
ސައްޔިދު ހާޝިމް ޞަފީއްދީން
ލުބުނާނުގެ ބެއިރޫތަށް ވަޑައިގެންނެވި ފަހުން އީރާނުގެ ޤުދުސް ފޯސްގެ ކޮމާންޑަރު އިސްމާޢީލް ޤައަނީގެ ހަބަރެއް ނުވާއިރު ހިޒްބުﷲގެ ލީޑަރުކަމަށް ދެން އަންނާނެ ކަމަށް ބެލެވޭ ޞަފިއްދީންގެ ހަބަރެއް ވެސް ނުވެއެވެ.
ޔަހޫދީ ބާރުތަކުން ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުالله އަވަހާރަކޮށްލި މައްސަލައިގައި ރައްދު ދިނުމަށް ބެއިރޫތަށް ޤައަނީ ވަޑައިގަތުމަށްފަހު އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާއިރު ، ޤައަނީ އެންމެ ފަހުން ފެނިފައިވަނީ ބެއިރޫތުގެ ޒާހިޔާ ޑިސްޓްރިކްޓުން ހިޒްބުاللهގެ އެގްޒެކެޓިވް ކައުންސިލްގެ ވެރިޔާ ހާޝިމް ސަފިއުއްދީނަށް އަމާޒުކޮށްގެން ހަމަލާދިން ދުވަހުއެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ރިޕޯޓްކުރާ ގޮތުގައި ސެޕްޓެމްބަރު 23 ވަނަ ދުވަހު ދިން ހަމަލާއަށް ފަހު 2،000 އަށް ވުރެ ގިނަ އާންމުން މަރުވެފައިވާއިރު، ގެދޮރު ދޫކޮށް 1.2 މިލިއަން މީހުން ވަނީ ގޮސްފައެވެ.
ބައެއް މީޑިއާތަކުން ޞަފީއްދީން އަވަހާރަ ވެއްޖެ ކަމަށް ބުނެއެވެ. ނަމަވެސް ހިޒްބުﷲއިން މިކަން ކަށަވަރުކޮށެއް ނުދެއެވެ. އިސްރާއީލުން ވެސް ބުނަނީ ޞަފީއްދީން އަވަހާރަކޮށްލާފައިވާ ކަމަށެވެ.









