ކޮލަމްބޯގައި މިހާރު ކުރިޔަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް 2024 ގައި ރާއްޖޭގެ ޒުވާން ފިރިހެން ވޮލީބޯޅަ ޓީމު ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ބަލިވެއްޖެއެވެ.
ހަތަރުވަނަ މެޗުގައި އުޒްބެކިސްތާނާއި ކުޅެ ބަލިވިއިރު، އުޒްބެކިސްތާނުން ވަނީ ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށްފައެވެ. އެއީ 25-12، 25-10 އަދި 25-1 އިންނެވެ.
މިއީ މީގެ ކުރިން ވެސް މިފަދަ ގޮތަކަށް ތުރުކުމެނިސްތާން، ނޭޕާލް، އަދި ކިރްގިސްތާން އަތުން ބަލިވެ، މުބާރާތުގައި ސީދާ 3 ސެޓުން ރާއްޖެ ބަލިވި ހަތަރު ވަނަ މެޗެވެ.

ކާވާ ޔޫ20ގައި ރާއްޖޭގެ ފިރިހެން ވޮލީޓީމު އުޒްބަކިސްތާނާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ / ވޮލީބޯލް އެސޯސިއޭޝަން
ވާދަކުރާ ހަ ޤައުމެއް ބައިވެރިވާ މި މުބާރާތް ހޮނިހިރު ދުވަހުގެ ނިޔަލަށް ސުގަތަދަސާ އިންޑޯ ސްޓޭޑިއަމްގައި ކުރިއަށްދާނެއެވެ. ލީގު ފޯމެޓެއްގައި ޓީމުތައް ކުރިމަތިލާއިރު، ގަދަ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެއެވެ. ބާކީ ތިބި ޓީމުތައް ވާދަކުރާނީ ޕްލޭސްމަންޓަށެވެ.
ރާއްޖޭގެ ނަތީޖާތަކަށް ބަލާލާއިރު، ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ތުރުކުމެނިސްތާން އަތުން ބަލިވިއިރު، ދެވަނަ މެޗުގައި ވަނީ ތިން ސެޓުން ލަންކާ އަތުން ބަލިވެފައެވެ. އަދި ތިންވަނަ މެޗުގައި ނޭޕާލް އަތުންވެސް ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ.
މިނަތީޖާއާއެކު މިވަގުތު ރާއްޖޭގެ ޓީމު ލީގު އުސޫލުން ކުޅޭ މި މުބާރާތުގައި ގަދަ ހަތަރެއްގައި ނުހިމެނިއްޖެނަމަ ކުޅެން ޖެހޭނީ ރޭންކު މެޗުގައެވެ. 4ވަނަ އާއި 3ވަނަ ޓީމަކީ ލޯ މެޑެލަށް ކުޅެން ޖެހޭ ޓީމުތަކެވެ.









