Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ތަޢާރަފުކޮށްފި

ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ތަޢާރަފުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
702 ދުވަސް ކުރިން - 7 އޮކްޓޫބަރު 2024 14:10
ފޮޓޯ: ބިޒްނަސް ސްޓޭންޑާޑް
ފޮޓޯ: ބިޒްނަސް ސްޓޭންޑާޑް
ޚުލާސާ

މި ކާޑު ތަޢާރަފްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ދެ ޤައުމުގެ ދެމެދު އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތަށް މިއަދު އިފްތިތާހުކޮށްފިއެވެ.

މި ކާޑު ތަޢާރަފްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކަށްފަހު ދެ ޤައުމުގެ ދެމެދު އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން، ރާއްޖޭގައި ރުޕޭ ކާޑު ތަޢާރަފުކުރުމުގެ ގޮތުން ކަސްޓަމަރަކު ވަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައަކުން ރުޕޭ ކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށްފައެވެ. މި ކާޑު ތަޢާރަފުކުރުމާއެކު ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައިވެސް ރުޕޭ ކާޑު ބޭނުންކުރެވޭނެއެވެ.

Advertisement

Advertisement 1

ރާއްޖެއާއި އިންޑިއާއާ ދެމެދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ދެއްވި ސްޓޭޓްމަންޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އިންޑިއާގެ އިންސްޓެންޓު ސިސްޓަމް، ޔުނިފައިޑް ޕޭމަންޓު އިންޓަފޭސް (ޔޫޕީއައި)ގެ ޚިދުމަތް ވެސް ފަށާނެ ކަމަށެވެ.

ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހެދުމާ ގުޅޭގޮތުން ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މިކަމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށްވެސް ފައިސާގެ މުޢާމަލާތް ކުރުމުގައި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

ރުޕޭ ކާޑުގެ އިތުރުން ރާއްޖޭގައި ޔޫޕީއައިގެ ޚިދުމަތް ފެށުމަށް ނިންމާފައިވާއިރު މިދިޔަ އޯގަސްޓްމަހު ވަނީ މި ކަމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މި ކަމަކީ ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

އިންޑިއާ - ރާއްޖެރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05