Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާއިން ރާއްޖޭގެ ކުރިއެރުމަށް ފުރިހަމަ ސަޕޯޓް ދިނުމަށް ވަޢުދުވެއްޖެ

އިންޑިއާއިން ރާއްޖޭގެ ކުރިއެރުމަށް ފުރިހަމަ ސަޕޯޓް ދިނުމަށް ވަޢުދުވެއްޖެ

ހުސައިން އިސްމާއިލް
655 ދުވަސް ކުރިން - 9 އޮކްޓޫބަރު 2024 15:35
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބެންގަލޫރުގެ އެއާޕޯޓަށް ފައިބާވަޑައިގަންނަވަނީ - އެމަނިކުފާނަށް އިންޑިއާއިން ކިޔާފައިވަނީ ވަރަށް ހޫނު މަރުޙަބާއެއް. ފޮޓޯ: ޚުލާސާ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބެންގަލޫރުގެ އެއާޕޯޓަށް ފައިބާވަޑައިގަންނަވަނީ - އެމަނިކުފާނަށް އިންޑިއާއިން ކިޔާފައިވަނީ ވަރަށް ހޫނު މަރުޙަބާއެއް. ފޮޓޯ: ޚުލާސާ
ޚުލާސާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިޤްތިޞާދީ ގޮތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ވައުދުތަކެއް ކަށަވަރުކޮށްދެއްވައިފި.

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ - އިންޑިއާގެ ސަރުކާރުން "ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިޝަން 2040" އަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ. ފޮޓޯ: ޚުލާސާ

އިންޑިއާ ސަރުކާރުގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ، އެމަނިކުފާނުގެ އެދިވަޑައިގަތުމަށް އިންޑިއާއިން ވަނީ ރާއްޖޭގެ ތަރައްޤީއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ކަށަވަރު ކޮށްދެއްވާފައެވެ.

Advertisement

Advertisement 1

ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، ބާއްވަމުން ގެންދަވާ "ދިވެހިރާއްޖެ-އިންޑިއާ" ބިޒްނަސް އިވެންޓް ތަކަކީ ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށްޓަކައި ވަރަށް މުހިއްމު އިވެންޓުތަކެވެ. އިއްޔެ މުމްބާއީގައި ބިޒްނަސް އިވެންޓެއް ބޭއްވިއިރު ، މިއަދު ބެންގަލޫރުގައި ބާއްވާ ވިޔަފާރީގެ އިވެންޓަކީ ދިވެހިރާއްޖެ-އިންޑިއާގެ ގުޅުން ބަދަހިކުރުމުގައި އިތުރު މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ. ބެންގަލޫރު ގަޑިން 1630 ގައި ފަށާ މި ބިޒްނަސް އިވެންޓުގައި ރާއްޖޭގެ މުހިއްމު ޕްރެޒެންޓޭޝަންތަކެއް ކުރިއަށް ގެންދާއިރު، ދިވެހި ފަތުރުވެރިކަމާއި މުހިއްމު ދާއިރާތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ބިޒްނަސް އިވެންޓުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކީނޯޓް ދެއްވަނީ - ފިކްސީ އާއި އެސޯޗަމް އިން އިންތިޒާމްކޮށްގެން މުމްބާއީގައި އިއްޔެ މި އިވެންޓު ބޭއްވިއިރު މިއަދު ބެންގަލޫރުގައި ވެސް އިވެންޓް ކުރިޔަށް ދާނެއެވެ. މިއަދު ބެންގަލޫރުގައި އޮންނާނީ މި ޕްރޮގްރާމުގެ ފަހު އިވެންޓެވެ. މިއީ ރާއްޖެ އާއި އިންޑިއާގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ފޮޓޯ: ޚުލާސާ

ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބަރސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އާއި ދަ އެސޯސިއޭޓެޑް ޗެމްބަރސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އޮފް އިންޑިއާ ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރަމުންދާއިރު ، މި ދެޖަމިއްޔާ އަކީ އިގްތިސާދީ ސިޔާސަތުތައް ބައްޓަންކުރުމާއި ސިނާއީ ކުރިއެރުން ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ ދެ ވިޔަފާރި ޖަމިއްޔާކަން ފާޙަގަ ކުރެވެއެވެ. 1927 ވަނަ އަހަރު އުފެދުނު ފިކްސީ އާއި 1920 ވަނަ އަހަރު އުފެދުނު އެސޯޗަމް އަކީ އިގްތިސާދީ ތަރައްގީގައި ބައިނަލްއަގްވާމީ ވިޔަފާރީގެ ގުޅުންތަކަށް މަގުފަހިކޮށްދޭ މުޅި ދުނިޔޭގައި ވެސް މަޝްހޫރު ބައެކެވެ.

ނިއުދިއްލީއިން ފެށިގެން މި 2 ޖަމިއްޔާ އިން ސަރުކާރަށް ސަޕޯޓް ދިނުމުގައި އެހީތެރިވާއިރު . މިއަދު ބެންގަލޫރުގައި ބާއްވާ ވިޔަފާރީގެ ހަރަކާތުގައި ރައީސް ޑރ. މުޢިއްޒު އާއި ސަރުކާރުގެ ވަފުދަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ތަކާއި ބެހޭގޮތުން މުހިއްމު މަޝްވަރާތައް ބޭއްވޭނެއެވެ. މި ބައްދަލުވުމުގައި އެބޭފުޅުން ބައިވެރިވުމަކީ ދެޤައުމުގެ ދެމެދުގައި އޮންނަ އިޤްތިޞާދީ ގުޅުން ބަދަހިވެ، ފަތުރުވެރިކަމާއި، ޢުމްރާނީ ތަރައްޤީ އަދި ވިޔަފާރި ފަދަ ދާއިރާތަކުން އާ ޕާޓްނަރުން ހޯދައިދިނުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

އިއްޔެ ރައީސް މުއިއްޒު ވަނީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް އެހީތެރިވެދިނުމުގައި މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް އިންޑިއާއަށް އިލްތިމާސެއް ވެސް ކުރައްވާފައެވެ. އިންޑިއާއިން ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންނެވި ގޮތަށް އެމަނިކުފާނުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ އިގްތިޞާދީ އަމާޒުތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ވަޢުދު ވެފައެވެ. އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވިޝަން ކަމަށްވާ 2040 އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހަދައިދިނުމަށް އިންޑިއާއިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެއެވެ. އެ ޔަޤީންކަން އިންޑިއާ ސަރުކާރުން ރައީސަށް ދެއްވައިފިއެވެ. 

މި ދަތުރުފުޅަކީ ކުރިއަށް އޮތް އަހަރުތަކުގައި އެއްބާރުލުން ދެމިއޮތުމާއި ދެފަރާތުގެ ކުރިއެރުން ކަށަވަރުކޮށްދީ، ދިވެހިރާއްޖެ-އިންޑިއާ ދެގައުމުގެ ގުޅުމުގެ އާ ބާބެއްގެ ފެށުމެވެ. މި ހަރުދަނާ ބިންގަލާއެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލް ކުރެވޭނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއިންޑިއާ - ރާއްޖެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

2 ގަޑިއިރު ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

2 ގަޑިއިރު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

3 ގަޑިއިރު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

3 ގަޑިއިރު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

4 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

20 ގަޑިއިރު ކުރިން - 20:04