އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ހާއްސަ ދައުވަތަކަށް ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއި އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދިއްލީއަކީ ރާއްޖެއާއި އިންޑިއާގެ ވިޔަފާރީގެ މުހިއްމު މަރުކަޒަކަށް ހެދުމުގެ ތަސައްވުރު ފާޅުކުރެއްވިއެވެ.
އިއްޔެ ދިއްލީއަށް ފަސްޓްލޭޑީ ސާޖިދާ އިބްރާހީމްއާއެކު ވަޑައިގެންނެވުމުން އެއާޕޯޓުން މަރުހަބާ ވިދާޅުވެ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ ސުބްރަމާނިއަމް ޖައިޝަންކަރް އާއެކު ދެކެވުނު ވާހަކަތަކުގެ ތެރޭގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން ޖައިޝަންކަރް ދެއްވާފައިވާއިރު، ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަކީ ދެ ގައުމަށް ވެސް ދިގު މުއްދަތުގެ އިގްތިސާދީ ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ރައީސް ދެކެވަޑައިގަންނަވަ އެވެ. ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމަށް އިތުރު ވިޔަފާރީގެ އެއްބަސްވުންތަކާއި އެއްބާރުލުން ދިނުމުގެ ބޭނުންތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި ވިޔަފާރީގެ ތަޞައްވުރުގެ މަރުކަޒުގައި ދިއްލީ އޮތުމުން، ރައީސް ޑރ.މުހައްމަދު މުއިއްޒު ޕްލޭން ކޮށްފައި ވަނީ ދެޤައުމުގެ ގުޅުންތައް އާލާކޮށް، ކުރިއެރުމަށް އާ މަގުތަކެއް އުފެއްދުމަށެވެ. ވިޔަފާރިއަށް ސަމާލުކަން ދިނުމުން ބޭރުގެ ޕާޓްނަޝިޕްތަކުގެ ތެރެއިން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްތައް އިތުރަށް ފާހަގަކޮށްލެވެއެވެ.
ރައީސްގެ ޕްލޭންގެ އިތުރު ތަފްސީލްތައް މި ދަތުރުފުޅުގެ ތެރެއިން ކުރިޔަށް އޮތް ދެތިންދުވަސްތެރޭ ރައްޔިތުންނަށް ފެންނާނެ ކަމަށާ އެފައިދާތައް ދިވެހިންނަށް އެނގިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.









