބުވި" އޭނާ ވިދާޅުވިއެވެ.
ޓާކިޝް އެއާލައިންސްގައި 2007 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އުމުރުން 59 އަހަރުގެ ޕައިލެޓަކީ މާޗް މަހު މެޑިކަލް އިމްތިހާނުން ފާސްވި އިރު ސިއްހީ މައްސަލައެއްގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް އެސްޓަން ވިދާޅުވިއެވެ.









