Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކްރިއޭޓިވް އިންޑަސްޓްރީއަށް މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ކްރިއޭޓިވް އިންޑަސްޓްރީއަށް މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

އާނާ ފަހީމް
603 ދުވަސް ކުރިން - 11 އޮކްޓޫބަރު 2024 10:37
ކްރިއޭޓިވް އިކޮނޮމީ އާއި ކްރިއޭޓިވް އިކޮނޮމީ ފަންޑު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކްރިއޭޓިވް އިކޮނޮމީ އާއި ކްރިއޭޓިވް އިކޮނޮމީ ފަންޑު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޚުލާސާ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ "ޕްރޮޖެކްޓް ބޭސްޑް ފައިނޭންސިންގ ސްކީމް" ގެ ދަށުން މާލީ އެހީތެރިކަން ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ "ޕްރޮޖެކްޓް ބޭސްޑް ފައިނޭންސިންގ ސްކީމް" ގެ ދަށުން މާލީ އެހީތެރިކަން ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީސީސީން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، މި ސްކީމްގެ ދަށުން މާލީ އެހީތެރިކަން ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. މި ސްކީމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވޭނީ ފިލްމު އުފެއްދުން، މިއުޒިކް އުފެއްދުން، އާޓް އެންޑް ކްރާފްޓް އަދި ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާތަކަށެވެ.

މި ސްކީމްގެ ދަށުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅޭނީ ރަޖިސްޓަރީކޮށްފައިވާ އެންމެ ކުދި ނުވަތަ ކުދި ވިޔަފާރިތަކުގެ ތެރެއިން ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ވިޔަފާރިތަކަށާއި، ބީސީސީގެ އަމިއްލަ މަސައްކަތްކުރާ މީހުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ފޯމެވެ.

Advertisement

Advertisement 1

މި ސްކީމްގެ ދަށުން 50,000 އާއި 300,000 ދިވެހި ރުފިޔާއާ ދެމެދުގެ އަދަދަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އަދި އެހީތެރިކަން ލިބޭ ފަރާތްތަކަށް ބީސީސީއިން އިންކިއުބޭޝަންގެ ޚިދުމަތެއް ފޯރުކޮށްދޭނެއެވެ. މި ޚިދުމަތަށް، މާލީ އެހީތެރިކަން ފޯރުކޮށްދޭ އަދަދުގެ 5% އިންކިއުބޭޝަން ފީގެ ގޮތުގައި ނެގޭނެއެވެ.

މި ސްކީމާ ގުޅޭ އިތުރު މަޢުލޫމާތު ބީސީސީގެ ހޮޓްލައިން 3305555 އަށް ގުޅައިގެން ނުވަތަ cef@bcc.mv އަށް އީމެއިލް ކުރައްވައިގެން ލިބިވަޑައިގަންނަވާނެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގައި އިމާރާތްކުރާ "ކްރިއޭޓާ ހަބް" ނޮވެމްބަރު މަހު ހުޅުވަނީ

"ކްރިއޭޓާ ހަބް" ނޮވެމްބަރު މަހު ހުޅުވަނީ

119 ދުވަސް ކުރިން - 18:57

ބޭސް އެތެރެކުރާ ކުންފުނީގެ ޗެއާޕާސަނަކަށް ހަލީމް، ބީސީސީގެ ޗެއާޕާސަނަކަށް ޝަހީދު

ދެ ކުންފުންޏެއްގެ ޗެއާޕާސަންކަމަށް މީހުން އައްޔަންކޮށްފި

179 ދުވަސް ކުރިން - 19:16

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ބާއްވާ ބޮޑުބެރު މުބާރާތް މިރޭ ފަށަނީ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު:ބޮޑުބެރު މުބާރާތް މިރޭ

378 ދުވަސް ކުރިން - 19:08

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފި

މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށްފި

406 ދުވަސް ކުރިން - 08:05

ފުވައްމުލަކު ސިޓީގައި ކްރިއޭޓަރ ހަބެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ފުވައްމުލަކުގައި ކްރިއޭޓަރ ހަބެއް ގާއިމުކުރަނީ

497 ދުވަސް ކުރިން - 14:24

އައްޑޫ ސިޓީގެ ބިމެއް ދޫކޮށްލުމަށް ބީސީސީން ނިންމީ ސަރުކާރުގެ މާ މުހިންމު މަޝްރޫޢަކަށް

ބީސީސީގެ ބިން ދޫކޮށްލީ މާ މުހިންމު މަޝްރޫޢަކަށް

531 ދުވަސް ކުރިން - 13:56