Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ތައުލީމީ ވުޒާރާގެ އައު ވެބްސައިޓް އިފުތިތާހުކޮށްފި

އައިޝަތު އީމާން
733 ދުވަސް ކުރިން - 10 އޮކްޓޫބަރު 2024 23:55
ތައުލީމީ ވުޒާރާގެ އައު ވެބްސައިޓް އިފްތިތާހްކުރުން. / ފޮޓޯ: ވުޒާރާ
ތައުލީމީ ވުޒާރާގެ އައު ވެބްސައިޓް އިފްތިތާހްކުރުން. / ފޮޓޯ: ވުޒާރާ
ޚުލާސާ

މި ވެބްސައިޓުގައި ކޮންމެ ސްކޫލަކަށް ޚާއްސަ ވެބް ޕޭޖެއް ވަނީ ފަރުމާކޮށްފައި. މި ޕޭޖުގައި ސްކޫލުތައް އުފެދިގެން އައިގޮތާއި އެ ސްކޫލުތަކުގެ ތާރީހުގެ އިތުރުން ދަރިވަރުންނާއި މުދައްރިސުންގެ ޢަދަދު ފަދަ މަޢުލޫމާތުތައް ވަނީ ހިމަނާފައި.

ތައުލީމީ ވުޒާރާގެ އާ ވެބްސައިޓް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އިފުތިތާހު ކޮށްދެއްވައިފިއެވެ. 

މި ވެބްސައިޓަކީ މިނިސްޓްރީ އިން 2012 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އައި ކުރީގެ ވެބްސައިޓް ރީޑިޒައިންކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ވެބްސައިޓެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މި ވެބްސައިޓް މެދުވެރިކޮށް، މިނިސްޓްރީއިން ދެމުންގެންދާ ޚިދުމަތްތަކުގެ މަޢުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދެވި، އޮންލައިން މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ ކަމަށް ވުޒާރާއިން ބުންޏެވެ.

Advertisement

Advertisement 1

މީގެ އިތުރުން ސްކޫލުތަކާ ގުޅޭ ގިނަ މަޢުލޫމާތާއި ތަފާސްހިސާބު މި ވެބްސައިޓްގައި ހިމަނާފައިވާނެ ކަމަށް ވުޒާރާއިން ބުންޏެވެ.

މި ވެބްސައިޓް އިފުތިތާހުކުރުމަށް މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ވެބްސައިޓަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެއް ކަމަށެވެ. އެގޮތުން، މިނިސްޓްރީގެ ތާރީހް އަދި ކުރިން ވަޒީރުކަން ކުރެއްވި ބޭފުޅުންގެ މަޢުލޫމާތު މި ވެބްސައިޓުން ފެންނަން ހުންނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން ދިވެހިރާއްޖޭގެ ސްކޫލްތަކުގެ މަޢުލޫމާތު ހިމެނޭހެން ކޮންމެ ސްކޫލަކަށް ޚާއްސަ ވެބް ޕޭޖެއް ވަނީ ފަރުމާކޮށްފައެވެ. މި ޕޭޖުގައި ސްކޫލުތައް އުފެދިގެން އައިގޮތާއި އެ ސްކޫލުތަކުގެ ތާރީހުގެ އިތުރުން ދަރިވަރުންނާއި މުދައްރިސުންގެ ޢަދަދު ފަދަ މަޢުލޫމާތުތައް ވަނީ ހިމަނާފައެވެ. މިއާއެކު މި ވެބްސައިޓުން ތައުލީމީ ދާއިރާގެ މުހިންމު ބައެއް ތަފާސް ހިސާބުތަކާއި، ވުޒާރާގެ މުހިންމު ޚަބަރުތައް ފެންނަން ހުންނާނެ ކަަމަށް ވުޒާރާއިން ބުންޏެވެ.

ވަޒީރު ފާހަގަކުރެއްވިގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މި ވެބްސައިޓް އިތުރަށް ތަރައްޤީކޮށް، މަޢުލޫމާތު މުއްސަނދި ވެބްސައިޓަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ސްކޫލުތަކުން ހިންގާ ޙަރަކާތްތައް މި ވެބްސައިޓް މެދުވެރިކޮށް ފެންނަން ހުންނާނެ ގޮތް ހެދުމަކީވެސް ވުޒާރާގެ އަމާޒެއް ކަމުގައި  ވަޒީރު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީމިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ކީ ސްޓޭޖް ވަގުތު އިތުރުކޮށް ފޮތްތަކަށް ބަދަލު ގެންނަނީ

ކީ ސްޓޭޖް ވަގުތު އިތުރުކޮށް ފޮތްތަކަށް ބަދަލު ގެންނަނީ

31 ދުވަސް ކުރިން - 11:03

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

135 ދުވަސް ކުރިން - 17:03

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

182 ދުވަސް ކުރިން - 19:47

ރޯވި ތައުލީމީ މަރުކަޒުގައި ކިޔެވުމެއް ނުހުއްޓޭނެ: މިނިސްޓަރު

ރޯވި ތައުލީމީ މަރުކަޒުގައި ކިޔެވުމެއް ނުހުއްޓޭނެ: މިނިސްޓަރު

193 ދުވަސް ކުރިން - 14:03

ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

228 ދުވަސް ކުރިން - 13:49

މަޖީދިއްޔާ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށަނީ

މަޖީދިއްޔާ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށަނީ

257 ދުވަސް ކުރިން - 23:11