ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު ކަރަންސީ ސްވެޕެއްގައި ސޮއިކޮށްފިއެވެ.
އިންޑިއާ ސަރުކާރުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މި ކަރަންސީ ސްވެޕްގައި ސޮއި ކުރެއްވުމުގެ ކުރިން، އިއްޔެ އެމަނިކުފާނު ވަނީ ރައްޔިތުންނަށް އެމަނިކުފާނުގެ ދަތުރުފުޅުން ލިބޭނެ ފައިދާތައް ދެތިން ދުވަސްތެރޭގައި އެނގޭނެ ކަމަށް ވިދާޅުވެފައެވެ.
ރާއްގެ އިގްތިޞާދު ކޮޅަށް ޖެހުމަށް އިންޑިއާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން އެގައުމުގެ ސަރުކާރުން ދެއްވާފައިވާއިރު، ކުރީގެ ސަރުކާރުތަކުން ފައިސާ ޗާޕު ކުރުމާއި ބޭރު ގައުމުތަކުން އިންޓްރެސްޓު ބޮޑުކޮށް ލޯނުތައް ނަގައި އެ ލޯނުތަކުން ހަމައެކަނި ރިކަރަންޓް ޚަރަދުތަކަށް ފޫބެއްދުމަށް ފޯކަސް ކުރުމުގެ ސަބަބުން ޤައުމުގެ މާލީ ހާލަތު ދަށްވެ ޑޮލަރުގެ މާސިންގާ ކަޅުބާޒާރެއް އުފެދި ޑޮލަރު ލިބުން ތާށިވެފައިވާ ދަނޑިވަޅުގައި، ރައީސް މުޢިއްޒުގެ ސަރުކާރުން އިންޑިއާ އާއެކު ކަރަންސީ ސްވެޕްގައި ސޮއި ކުރުމުގެ ސަބަބުން އިންޑިއާއިން މުދާ ހޯދުމަށް ޑޮލަރަށް ބަރޯސާވުން ނިމުނީއެވެ.
މިއީ ޤައުމުގެ ފައިސާގެ އަގު މަތިވެ ވިޔަފާރިވެރިންނަށް ފަސޭހަ ކަމާއެކު އިންޑިއާއިން މުދާ ހޯދޭނެ ގޮތް ކަށަވަރު ކުރުމަށް ރައީސް މުޢިއްޒު ނެންގެވި ދުރުވިސްނޭ ޑިސިޝަނެއްކަން އިކޮނޮމިސްޓުން ފާހަގަކުރެއެވެ.









