Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދެ ޤައުމުގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ރައީސް މުޢިއްޒު، މޯދީއަށް ދަޢުވަތު ދެއްވައިފި

ދެ ޤައުމުގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ރައީސް މުޢިއްޒު، މޯދީއަށް ދަޢުވަތު ދެއްވައިފި

އާނާ ފަހީމް
702 ދުވަސް ކުރިން - 7 އޮކްޓޫބަރު 2024 13:14
ދެ ޤައުމުގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ރައީސް މުޢިއްޒު، މޯދީއަށް ދަޢުވަތު ދެއްވައިފި
ޚުލާސާ

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެ އަށް ވަޑައިގަތުމަށް ދައުވަތުދެއްވާފައެވެ. ދެ ޤައުމުގެ މެދުގައި މުހިންމު އެއްބަސްވުންތަކެއް ބަދަލުކުރެވި، ގިނަ މަޝްރޫޢުތަކެއް ވަނީ އިފްތިތާހުކުރެވިފަ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ވަޑައިގަތުމަށް މިއަދު ދައުވަތު ދެއްވައިފިއެވެ. 

އެމަނިކުފާނު އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވިއިރު މިއަދު ދެގައުމުގެ ދެމެދުގައި ވަނީ މުހިންމު އެއްބަސްވުންތަކެއް ބަދަލުކުރެވިފައެވެ.

ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ރަޝްޓްރިޔާ ރަކްޝާ ޔުނިވަރސިޓީއާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމާއި، މޯލްޑިވްސް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނާ ދެމެދު ކޮރަޕްޝަން ހުއްޓުވުމާ ގުޅޭ އެއްބަސްވުން ހިމެނެއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، މޯލްޑިވްސްގެ ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީއާ ދެމެދު 200 ދިވެހި ޝަރުޢީ އޮފިސަރުންނަށް ތަމްރީނު ދިނުމާ ގުޅޭ އެއްބަސްވުމާއި، ދިވެހި ސަރުކާރާއި އިންޑިއާ ޖުމްހޫރިއްޔާގެ މިނިސްޓްރީ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސްއާ ދެމެދު ކުޅިވަރާއި ޒުވާނުންގެ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުން އައުކުރުން ވެސް ހިމެނެއެވެ.

މި އެއްބަސްވުންތައް ބަދަލުކުރެވުނީ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަރ އިބްރާހީމް ޝަހީބު މެދުވެރިކޮށެވެ.

މީގެ އިތުރުން، ދެ ޤައުމުގެ މެދުގައި ވާޗުއަލްކޮށް އިފްތިތާހުކުރެވުނު ކަންތައްތަކުގެ ތެރޭގައި، ވިޝަން ޑޮކިއުމަންޓް ނެރުމުގެ އިޢުލާނާއި، ހުރަވީ އުޅަނދު އިޢުލާންކުރުމާއި، ރޫޕޭ ކާޑު ތަޢާރަފުކުރުމާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ހުޅުވުމާއި، އެގްޒިމް ބޭންކް އޮފް އިންޑިއާގެ ބައިޔަރސް ކްރެޑިޓް ފެސިލިޓީގެ ދަށުން އިމާރާތްކުރެވުނު 700 ސޯޝަލް ހައުސިންގ ޔުނިޓް ހަވާލުކުރުން ހިމެނެއެވެ.

މި އެއްބަސްވުންތަކާއި މަޝްރޫޢުތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން ކުރިއެރުން ލިބޭނެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުއިންޑިއާ - ރާއްޖެ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ ބޮޑުވަޒީރު މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު: ރައީސް

"ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު"

14 ދުވަސް ކުރިން - 23:42

ބޯޓެއް ބަންޑުންޖަހާލައި އިންޑިއާގެ 15 ފަތުރުވެރިން މަރުވެއްޖެ

ބޯޓެއް ބަންޑުންޖަހާލައި އިންޑިއާގެ 15 ފަތުރުވެރިން މަރުވެއްޖެ

60 ދުވަސް ކުރިން - 23:36

އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން: ސައީދު

"އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން"

61 ދުވަސް ކުރިން - 16:25

އިންޑިއާއިން ރާއްޖެއަށް ހިމަބިއްސާއި ރުބެއްލާ ވެކްސިން އަދި 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖެއަށް 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

88 ދުވަސް ކުރިން - 13:15

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

91 ދުވަސް ކުރިން - 12:43

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

103 ދުވަސް ކުރިން - 22:03

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%