ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބެންގަލޫރުގައި މުހިއްމު ބައްދަލުވުންތަކެއް ބާއްވާނެއެވެ. 

ބެންގަލޫރުގެ ގަވަރުންނާއި މަތީފަންތީގެ އޮފިޝަލުންނާއި ބައްދަލުކުރައްވައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެއެވެ. އަދި މީގެ އިތުރުން ވިޔަފާރީގެ ޚާއްޞަ އިވެންޓެއް ވެސް އޮންނާނެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ މިއަދު ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއި ވެސް ބައްދަލުކުރައްވައެވެ.