"އަންނަ އަހަރަކީ އަޅުގަނޑުމެންގެ ޤައުމުތަކުގެ މެދުގައި ސިޔާސި ގުޅުން ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު. މިއާއެކު އަޅުގަނޑުމެންގެ ގުޅުން އިތުރަށް ވަރުގަދަވެ، މާ މަތިވެރި ހަރުފަތްތަކަކަށް އަރާނެކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން." ރައީސް ޑރ.މުހައްމަދު މުޢިއްޒު
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބައްދަލުކުރެއްވިއިރު ރައީސް ވަނީ ރައީސް ވިދާޅުވީ، ހުރިހާ ޤައުމުތަކާއެކު ރަނގަޅު، ރަޙްމަތްތެރި ގުޅުން ދެމެހެއްޓުމަށް ވެފައިވާ ވަޢުދާއެއްގޮތަށް އެ ވަޢުދު ފުއްދުމަށް މަސައްކަތްކުރައްވާކަމަށް

ދެޤައުމުގެ ގުޅުމުގެތެރެއިން ކާމިޔާބީތައް ފާހަގަކުރާއިރު، ގިނަ ގޮންޖެހުންތަކެއްވެސް ހުރިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު ކުރިމަތިވާނެ ގޮންޖެހުންތަކަށް ވަރަށް ފަރުވާތެރިކަމާއެކު ވިސްނަންޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ
18:35 އިންޑިއާ
މިރޭ 7 ޖަހާއިރު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ބައްދަލުވުމެއް އޮންނާނެ
18:30 އިންޑިއާ
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވާ ހާއްސަ ޖާފަތަކަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދެކަނބަލުން ވަޑައިގެންފި

އިންޑިއާގެ އިންވެސްޓަރުންނަށް ރާއްޖޭގެ ފަތުރުވެރިކަމާއި އުމްރާނީ ސިނާއަތުގައި އިންވެސްޓު ކުރުމަށް ދައުވަތު ދެއްވައިފި
"އަޅުގަނޑު މިއަދު މިތަނުގައި ހުރެގެން، ތިޔަބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް، އަޅުގަނޑުމެންގެ އިޤްތިޞާދުގެ އިންތިހާއަށް ފުރުޞަތުތައް ހުޅުވާލުމުގައި، އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތް ކުރެއްވުމަށް، ދަޢުވަތު އަރުވަން. އިންޑިއާގެ އިންވެސްޓަރުނަށް އަޅުގަނޑުމެން މަރުހަބާ ކިޔަން." ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ދިވެހިރާއްޖޭގެ ސްޓްރެޓެޖިކް އިންވެސްޓްމަންޓް ފުރުޞަތުތަކަށް އަލިއަޅުވާލައްވާފަ. ރާއްޖޭގެ ޢަމާޒުހުރީ ޑިޖިޓަލް އިޤްތިޞާދަކާ ދިމާލަށްކަމަށާއި، މިދާއިރާގައި އިންވެސްޓްކުރުމަށް ރާއްޖެއަކީ ފަހި މާހައުލެއް އޮތްތަނެއްކަމަށް ރައީސް ވިދާޅުވި.
ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީއައިއައި) އާއި އެސޯޗަމް ވެސް ސްޕޮންސަރ ކޮށްފައިވާ މި އިވެންޓަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް އަދި އުމްރާނީ ތަރައްގީއާއި ގުޅޭ ދާއިރާތަކަށް އިންވެސްޓްމަންޓް ހޯދުމުގެ މަގުސަދުގައި ކުރިޔަށްދާ އިވެންޓެއް. ރައީސް ވިދާޅުވީ ރާއްޖޭގައި އިންވެސްޓުކޮށްގެން ފައިދާ ވާނެ ކަމަށް.
17:10 އިންޑިއާ
އިންޑިއާ - މޯލްޑިވްސް ބިޒްނަސް ފޯރަމް ފަށައިފި.
މިވަގުތު އިކޮނޮމިކް މިނިސްޓަރ ސަޢީދު ވާހަކަފުޅު ދައްކަވާއިރު އެމަނިކުފާނަށްފަހު ދެން ވާހަކަފުޅު ދެއްކެވުމަށް ވަޑައިގަންނަވާނީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު


ރައީސް ޑރ.މުޢިއްޒުގެ އަރިހަށް އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ގައުމީ ރައީސް މރ. ޖަގަތް ޕްރަކާޝް ނައްޑާ އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވި.

ޖޭޕީ ނައްޑާ އަކީ އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ގައުމީ ރައީސްގެ މަގާމު މިހާރު އަދާކުރައްވާ ލީޑަރެވެ.
ބީޖޭޕީގެ ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ނައްޑާ ވަނީ އެ ޕާޓީގެ ވެސް އަދި އިންޑިއާ ސަރުކާރުގެ ވެސް މުހިންމު މަގާމުތަކެއް ފުރުއްވާފަ އެވެ.
ޔޫނިއަން މިނިސްޓަރު ފޯ ހެލްތު އެންޑް ފެމިލީ ވެލްފެއާގެ މަގާމު 2014-2019 ފުރުއްވިއެވެ. އެމަނިކުފާނުގެ މިނިސްޓަރު ކަމުގައި ދުނިޔޭގެ އެންމެ ބޮޑު ސަރުކާރުގެ ސިއްހީ ހިދުމަތްދޭ އެއް ޕްރޮގްރާމް އަޔޫޝްމަން ބާރަތާއި ސްވަޗް ބާރަތު އަބިޔާން (ކްލީން އިންޑިއާ ކެމްޕޭން) ފަދަ ބޮޑެތި ސިއްހީ މަސައްކަތްތައް ފެށުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރު (ރާޖްޔާ ސަބާ): އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ މަތީ ގެ ކަމަށްވާ ރާޖްޔާ ސަބާގައި ހިމާޗަލް ޕްރަދޭޝް ތަމްސީލު ކުރައްވަ އެވެ. ނައްދާ އަކީ ގައުމީ އަދި ދައުލަތުގެ ފެންވަރުގެ ސިޔާސީ މައިދާނުގައި ވެސް ހަރަކާތްތެރިވަމުން އަންނަތާ ދިހަވަރަކަށް އަހަރު ވެފައިވާ ބޭފުޅެކެވެ.



16:45 އިންޑިއާ
އިންޑިއާއާއި ރާއްޖެއާއި ދެމެދުގައި ވިޔަފާރިއާއިބެހޭ ހާއްސަ އިވެންޓެއް މިއަދު ހަވީރު 5 ޖަހާއިރު އެބައޮތް.
16:30 އިންޑިއާ
އިންޑިއާގެ ބެންގަލޫރުގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް ޤާއިމުކުރުމަށާއި ދިވެހިރާއްޖޭގެ އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ވަނީ މަޝްވަރާ ކުރެވިފަ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމުކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ މައްސަލަ ހައްލު ކުރުމަށް އެހީތެރިވެދޭނެ

ރާއްޖެ އާއި އިންޑިއާއާ ދެމެދު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ރިޒާވް ބޭންކް އޮފް އިންޑިއާއާ އެކުގައި ސޮއިކުރި 400 މިލިއަން ޑޮލަރު ނުވަތަ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެއްބަސްވުމެއް.
އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ދަށުން ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށްފި
12:00 އިންޑިއާ
ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި މިވަގުތު ގެންދަވަނީ މަޝްވަރާ ކުރައްވަމުން. މި މަޝްވަރާ ތަކަށްފަހު އެމްއޯޔޫގައި ސޮއިކުރެއްވުން އޮންނާނެ. އަދި އެއަށްފަހު ޖޮއިންޓް ޕްރެސް ކޮންފެރެންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ.
ރައީސް މުއިއްޒު ވަޑައިގެންނެވިއިރު އެމަނިކުފާނުގެ އިސްތިޤްބާލްގައި ބޮޑުވަޒީރު މޯދީ ހުންނެވީ ޚައިދަރްއާބާދު ހައުސް ދޮރުމަތީގައި. "ރެޑްކާޕެޓް ވެލްކަމް" ގައި ރައީސް ކާރުކޮޅުން ފައިބާ ވަޑައިގެންނެވުމާއެކު މޯދީ އެމަނިކުފާނާއި އެކު ހިންގަވާފައި ވަޑައިގަންނަވާ މަންޒަރު ފެނުނު.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ރައީސް މުޢިއްޒުގެ ހާއްސަ ބައްދަލުކުރެއްވުމުގެ ތެރެއިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ރައީސް މުޢިއްޒުގެ ހާއްސަ ބައްދަލުކުރެއްވުމުގެ ތެރެއިން
މިދަތުރުފުޅުގައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއަށް އިންޑިއާއިން ކިޔާފައިވަނީ ވަރަށް ހޫނު މަރުހަބާއެއް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް އިންޑިއާ ސަރުކާރުން ރަސްމީކޮށް މަރުހަބާ ދެންނެވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް އިންޑިއާ ސަރުކާރުން ރަސްމީކޮށް މަރުހަބާ ދެންނެވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް އިންޑިއާ ސަރުކާރުން ރަސްމީކޮށް މަރުހަބާ ދެންނެވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
11:21 އިންޑިއާ
ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އޮފިޝަލް ބައްދަލުކުރެއްވުމަށް މިހާރު މޯދީ ވަނީ ހައިދަރްއާބާދު ހައުސް އަށް ވަޑައިގެންފައި.
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ވެސް އިރުކޮޅެއްގެތެރޭގައި ވަަޑައިގަންނަވާނެ.
11:20 އިންޑިއާ
އެމްއޯޔޫ ތަކުގައި ސޮއި ކުރުން އޮންނާނީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދުގައި ބާއްވާ އޮފިޝަލް ބައްދަލުވުންތަކަށްފަހު
ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އޮފިޝަލް ބައްދަލުވުމަށްފަހު އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދުގައި އެއްބަސްވުންތަކުގައި ސޮއިކުރާނެ
9:20 އިންޑިއާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ އިބްރާހީމް އިންޑިއާގެ ރިޔާސީ ގަނޑުވަރުގައި އެޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެޤައުމުގެ ރައީސް ދުރޫޕަދީ މުރުމޫ އާއެކު
9:00 އިންޑިއާ
ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހާރު ހުންނެވީ އިންޑިއާގެ ރިޔާސީ ގަނޑުވަރުގައި. އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެޤައުމުގެ ރައީސް ދުރޫޕަދީ މުރުމޫ
ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުން ވީވީއައިޕީ ކާރުކޮޅުގައި ރިޔާސީ ގަނޑުވަރަށް ވަނުމާއެކު 21 ބަޑީގެ ސަލާމެއް އިއްވި









