Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނޭކުރެންދޫ ފެނަކަ އޮފީހުގެ %70 މަސައްކަތް ނިމިއްޖެ

ނޭކުރެންދޫ ފެނަކަ އޮފީހުގެ %70 މަސައްކަތް ނިމިއްޖެ

އަައިޝަތު ޒީނާ
603 ދުވަސް ކުރިން - 7 އޮކްޓޫބަރު 2024 11:31
ހދ. ނޭކުރެންދޫގައި ފެނަކައިން އަޅަމުން އަންނަ އޮފީސް ޢިމާރާތް.
ހދ. ނޭކުރެންދޫގައި ފެނަކައިން އަޅަމުން އަންނަ އޮފީސް ޢިމާރާތް.
ޚުލާސާ

ފެނަކައިން ބުނީ މި އޮފީސް ޢިމާރާތާއެކު ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމުގައި މިހާރަށްވުރެ ލުއިފަަސޭހަ ވެގެންދާނެ ކަމަށް. އެ ކުންފުނީގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މި މަސައްކަތް އެއްކޮށް ނިންމާލުން.

ހދ. ނެކުރެންދޫގައި ފެނަކައިން އަޅަމުންދާ އާ އޮފީސް ޢިމާރާތުގެ މަސައްކަތުގެ %70 މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ފެނަކައިން ބުނީ މިހާތަނަށް ނުނިމި ހުރި ބައެއް މަސައްކަތްތަކަކީ ދޮރުތައް ހަރުކުރުމާއި، މުށި ޖެހުމާއި ކުލަ ލުން ފަދަ މަސައްކަތްތައް ކަމަށެވެ.

ޒާމާނީ ފެންވަރަށް ތަަރައްޤީ ކުރާ މި ޢިމާރާތް ޤާއިމްކުރަނީ، ޖާގަ ތަނަވަސް އޮފީސް ޖާގައިގެ އިތުރުން، ޕޭންޓްރީއަކާއި، އަންހެނުންނަށާއި ފިރިހެނުންނަށް ޚާއްސަކޮށްފައިވާ ވަކި ފާޚަނަތަކެއް ހިމެނޭ ގޮތަށް ކަމަށް ފެނަކައިން ބުންޏެވެ. އަދި އޮފީހަށް އެކަށީގެންވާ މީޓިންގ ރޫމެއްވެސް މި ޢިމާރާތުގައި ހިމެނޭކަމަށް ފެނަކައިން ބުންޏެވެ.

Advertisement

Advertisement 1

މީގެ އިތުރުން މި ޢިމާރާތުގައި ޒަމާނީ ވަޞީލަތްތަކާއެކު އޮފީސް ސަރަޙައްދުގެ އިތުރުން ކަސްޓަމަރ ސަރވިސް ކައުންޓަރަކާއި، ޖަނަރޭޓަރު ބެހެއްޓުމަށް ޚާއްސަ ކޮށްފައިވާ ސަރަޙައްދަކާއި މުވައްޒަފުންގެ އިސްތިރާހަތުގެ ވަގުތު ހޭދަކުރުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދެއް ހިމެނޭ ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ ޓެކްނިކަލް މުވައްޒަފުންނަށާއި އެޑްމިނިސްޓްރޭޓިވް މުވައްޒަފުންނަށް އެކޮމޮޑޭޓް ކުރެވޭނެ ޖާގަ މި އޮފީހުގައި ހިމެނޭނެ ކަމަށާއި މި އޮފީސް ޢިމާރާތާއެކު ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމުގައި މިހާރަށްވުރެ ލުއިފަަސޭހަ ވެގެންދާނެ ކަމަށެވެ.

ފެނަކައިން ބުނީ އަމާޒަކީ މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މި މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ.

ފެނަކަ

Advertisement

Advertisement

ގުޅޭ ޚަބަރުތައް

ޚަރަދުކުޑަކޮށްގެން މިދިޔައަހަރުގެ ބަޖެޓުން 5 ބިލިއަން ރުފިޔާ ސަލާމަތްކުރި

ޚަރަދުކުޑަކޮށްގެން މިދިޔައަހަރުގެ ބަޖެޓުން 5 ބިލިއަން ރުފިޔާ ސަލާމަތްކުރި

3 ގަޑިއިރު ކުރިން - 14:41

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

8 ގަޑިއިރު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

18 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

21 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

1 ދުވަސް ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

1 ދުވަސް ކުރިން - 12:41

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%