Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޣައްޒާ، ލުބުނާން އަދި ހިޒްބުﷲ ވެސް ބަދަލު ހިފުމުގެ ހަމަލާތަކުގައި

ޣައްޒާ، ލުބުނާން އަދި ހިޒްބުﷲ ވެސް ބަދަލު ހިފުމުގެ ހަމަލާތަކުގައި

ޖަވާދު
613 ދުވަސް ކުރިން - 7 އޮކްޓޫބަރު 2024 16:03
ޣައްޒާ، ލުބުނާން އަދި ހިޒްބުﷲ ވެސް ބަދަލު ހިފުމުގެ ހަމަލާތަކުގައި
ޚުލާސާ

ޣައްޒާއަށް ދިން ހަމަލާއަށް 1 އަހަރު ފަހުން ޔަހޫދީ ސިފައިން ޣައްޒާ އާއި ލުބުނާނަށް ހަމަލާތައް ދެމުން އަންނައިރު، އެތައް މިލިއަން ބަޔަކު ގެދޮރު ދޫކޮށް، ގިނަ ޢަދަދެއްގެ މީހުން ޝަހީދުވެއްޖެ.

ޣައްޒާއަށް ހަމަލާ ފެށިތާ އަހަރެއް ވީއިރު އަދިވެސް ޔަހޫދީ ސިފައިން ޣައްޒާގެ މުސްލިމުންގެ ގެތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި މިސްކިތްތަކަށް އަމާޒުކޮށްގެން ބޮމުގެ ހަމަލާތައް ދެމުން އެބަ އާދެއެވެ.

އޮކްޓޯބަރު 7، 2023 ގައި ފެށި މި ޙަމަލާތަކުގައި 17,000 ކުޑަކުދިން ހިމެނޭ ގޮތަށް 41,800 މީހުން ޝަހީދުވެފައި ވާއިރު، އިތުރު އެތައް ހާސް ބަޔަކު އަދިވެސް ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ އޮފިޝަލުން ބުނެއެވެ. މި އަނިޔާވެރި ޙަމަލާތަކުގައި 97,166 މީހުން ވަނީ ޒަޚަމްވެފައެވެ.

އެންމެ ފަހުން ދިން ޙަމަލާތަކުގައި ޔަހޫދީ ސިފައިން ޣައްޒާގެ އުތުރުގެ މިސްކިތަކާއި ސްކޫލަކަށް ބޮން އަޅާފައިވާއިރު އެ ދެތަން ވެސް ބޭނުން ކުރަމުން ދިޔައީ ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ވަގުތީ ހިޔާތަކެއްގެ ގޮތުގައި ކަމަށް އަލްޖަޒީރާއިން ރިޕޯޓް ކުރެއެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޙަމަލާތަކުގައި 93 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން ޔަހޫދީ އަސްކަރީ ބާރުތައް ޓޭންކުތަކާއެކު އުތުރު ޣައްޒާއަށް ވަދެ، ހިންގި އިތުރު ޤަތުލުއާންމުތަކުގައި އިތުރު 20 އާންމުން ޝަހީދު ވެފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement 1

މިހާރު ހިނގަމުންދާ ޙަމަލާތަކުގެ ތެރޭގައި ލުބުނާނުގެ މުޖާހިދުންގެ ޖަމާޢަތެއް ކަމަށްވާ ހިޒްބުالله އިން ވަނީ ފާދީ-1 މިސައިލް ބޭނުންކޮށްގެން ޔަހޫދީ ސިޓީތަކުގެ ތެރެއިން ޚައިފާ އަދި ތުވާރިޔާ ފަދަ ސިޓީތަކަށް ބަދަލު ހިފުމުގެ މިސައިލް ހަމަލާތަކެއް ދީފައެވެ. އިސްރާއީލުގެ މީޑިއާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި މި ހަމަލާތަކުގައި 10 ޔަހޫދީން ޒަޚަމްވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެކަމުގެ ރައްދުގައި ޔަހޫދީ ހަނގުރާމަ މަތިންދާބޯޓުތަކުން ބެއިރޫތަށް ބޮން އަޅައި ހިޒްބުاللهގެ ކޮމާންޑް ސެންޓަރުތަކަށް އަމާޒުކޮށް ހަމަލާދީ ބޮޑު އޮޕްރޭޝަނެއް ހިންގުމަށް ދަނީ ތައްޔާރުވަމުންނެވެ.

ޣައްޒާ އާއި ލުބުނާނުގެ ޙާލަތުގެ ސަބަބުން އާބާދީގެ ބޮޑު ބައެއް ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. ޣައްޒާގައި ޔަހޫދީ ސިފައިން ވަނީ އިންސާނީ އެހީތަކާއި ކާބޯތަކެތި ފޯރުކޮށްދިނުން ހުއްޓުވާފައެވެ. ނަތީޖާއެއްގެ ގޮތުން، ގިނަ ރައްޔިތުން ތިބީ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަން މަޖުބޫރުވެފައެވެ. އދ.އިން ވަނީ މިއީ ނަސްލު ނައްތާލުމުގެ ވައްތަރެއްގެ ގޮތުގައި ބަލައި އެކަން ކުށްވެރިކޮށް، ބައިނަލްއަޤްވާމީ މުޖުތަމަޢަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ލުބުނާނުގައި ޔަހޫދީންގެ ޙަމަލާގެ ސަބަބުން 1.2 މިލިއަން މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، މިހާރު ހިނގަމުންދާ ހަމަލާތަކުގައި 2،000 އާންމުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަނިޔާވެރިކަން ގަދަވަމުންދާއިރު، ޖަކާޓާ، އިސްތަންބޫލް، ލަންޑަން، އަދި ނިއުޔޯކް ފަދަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ފަށައި، އެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލައި، ޔަހޫދީ ދަޢުލަތުގެ ޢަމަލުތަކުގެ ޒިންމާ އުފުލަން އަޑުއިއްވަން ވަނީ ފަށާފައެވެ.

މިހުރިހާ ކަމެއް ހިނގަމުންދާއިރު ހުޅަނގުގެ ޤައުމުތައް ތިބީ އިސްރާއީލާ އެކުގައެވެ.

ޣައްޒާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

900 އަށްވުރެ ގިނަ ދުވަހު ޖަލުގައި ބޭއްވުމަށް ފަހު ޙަމާސްގެ ލީޑަރެއް މިނިވަން ކޮށްފި

900 އަށްވުރެ ގިނަ ދުވަހު ޖަލުގައި ބޭއްވުމަށްފަހު ޙަމާސްގެ ލީޑަރެއް މިނިވަންކޮށްފި

4 ގަޑިއިރު ކުރިން - 13:14

ޣައްޒާގެ އެތައް ތަނަކަށް ޔަހޫދީން އެބަ ޙަމަލާދޭ

ޣައްޒާގެ އެތައް ތަނަކަށް ޔަހޫދީން އެބަ ޙަމަލާދޭ

1 ދުވަސް ކުރިން - 13:37

ބޭސް ހުސްވެ ޣައްޒާގެ 4000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ނުރައްކަލުގަ

ބޭސް ހުސްވެ ޣައްޒާގެ 4000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ނުރައްކަލުގަ

8 ދުވަސް ކުރިން - 12:37

ޣައްޒާއިން އަނެއްކާވެސް އިތުރު 8 މީހުން ޝަހީދުކޮށްލައިފި

ޣައްޒާއިން އަނެއްކާވެސް އިތުރު 8 މީހުން ޝަހީދުކޮށްލައިފި

8 ދުވަސް ކުރިން - 07:38

ހަނގުރާމަ ނިމިއްޖެއޭ ބުނެ ޝަހީދުކޮށްލި މީހުންގެ ޢަދަދު 930 އަށް

ހަނގުރާމަ ނިމިއްޖެއޭ ބުނެ ޝަހީދުކޮށްލި މީހުންގެ ޢަދަދު 930 އަށް

11 ދުވަސް ކުރިން - 20:23

ފައިސާ ނުލިބުމުން ޓްރަމްޕްގެ ގާޒާ “ބޯޑް އޮފް ޕީސް" ފެއިލްވަނީ

ޓްރަމްޕްގެ ގާޒާ “ބޯޑް އޮފް ޕީސް" އަށް ފަންޑު ނުލިބި ފެއިލްވަނީ

14 ދުވަސް ކުރިން - 00:39