Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީރާނުގެ ތެޔޮވަޅުތަކަށް ހަމަލާ ދިނުމަކީ އެމެރިކާއިން ވިސްނާ ކަމެއް ނޫން - ބައިޑަން

އީރާނުގެ ތެޔޮވަޅުތަކަށް ހަމަލާ ދިނުމަކީ އެމެރިކާއިން ވިސްނާ ކަމެއް ނޫން - ބައިޑަން

ޖަވާދު
709 ދުވަސް ކުރިން - 5 އޮކްޓޫބަރު 2024 18:09
އީރާނުގެ ތެޔޮވަޅުތަކަށް ހަމަލާ ދިނުމަކީ އެމެރިކާއިން ވިސްނާ ކަމެއް ނޫން - ބައިޑަން
ޚުލާސާ

ތެޔޮވަޅުތަކަށް އިސްރާއީލުން ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަމެއް ބައިޑަން އަކަށް ނެތް. ބައިޑަން ވިދާޅުވީ އީރާނަށް ހަމަލާ ދިނުމާމެދު ގުޅިފައިވާ ކޯލިޝަނަކުން މަޝްވަރާ ކުރަމުންދާ ކަމަށާއި ތެޔޮ ފެސިލިޓީތަކަށް ހަމަލާ ދީގެން ނުވާނެ ކަމަށް

އިސްރާއީލުން އީރާނަށް ހަމަލާ ދިނުމާއި ބެހޭގޮތުން މަޝްވަރާ ކުރަމުންދާ ދަނޑިވަޅުގައި، ތެޔޮވަޅުތަކަށް ހަމަލާއެއް ދީފާނެތީ ދުނިޔޭގައި ތެލުގެ އަގު އުފުލިއްޖެއެވެ. 

ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި ރިޕޯޓަރަކު އީރާނުގެ ތެޔޮ ފެސިލިޓީތަކަށް ހަމަލާ ދިނުމަށް ތާއީދު ކުރައްވާތޯ ސުވާލު ކުރުމުން ރައީސް ބައިޑަން ވިދާޅުވީ އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް ބައިޑަންގެ ވިސްނުން ހުރީ ތެޔޮ ވަޅުތަކަށް ހަމަލާ ނުދިނުމަށެވެ. ބައިޑަން ވިދާޅުވީ އޭނާ މިއަދު އިސްރާއީލުގެ މަގާމުގައި ހުރިނަމަ ތެޔޮ ފެސިލިޓީތަކަށް ހަމަލާ ނުދޭނެ ކަމަށެވެ.

އެމެރިކާގެ ރައީސްގެ މިހެން ވިދާޅުވުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ފަސް ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

Advertisement

Advertisement 1

މެދުއިރުމަތީގެ ފިތުނަތައް އިތުރުވަމުންދާތީ ވިޔަފާރިވެރިން ކަންބޮޑުވަނީ ތެލުގެ ސަޕްލައިއަށް ހުރަސްއެޅިދާނެތީ އެވެ. 

އެމެރިކާގެ ރިޔާސީ އިންތިހާބު ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ބާއްވަން އުޅޭ ދަނޑިވަޅެއްގައި ތެލުގެ އަގު ބޮޑުވުމަކީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ކަމަލާ ހެރިސްއަށް ގެއްލުން ވާނެ ކަމެކެވެ.

ޖޯ ބައިޑަން އިތުރަށް ވިދާޅުވީ އިސްރާއީލުން އަވަސް ފިޔަވަޅެއް އަޅާނެ ކަމަށް އުންމީދު ނުކުރާ ކަމަށާއި މީގެ ކުރިން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ޣައްޒާ އާއި ލުބުނާނުގައި ހިނގަމުންދާ ކަންތަކަށް ވެސް އެމެރިކާއިން އެދުނު ގޮތާއި ހިލާފަށް ކަންތައް ކޮށްފައިކަން ބައިޑަން ފާހަގަ ކުރިއެވެ. ބައިޑަން އެ އިޝާރާތްކުރި ކަންތަކަކީ ފަލަސްތީނުގައި އާންމުންނަށް ހަމަލާ ނުދިނުމަށާއި އަދި ލުބުނާނަށް ނޭރުމެވެ.

މީގެ ކުރިން ބުދަ ދުވަހު ރައީސް ބައިޑަން ވަނީ އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް އިސްރާއީލުން ހަމަލާ ދިނުމަށް ތާއީދު ނުކުރާނެ ކަމަށް ސާފުކޮށް ވިދާޅުވެފައި ނަމަވެސް އީރާނުގެ ހަމަލާއަކަށް ރައްދުދީ އިސްރާއީލުން ދިފާއު ކުރުމުގެ ހައްގާއި ބައެއް ފިޔަވަޅުތައް އެޅުމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ބައިޑަން އާއި ކެނެޑާ، ފްރާންސް، ޖަރުމަން، އިޓަލީ، ޖަޕާން އަދި އިނގިރޭސިވިލާތުގެ ހަތް ގައުމު ހިމެނޭ ޖީ7 ގްރޫޕްގެ ލީޑަރުން ވެސް ވަނީ އީރާނަށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމާ ގުޅޭ ގޮތުން ފޯނު ކޯލެއްގައި މަޝްވަރާކޮށްފަ އެވެ.

އެމެރިކާއީރާން
Advertisement
Advertisement

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

24 ގަޑިއިރުތެރޭ އެމެރިކާގެ 2 މަނަވަރާއި 10 ތެޔޮ ޓޭންކަރަކަށް އީރާނުގެ ބާރުގަދަ ހަމަލާތަކެއް!

24 ގްޑިއިރުތެރޭ އެމެރިކާގެ 2 މަނަވަރާއި 10 ޓޭންކަރަކަށް އީރާނުން ހަމަލާދީފި

3 ދުވަސް ކުރިން - 22:06

މިޑްޓާމް ދެއިންތިހާބު ކާމިޔާބުވެއްޖެނަމަ، އެމެރިކާގެ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް 5,000 ޑޮލަރު ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

މިޑްޓާމް ދެއިންތިޚާބު ކާމިޔާބުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5,000 ޑޮލަރު

4 ދުވަސް ކުރިން - 14:06

އީރާނުން އަތުލައިގަތް ސަބްމެރިންއަށް މަނަވަރުތައް ފައްތާލުމުގެ ގާބިލްކަން ލިބިގެންވޭ

އަތުލައިގަތް ސަބްމެރިންއަށް މަނަވަރުތައް ފައްތާލުމުގެ ގާބިލްކަން ލިބިގެންވޭ

4 ދުވަސް ކުރިން - 09:30

އީރާނުން އަރަބި ކަނޑާއި އޮމާން ކަނޑުގެ ބޮޑު ސަރަހައްދެއް ބަންދުކޮށް، "ނޯ-ގޯ ޒޯން" އެއް އިޢުލާންކޮށްފި!

އީރާނުން އަރަބި ކަނޑާއި އޮމާން ކަނޑުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ނަގައިފި

4 ދުވަސް ކުރިން - 08:37

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

5 ދުވަސް ކުރިން - 12:02

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

7 ދުވަސް ކުރިން - 19:37