Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ރާއްޖެއަށް އިންޑިއާ ކަނޑުގެ އެންމެ މޮޅު ސްޕާ މަންޒިލުގެ އެވޯޑް

އައިޝަތު ރުވާ ރިފްޢަތު
746 ދުވަސް ކުރިން - 10 އޮކްޓޫބަރު 2024 12:42
ރާއްޖެއަށް އިންޑިއާ ކަނޑުގެ ސްޕާ އެވޯޑް ވަނީ ލިބިފައި.
ރާއްޖެއަށް އިންޑިއާ ކަނޑުގެ ސްޕާ އެވޯޑް ވަނީ ލިބިފައި.
ޚުލާސާ

މިއީ ސްޕާ އަދި ވެލްނެސް ދާއިރާއިން ރާއްޖެއަށް ލިބުނު އިތުރު ޝަރަފެއް. މިއީ ރާއްޖޭގެ އުފެއްދުންތެރި ޚިދުމަތްތަކާއި ފަތުރުވެރިންނަށް ލިބޭ ތަޖުރިބާގެ ނަތީޖާއެއް ކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރި.

10 ވަނަ ވޯލްޑް ސްޕާ އެވޯޑްސްގައި އިންޑިއާ ކަނޑުގެ އެންމެ މޮޅު ސްޕާ މަންޒިލު 2024ގެ ޝަރަފުވެރި އެވޯޑް ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މި ޚަބަރު ހާމަކުރަމުން ބުނެފައިވަނީ، މިއީ ސްޕާ އަދި ވެލްނެސް ދާއިރާއިން ދުނިޔޭގައި ފާހަގަކޮށްލެވޭ ޤައުމުތަކުގެ މެދުގައި ދިވެހިރާއްޖެއަށް ލިބުނު އިތުރު ޝަރަފެއް ކަމަށެވެ. އަދި މިއީ ރާއްޖެއިން ފޯރުކޮށްދޭ ސްޕާ އަދި ވެލްނެސްގެ އާ އުފެއްދުންތަކާއި ތަޖުރިބާތަކަށާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބޭ ހިތްހަމަޖެހުމާއި ރާއްޖެއިން ދޭ ޚިދުމަތްތެރި މަސައްކަތުގެ ނަތީޖާއެއް ކަމަށްވެސް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.

މި ޝަރަފުވެރި ކާމިޔާބީގެ އިތުރުން، ރާއްޖޭގެ ދެ ރިސޯޓަކަށްވެސް ވަނީ އެވޯޑުތައް ލިބިފައެވެ. އެގޮތުން، ޖޯލި ބީޗް އެންޑް ސްޕާ މޯލްޑިވްސް އަށް އިންޑިއާ ކަނޑުގެ އެންމެ މޮޅު ވެލްނެސް ރިޓްރީޓް 2024 އާއި ރާއްޖޭގެ އެންމެ މޮޅު ވެލްނެސް ރިޓްރީޓް 2024ގެ އެވޯޑު ލިބުނެވެ. އަދި ވޯލްޑޯފް އެސްޓޯރިއާ އިތާފުށި މޯލްޑިވްސް އަށް ރާއްޖޭގެ އެންމެ މޮޅު ރިސޯޓް ސްޕާ 2024ގެ އެވޯޑު ވަނީ ލިބިފައެވެ.

Advertisement

Advertisement 1

އިންޑިއާ ކަނޑުގެ އެންމެ މޮޅު ސްޕާ މަންޒިލުގެ އެވޯޑް / ފޮޓޯ: އެމްއެމްޕީއާރުސީ

މިއަހަރަކީ ވޯލްޑް ސްޕާ އެވޯޑްސް ދޭތާ 10 ވަނަ އަހަރެވެ. މި އެވޯޑުތަކަކީ ދުނިޔޭގެ އެންމެ ތަފާތު އަދި ޚާއްޞަ މަންޒިލްތަކަށް ފަތުރުވެރިންގެ ވޯޓުން ލިބޭ އެވޯޑުތަކެކެވެ.

ވޯލްޑް ސްޕާ އެވޯޑްސްގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ފެންވަރުގެ މިންގަނޑުތައް ގެންގުޅުމަށް ހިތްވަރު ދީ، ސްޕާ އަދި ވެލްނެސް ފަތުރުވެރިކަމުގެ އެންމެ މޮޅު ޚިދުމަތްތެރިންނާއި ސްޕާ ފަތުރުވެރިކަމަށް ލޯބިކުރާ ކަސްޓަމަރުން ގުޅުވާލުމެވެ.

އެމްއެމްޕީއާރުސީން ވަނީ ވޯލްޑް ސްޕާ އެވޯޑްސްގައި އެބޭފުޅުންގެ ތަޖުރިބާތައް ހިއްސާކޮށް، ދިވެހިރާއްޖެއަށް ވޯޓު ދިން ހުރިހާ ފަތުރުވެރިންނަށް ޝުކުރު އަދާކޮށްފައެވެ. އަދި މި އެވޯޑުތަކަކީ ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ހިތްހަމަޖެހުން ލިބިދޭ ޚާއްޞަ ސްޕާ އަދި ވެލްނެސް ތަޖުރިބާތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ހިތްވަރެއްގެ ގޮތުގައި އެމްއެމްޕީއާރުސީން ދެކޭކަމަށް ބުނެފައިވެއެވެ.

މި އެވޯޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.

އެމްއެމްޕީއާރުސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ވިޒިޓް މޯލްޑިވްސްގެ ވަގުތީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސަބީހާ އަހުމަދު ހަމަޖައްސައިފި

ވިޒިޓް މޯލްޑިވްސްގެ ވަގުތީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސަބީހާ އަހުމަދު ހަމަޖައްސައިފި

61 ދުވަސް ކުރިން - 22:40

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް!

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް!

62 ދުވަސް ކުރިން - 11:16

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

169 ދުވަސް ކުރިން - 17:52

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް 4 މެމްބަރަކު އައްޔަނުކޮށްފި

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް 4 މެމްބަރަކު އައްޔަނުކޮށްފި

182 ދުވަސް ކުރިން - 21:51

ޝަރީއަތަށް ހާޒިރުނުވެ ޔާމީން ދިއްދުއަށް, ކޯޓުގެ އިންޒާރެއް!

ޝަރީއަތަށް ހާޒިރުނުވެ ޔާމީން ދިއްދުއަށް, ކޯޓުގެ އިންޒާރެއް!

363 ދުވަސް ކުރިން - 19:22

އެމްއެމްޕީއާރުސީ، ފެނަކަ ހިޔާނާތުގައި ބައިވެރިވި އާއްމުން ހޯދަނީ

އެމްއެމްޕީއާރުސީ، ފެނަކަ ހިޔާނާތުގައި ބައިވެރިވި އާއްމުން ހޯދަނީ

388 ދުވަސް ކުރިން - 14:03