Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދިވެހިރާއްޖޭގެ އިހީގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް އައު ޕްލޭނެއް އެކުލަވާލައިފި

ދިވެހިރާއްޖޭގެ އިހީގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް އައު ޕްލޭނެއް އެކުލަވާލައިފި

އައިޝަތު ރުވާ ރިފްޢަތު
703 ދުވަސް ކުރިން - 6 އޮކްޓޫބަރު 2024 09:30
ފޮޓޯ: މޯލްޑިވްސް ރެސިލިއަންޓް ރީފް
ފޮޓޯ: މޯލްޑިވްސް ރެސިލިއަންޓް ރީފް
ޚުލާސާ

މި ޕްލޭން ތަންފީޛުކުރުމުން، ދިވެހިރާއްޖޭގެ އިހީގެ މަސްވެރިކަން އިތުރަށް ތަރައްޤީވެ، ދެމެހެއްޓެނިވި ގޮތެއްގައި މި ވަސީލަތް ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް ވުޒާރާއިން ބުނެފައިވޭ.

ދިވެހިރާއްޖޭގެ އިހީގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް އަމާޒުކޮށް އައު ޕްލޭނެއް އެކުލަވާލައިފި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ޕްލޭން އެކުލަވާލާފައިވަނީ މައިގަނޑު 4 އަމާޒެއް ހާސިލުކުރުމަށެވެ. މި އަމާޒުތަކުގެ ތެރޭގައި ހިމެނެނީ:

1. ދިވެހިރާއްޖޭގައި ކުރެވޭ އިހީގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ޙަރަކާތްތައް އިކޯސިސްޓަމް-ބޭސްޑް މެނޭޖްމަންޓާއި، ޕްރިކޯޝަނަރީ އެޕްރޯޗް އަދި ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބެލެހެއްޓުމުގެ އުސޫލުތަކާ އެއްގޮތަށް ހިންގާކަން ކަށަވަރުކުރުން.

Advertisement

Advertisement 1

2. އިހީގެ މަސްވެރިކަމާއި އެ މަސްވެރިކަމާ ގުޅުންހުރި ވަސީލަތްތަކާ ގުޅޭ ޙަޔަވީ، އިޖްތިމާޢީ އަދި އިޤުތިޞާދީ މަޢުލޫމާތަށް ބިނާކޮށް ސިޔާސަތުތައް އެކުލަވައިލުން.

3. އިހީގެ މަސްވެރިކަމާއި ވިޔަފާރި މޮނިޓަރކުރުމާއި، ކޮންޓްރޯލް ކުރުމާއި، ސަރވޭލަންސްއާ ބެހޭ ނިޒާމު ތަންފީޛުކޮށް، މި މަސްވެރިކަމުގެ މަޢުލޫމާތު އެއްކުރުމާއި، ރިޕޯޓްކުރުން ހަރުދަނާކުރުން.

4. މަޞްލަޙަތުވެރިންނާއި އާންމުންގެ މެދުގައި އިހީގެ ބާވަތްތަކާއި އިހީގެ މަސްވެރިކަމާމެދު ހޭލުންތެރިކަން އިތުރުކުރުން.

މި ޕްލޭން ފަރުމާކޮށްފައިވަނީ މި އަމާޒުތަކަށް ވާސިލުވުމަށް އެކުލަވައިލައިފައިވާ އިސްތިރާޖުތަކާއި ފިޔަވަޅުތަކުގެ މައްޗަށް ބިނާކޮށް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި މި ޕްލޭން ތަންފީޛުކުރުމުން، ދިވެހިރާއްޖޭގެ އިހީގެ މަސްވެރިކަން އިތުރަށް ތަރައްޤީވެ، ދެމެހެއްޓެނިވި ގޮތެއްގައި މި ވަސީލަތް ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކޮށްފައި ވެއެވެ.

މި ޕްލޭނަކީ ދިވެހިރާއްޖޭގެ އިހީގެ މަސްވެރިކަމުގެ މުސްތަޤުބަލަށް މުހިންމު ބަދަލުތަކެއް ގެނެސްދޭނެ ފިޔަވަޅެއްކަމަށާއި މިކަމުން އިހީގެ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި، ޤައުމުގެ އިޤްތިޞާދަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވުޒާރާއިން ބުންޏެވެ.

މަސްވެރިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިސަރުކާރުން މިހާތަނަށް 99 ކަނދުފަތި އަޅައިފި

މިސަރުކާރުން މިހާތަނަށް 99 ކަނދުފަތި އަޅައިފި

2 ދުވަސް ކުރިން - 10:19

މަސްވެރިންގެ ތެލުގެ ސަބްސިޑީ ހަރުދަނާކުރުމަށް "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ސްބްސިޑީ ދޫކުރުމަށް ނިންމައިފި

މަސްވެރިންގެ ތެލުގެ ސަބްސިޑީ ހަރުދަނާކުރުމަށް "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ދޫކުރުމަށް ނިންމައިފި

3 ދުވަސް ކުރިން - 12:06

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

8 ދުވަސް ކުރިން - 13:19

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

9 ދުވަސް ކުރިން - 17:01

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް: ރާއްޖޭގެ ފަރުތަކާއި މަސްވެރިކަމަށް ބޮޑު ނުރައްކަލެއް

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް؛ މިއީ ނުރައްކަލެއް

15 ދުވަސް ކުރިން - 14:38

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

57 ދުވަސް ކުރިން - 16:41