އެޗްއާރުސީއެމުން ބުނީ ތުބުޅިއާއި ބޯކޮށަން ގައިދީންނަށް އެންގުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް

އުސްތާޛް އަލީ އާދަމް | 418 ދުވަސް ކުރިން - 9 އޮކްޓޯބަރު 2024 13:44
މާފުށީ ޖަލު
މާފުށީ ޖަލު
ޚުލާސާ

އެޗްއާރުސީއެމް އިން ލަފާދެނީ މަޖުބޫރުކޮށްގެން ގައިދީން ލައްވައި އެއްވެސް ކަމެއް ނުކުރުމަށް.

ގައިދީން ރިހިބިލިޓޭޓް ކުރުމަށް ކަރެކްޝަނަލް ސާވިސަސްގެ ފަރާތުން ހަދާފައިވާ އުޞޫލުގައި ތުބުޅިއާއި ބޯ ކޮށަން ޖެހޭތީ އެކަން އެގޮތަށް ނުކުރެވޭނެ ގޮތަށް ، އުސޫލުތައް އިސްލާހުކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހުށަހަޅައިފި އެވެ. 

ގަވާއިދުތަކާ ގުޅޭ ގޮތުން އެޗްއާރުސީއެމްގެ ހުށަހެޅުންތަކުގެ މަގުސަދަކީ ސިއްހީ ސަބަބުތަކާ ހުރެ ތަރުތީބު ދެމެހެއްޓުމާއެކު ގައިދީންނަށް އިޚްތިޔާރީ އިސްތަށިގަނޑު ކޮށުމަށް ވަކާލާތުކޮށް، ޖަލުގެ ސާފުތާހިރުކަމުގެ މިންގަނޑުތަކާ ފަރުދީ ހައްގުތައް ބެލެންސް ކުރުން ކަމަށް އެޗްއާރުސީއެމުން ބުނެއެވެ. އެ ކޮމިޝަނުން ބުނާ ގޮތުގައި ސާފުތާހިރުކަމާ ގުޅުން ހުރި މި މައްސަލަތަކަކީ ގައިދީންގެ އަޚްލާގީ ސުލޫކާއި ނުވަތަ ރިހެބިލިޓޭޝަނާ ގުޅިފައިވާ މައްސަލަތަކެއް ނޫނެވެ.

މީގެ އިތުރުން އެޗްއާރުސީއެމް އިން ލަފާދެނީ މަޖުބޫރުކޮށްގެން ގައިދީން ލައްވައި އެއްވެސް ކަމެއް ނުކުރުމަށެވެ. 

އެޗްއާރުސީއެމްގެ މުވައްޒަފަކު ވިދާޅުވީ ޖަލުތަކުގައި ތުބުޅި ދިގުކޮށްގެން ބައެއް ގައިދީން އުޅެނީ އެއީ ދީނީ ގަބޫލުކުރުންތަކަށް އިހުތިރާމްކުރުމުގެ ގޮތުން ކަމަށްވާތީ، އެފަދަ މީހުންގެ ތުބުޅި ބޭލުމަށް ނުވަތަ ކޮށުމަށް ނުވަތަ ވަކިވަރަކަށް ކުރުކޮށްފައި ބަހައްޓަން ޖަލުން އަންގާތީވެ އެކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.

ގައިދީންގެ ބޯކޮށުމުގެ އުސޫލު ބަދަލުކުރަން އެޗްއާރްސީއިން ހުށަހެޅި 6 ކަންތައް:

  • ގައިދީންގެ ބޯކޮށުމާ ގުޅޭ ކަންކަމަކީ ސާފުތާހިރުކަމާ ގުޅޭ ކަމަކަށް ވާތީ ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވައިދުގެ 8 ވަނަ މާއްދާ އުނިކުރުން.
  • އިސްތަށިގަނޑާއި ތުނބުޅި މަތިމަސްކޮށުމަކީ ގައިދީއެއް ނުވަތަ ބަންދުގައި ހުންނަ މީހެއްގެ އިހުތިޔާރީ ކަމަކަށް ހެދުން.
  • ގައިދީންގެ ބޯކޮށުމާއި ތުނބުޅި މަތިމަސް ބޭލުމާ ގުޅޭ ކަންކަމަކީ ސާފުތާހިރުކަމާ ގުޅޭ ކަމަކަށް ވާތީ، އެ ކަން އަހްލާގީ ކަމަކަށް ނުގުޅުވޭނެތީ، ގައިދީންނަށް ހިންގޭ ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިިއުމުގާއި ޕެރޯލް ފުރުސަތު ދިނުމުގައި އަހްލާގީ މިންގަނޑުން ބަލައި އެ ކަމަށް ރިއާޔަތްނުކުރުން.
  • ޖަލުގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ނުވަތަ ގައިންގަޔަށް އަރާފަދަ ބަލިމަޑުކަމެއް ފެތުރިދާނެ ހާލަތުގައި ނުވަތަ ގައިދީއެއްގެ ސިއްހީ ސަބަބަކަށް ޓަކައި މެނުވީ އެއްވެސް ގައިދީއެއް ނުވަތަ ބަންދުގައި ހުންނަ މީހެއްގެ ބޮލާއި، ތުނބުޅި މަތިމަސް ނުރުހުމުގައި ގަދަކަމުން، ހެލްތު އޮފިސަރުގެ ލަފާގެ މަތިން ނޫނީ ބާލައިގެން ނުވާނެކަން އުސޫލުތަކުގައި ބަޔާންކުރުން.
  • ސިއްހީ މާހިރެއްގެ ލަފާގެ މަތިން ގައިދީއެއްގެ ބޯކޮށާއިރު އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނަހެން އެ ކަން ކުރުން. އަދި އެ ކަން ކުރާނަމަ ލިޔެކިޔުމުން ރެކޯ ބެލެހެއްޓުން.
  • ދީނީ ގޮތުން ގަބޫލުކުރާ ކުރުމެއްގެ ސަބަބުން ބޯކޮށަން ނުވަތަ ތުނބުޅި މަތިމަސް ބާލަން އިންކާރުކުރާނަމަ އެކަން ކުރުމަށް މަޖުބޫރުނުކޮށް އެ ކަމަށް އިހްތިރާމްކުރުން.

އެޗްއާރްސީއެމުން އިތުރަށް ބުނީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ރުހުމަކާ ނުލާ ގަދަކަމުން ގައިދީއެއްގެ ބޯކޮށައި އަދި އެކަން ކުރުމުގެ ތެރޭގައި ގައިދީއަކަށް އަނިޔާކޮށްފައިވާކަމަށް ބުނެ ހުށަހެޅި މައްސަލައެއް ތަހުގީގުކޮށްފައިވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%