ޗައިނާގެ ދަގަނޑު އުފައްދާ ކުންފުންޏަކާއި ޗައިނާގެ އާޓިފިޝަލް ސްވީޓަނަރ ކުންފުންޏަކުން އެމެރިކާއަށް ތަކެތި އެތެރެކުރުން މަނާކޮށްފިއެވެ.
އެމެރިކާއިން ބުނީ މި ފިޔަވަޅަކީ އެކުންފުނިތަކުން އުއިގޫރު މުސްލިމުންނާއިމެދު ކަންތައްތައް ކުރަނީ މަޖުބޫރުން މަސައްކަތް ކުރުވައިގެން ކަމަށް ވާތީއެވެ.
އެސޯސިއޭޓެޑް ޕްރެސް ނޫސް އެޖެންސީން ބުނާ ގޮތުގައި މި ފިޔަވަޅާއެކު ސަރުކާރުން ބުނާ ގޮތުގައި "އިންސާނީ ހައްގުތަކާ ހިލާފު" އުފެއްދުންތައް އެތެރެވުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދާއިރާ ފުޅާވެގެންދާނެ އެވެ.
"މިއަދުގެ އަމަލުތަކުން އެމެރިކާގެ ސަޕްލައި ޗޭންތަކުން މަޖުބޫރުކޮށްގެން މަސައްކަތްކުރުން ނައްތާލައި، އެންމެންނަށް އިންސާނީ ހައްގުތަކުގެ އަގުތައް ދަމަހައްޓަން އަޅުގަނޑުމެން ކުރާ ވައުދު އަލުން ސާބިތުކޮށްދެ އެވެ،" އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ އޮފިޝަލް ރޮބަޓް ސިލްވަރސް ވިދާޅުވި އެވެ.
އެމެރިކާއިން މިހެން ބުނިކަމުގައި ވިޔަސް ހަގީގަތަކީ އެމެރިކާގެ ނިޔަތތް މިކަމުގައި ސާފެއް ނޫނެވެ. އެމެރިކާއިން މިފިިޔަވަޅު އެޅީ ޗައިނާގެ ކުންފުނިތަކަށް ވާތީއެވެ. އެމެރިކާއަކީ މުސްލިމުންނަށް އެއްގޮތަކަށް ވެސް ހެޔޮ އެދޭ ބަޔަކު ނަމަ ޣައްޒާގެ މުސްލިމުން މަރާކަށް އެމެރިކާއިން އިޒްރޭލަށް ހަތިޔާރު ނުދޭނެ ކަމަށާ، އުއިގޫރު މުސްލިމުންނޭ ކިޔައި އެމެރިކާއިން ދައްކާ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށް މުހައްލިލުން ބުނެއެވެ.









