Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްއެމްއޭ އާއި އިންޑިއާ ރިޒާވް ބޭންކާ ދެމެދު 430 މިލިއަން ޑޮލަރުގެ ފައިސާ ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމްއެމްއޭ އާއި އިންޑިއާ ރިޒާވް ބޭންކާ ދެމެދު 430 މިލިއަން ޑޮލަރުގެ ފައިސާ ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އާނާ ފަހީމް
702 ދުވަސް ކުރިން - 7 އޮކްޓޫބަރު 2024 15:56
ރައީސް މުޢިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ.
ރައީސް މުޢިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ.
ޚުލާސާ

އެމްއެމްއޭއާއި އިންޑިއާގެ ރިޒާވް ބޭންކާ ދެމެދު ވެވުނު އެއްބަސްވުމެގެ ދަށުން އެމްއެމްއޭ އަށް 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއާ ރުފިޔާއާ ހަމައަށް ފައިސާ ނެގުމުގެ ފުރުޞަތު ލިބިގެންދާނެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އިންޑިއާގެ ރިޒާވް ބޭންކާ ދެމެދު 430 މިލިއަން ޑޮލަރުގެ ފައިސާ ބަދަލުކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

"ފްރޭމްވަރކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް 2024-2027" ގެ ނަމުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން އެމްއެމްއޭ އަށް އެކި ފަހަރު މަތިން ފައިސާ ނެގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އެންމެ މަތީ އަދަދަކީ 400 މިލިއަން އެމެރިކާ ޑޮލަރާއި އަދި އޭގެ އިތުރުން 30 ބިލިއަން އިންޑިއާ ރުފިޔާއެވެ. 30 ބިލިއަން އިންޑިއާ ރުފިޔާއަކީ ގާތްގަނޑަކަށް 360 މިލިއަން އެމެރިކާ ޑޮލަރެވެ.

އެމްއެމްއޭއިން ބުނީ މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އެއީ އެމެރިކާ ޑޮލަރު/ޔޫރޯ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށެވެ.

Advertisement

Advertisement 1

އިންޑިއަން ރުޕީސް ސްވޮޕް ފެސިލިޓީ މެދުވެރިކޮށް އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެޤައުމަކަށް ނިސްބަތްވާ ފައިސާއިން ކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި 430 މިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ވަރަށް މުހިންމު އެއްބަސްވުމެއްކަމަށް އިޤްތިޞާދީ މާހިރުން ދެކެއެވެ. ޚާއްޞަކޮށް ބޭރު ފައިސާގެ ރިޒާވް ހަރުދަނާކޮށް، ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަކުރުމަށް މި އެއްބަސްވުން މުހިންމު ދައުރެއް އަދާކުރާނެކަމަށް ބެލެވެއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. "މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ހަރުދަނާވެ، ވިޔަފާރިވެރިންނަށް ބޭނުންވާ ބޭރު ފައިސާ ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްވެގެންދާނެ." ހާޝިމް ވިދާޅުވިއެވެ.

އިންޑިއާގެ ރިޒާވް ބޭންކުގެ ގަވަރުނަރު ޝަކްތިކާންތަ ދާސް ވިދާޅުވީ މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކޮށްދޭނެ ކަމެއް ކަމަށެވެ. އެގޮތުން މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އިތުރުވެ، ދެ ގައުމުގެ އިޤްތިޞާދަށް ފައިދާ ކުރާނެ ކަމަށް ދާސް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ މުއްދަތަކީ 2024 އިން 2027 އަށް ކަމަށްވާތީ، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އިޤްތިޞާދަށް މީގެ ފައިދާ ކުރާނެ ކަމަށް ބެލެވެއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަވެ، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އިތުރުވެގެންދާނެއެވެ.

އިންޑިއާ - ރާއްޖެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ ބޮޑުވަޒީރު މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު: ރައީސް

"ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު"

14 ދުވަސް ކުރިން - 23:42

ބޯޓެއް ބަންޑުންޖަހާލައި އިންޑިއާގެ 15 ފަތުރުވެރިން މަރުވެއްޖެ

ބޯޓެއް ބަންޑުންޖަހާލައި އިންޑިއާގެ 15 ފަތުރުވެރިން މަރުވެއްޖެ

60 ދުވަސް ކުރިން - 23:36

އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން: ސައީދު

"އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން"

61 ދުވަސް ކުރިން - 16:25

އިންޑިއާއިން ރާއްޖެއަށް ހިމަބިއްސާއި ރުބެއްލާ ވެކްސިން އަދި 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖެއަށް 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

88 ދުވަސް ކުރިން - 13:15

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

91 ދުވަސް ކުރިން - 12:43

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

103 ދުވަސް ކުރިން - 22:03