ބެންކޮކްގައި ދަރިވަރުންނާއި ޓީޗަރުންނާއެކު ދަތުރުކުރަމުން ދިޔަ ސްކޫލް ބަހެއްގައި އިއްޔެ އަލިފާން ރޯވެ 25 މީހުން މަރުވެއްޖެއެވެ.
ބެންކޮކް ހަބަރުތައް ބުނާ ގޮތުގައި އެ ބަހުގައި 44 ފަސިންޖަރުން ދަތުރުކުރަމުން ދިޔައެވެ. އެމީހުން ދިޔައީ މެދުތެރޭ އުތައި ތާނީ ޕްރޮވިންސުން ސްކޫލް ދަތުރަކަށް އަޔޫތުޔާއަށް ކަމަށާއި، ޕަތަމް ތާނީ ޕްރޮވިންސްގައި ހާދިސާ ހިނގީ މެންދުރު ފަހު ކަމަށެވެ.
ހޯމް މިނިސްޓަރު އަނޫތިން ޗާންވީރުކުލް ވިދާޅުވީ އެ ހާދިސާގައި ސަލާމަތްވި މީހުންގެ އަދަދަށް ބަލާއިރު، 25 މީހަކު މަރުވެދާނެ ކަމަށް ބެލެވެ އެވެ.
ހޯމް މިނިސްޓަރު އިތުރަށް ވިދާޅުވީ އަލިފާން ރޯވިތާ ދެތިން ގަޑިއިރު ފަހުން ވެސް ހަށިގަނޑުތައް ހުރީ ބަހުގެ ތެރޭގައިކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި ، އަލިފާން ރޯވާން ފެށީ ޓައިރު ފަޅައިގެން ގޮސްގެން ކަމަށް ވެދާނެ ކަމަށެވެ.
ފުލުހުން ބުނާ ގޮތުގައި މަރުވެފައިވާ 23 ހަށިގަނޑެއް ވަނީ ނެގިފައެވެ. އޭގެ ތެރޭގައި 11 ފިރިހެނުންނާއި 7 އަންހެނުން ހިމެނޭއިރު ބާކީ ހަށިގަނޑުތައް ވަރަށް ބޮޑަށް އަނދާފައިވާތީ އަދި ޖިންސު ދެނެގަނެވިފައި ނުވެއެވެ.
މިހާދިސާ ހިނގީ ބެންކޮކާއި 61 މޭލު ބޭރުންނެވެ.