ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް 2024 ގައި ފުރަތަމަ މެޗުން ތުރުކުމެނިސްތާނާއި ކުޅެ ސީދާ ތިން ސެޓުން ރާއްޖެ ބަލި ވެއްޖެއެވެ.
ކޮލަމްބޯގެ ސުގަތަދާސާ އިންޑޯ ސްޓޭޑިއަމްގައި ރާއްޖޭގެ ގައުމީ ޒުވާން ފިރިހެން ވޮލީބޯޅަ ޓީމަށް ކުރިމަތިވީ އުނދަގޫ ފެށުމެކެވެ. މި މެޗު ތުރުކުމެނިސްތާނުން ޑޮމިނޭޓްކުރީ 25-11، 25-13، އަދި 27-2 ގެ ނަތީޖާއަކުންނެވެ.
ރާއްޖެ ބަލިވިއިރު ، ނޭޕާލް ވެސް ވަނީ މުބާރާތް ބާއްވާ ގައުމުގެ މައްޗަށް ކުރި ހޯދައި، ތިން ސެޓުން ފަސޭހަކަމާއެކު ލަންކާ ބަލިކޮށްފަ އެވެ. މީގެ އިތުރުން އުޒްބެކިސްތާނުން ވަނީ ފުރަތަމަ މެޗުގައި ކިރްގިސްތާން ބަލިކޮށްފައެވެ.
ލީގު ފޯމެޓެއްގައި ކުޅޭ މި މުބާރާތުގައި ރާއްޖެ، އުޒްބެކިސްތާން، ކިރްގިސްތާން، ނޭޕާލް، އަދި ތުރުކްމެނިސްތާނުގެ ޓީމުތައް އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ވާދަކުރާނެ އެވެ. ލީގު ސްޓޭޖުން އެއްވަނައިގައި އޮތް ދެ ޓީމު ފައިނަލަށް ދަތުރުކުރާއިރު، ތިން ވަނަ އާއި ހަތަރު ވަނައިގައި އޮތް ޓީމާއި ބްރޯން މެޑަކަށް ވާދަކުރާނެ އެވެ. ބާކީ ތިބި ޓީމުތައް ފައިނަލް ރޭންކިން އަށް ކުޅޭނެ އެވެ.









