އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އިސްރާއީލަށް އެރުން މަނާކުރުމަށް އިސްރާއީލުގެ ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ގުޓަރޭޒް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ.
ގުޓަރޭޒް ވިދާޅުވެފައިވަނީ މެދުއިރުމަތީގެ ހަނގުރާމަ އިތުރަށް ގޯސްވަމުންދާކަން ކުށްވެރިކުރައްވާ ކަމަށާއި، އެ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމަ "މުޅިން" ހުއްޓާލަންޖެހޭ ކަމަށެވެ. ނަމަވެސް އީރާނުން އިސްރާއީލަށް ދިން ހަމަލާއާ ގުޅޭގޮތުން އޭނާ ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން އިސްރާއީލުގެ ހާރިޖީ ވަޒީރު އިސްރާއީލް ކާޓްޒް ވިދާޅުވީ ގުޓަރޭޒްއަކީ ނިރުބަވެރިންނަށް އެހީތެރިވެދޭ، އިސްރާއީލާއި ދެކޮޅު ފަރާތެކެވެ. އަދި އީރާނުން އިސްރާއީލަށް ދިން ނުރައްކާތެރި ހަމަލާ ކުށްވެރިނުކުރާ އެއްވެސް މީހަކަށް އިސްރާއީލަށް އެރުމުގެ ހައްޤު ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
އިސްރާއީލުން ގުޓަރޭޒް ދެކެ ރުޅި އަންނަނީ ފަލަސްތީނުގެ ހައްގުގައި ވާހަކަ ދައްކާފައި ވާތީއެވެ.
އިސްރާއީލުން ވަނީ ގުޓަރޭޒް އިސްތިއުފާއަށް ގޮވާފައިކަން ވެސް ފާހަގަ ކުރެވެއެވެ.










