Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މައްސަލަތައް ފާހަގަވި ބޭސް ރާއްޖެ އެތެރެކޮށްފައެއް ނުވޭ: އެމްއެފްޑީއޭ

މައްސަލަތައް ފާހަގަވި ބޭސް ރާއްޖެ އެތެރެކޮށްފައެއް ނުވޭ: އެމްއެފްޑީއޭ

އައިޝަތު ރުވާ ރިފްޢަތު
613 ދުވަސް ކުރިން - 1 އޮކްޓޫބަރު 2024 20:37
ފޮޓޯ: މޯލްޑިވްސް ބިޒްނަސް ޓައިމްސް
ފޮޓޯ: މޯލްޑިވްސް ބިޒްނަސް ޓައިމްސް
ޚުލާސާ

މައްސަލަ ޖެހިފައިވާ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ އެއް ބޭހަކީ ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އޮންނަ ބޭހެއް ނަމަވެސް، 2018 ވަނަ އަހަރުގެ ފަހުން އެ ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކޮށްފައި ނުވާ ކަމަށް އެމްއެފްޑީއޭއިން ބުނި. އަދި މައްސަލަ ޖެހިފައިވާ ބޭހުގެ ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއް އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އެތެރެކޮށްފައި ނުވާކަމަށްވެސް އެމްއެފްޑީއޭއިން ކަށަވަރުކޮށްދީފައިވޭ.

ކޮލިޓީގެ މައްސަލަތަކެއް ފާހަގަވި އިންޑިއާގެ ބޭސްތައް ރާއްޖެ އެތެރެ ވެފައިނުވާކަން ޔަގީންކުރެވިފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ހާމަކޮށްފިއެވެ.

އެމްއެފްޑީއޭއިން ބުނީ، އިންޑިއާގެ ކުންފުނިތަކުން އުފައްދާފައިވާ 48 ޕްރޮޑަކްޓަކުން ކޮލިޓީގެ ގިނަ މައްސަލަތަކެއް ފާހަގަވެފައިވާކަން އިންޑިއާގެ ބޭސް ރެގިއުލޭޓްކުރާ މައި އިދާރާއިން އެމްއެފްޑީއޭއަށް އަންގާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އެ ބޭސްތައް ރާއްޖެ އެތެރެކޮށް ވިއްކާތޯ ބެލުމަށް މާކެޓް އިވެލުއޭޝަނެއް ހަދާފައިވާކަމަށްވެސް އެމްއެފްޑީއޭއިން ހާމަކުރިއެވެ.

އެމްއެފްޑީއޭއިން ބުނީ، މައްސަލަ ޖެހިފައިވާ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ އެއް ބޭހަކީ ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އޮންނަ ބޭހެއް ނަމަވެސް، 2018 ވަނަ އަހަރުގެ ފަހުން އެ ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކޮށްފައި ނުވާ ކަމަށެވެ. އަދި މައްސަލަ ޖެހިފައިވާ ބޭހުގެ ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއް އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އެތެރެކޮށްފައި ނުވާކަމަށްވެސް އެމްއެފްޑީއޭއިން ކަށަވަރުކޮށްދިނެވެ.

Advertisement

Advertisement 1

އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ދާ ޤައުމަކަށްވެފައި، ބައެއް ޙާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެކުރާތީ، ބޭސް ގަތުމުގައި ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މި މައްސަލަ ފާހަގަވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖެއަށް ބޭސް އިމްޕޯޓުކުރާ ޕޯޓުތަކުގައި އިންސްޕެކްޝަން އިތުރަށް ވަރުގަދަކޮށް، މައްސަލަ ޖެހިފައިވާ އެއްވެސް ބޭހެއް އެތެރެ ވިޔަނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށްވެސް އެމްއެފްޑީއޭއިން ބުންޏެވެ.

އެމްއެފްޑީއޭ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މީދާ ވިހަ ފެނުނު ކުޑަކުދިންގެ ކާނާ ބޭނުން ނުކުރަން އެދެފި

މީދާ ވިހަ ފެނުނު "ހިޕް"ކާނާ ބޭނުންނުކުރަން އެދެފި

46 ދުވަސް ކުރިން - 09:24

ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ހޯދަން އެމްއެފްޑީއޭއިން ދިރާސާތައް ފަށައިފި

ގޮއިދޫގައި ކެންސަރު އިތުރުވާތީ ދިރާސާކުރަން ފަށައިފި

95 ދުވަސް ކުރިން - 15:24

އެމްއެފްޑީއޭގެ އިންޒާރު؛ ހުއްދަ ނުނަގައި ބޭސް އެތެރެކޮށް، ވިއްކާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން!

ހުއްދަނެތި ބޭސް އެތެރެކޮށް، ވިއްކާނަމަ ފިޔަވަޅު އަޅަނީ

138 ދުވަސް ކުރިން - 17:10

ބަރުދަން ލުއިވާނެ ކަމަށް ބުނެ ބާރުގަދަ ބޭހެއް ވިއްކަނީ

ބަރުދަން ލުއިވާނެކަމަށް ބުނެ ބާރުގަދަ ބޭހެއް ވިއްކަނީ

138 ދުވަސް ކުރިން - 16:16

އެމްއެފްޑީއޭގެ ހުއްދަނެތި ބޭސް ވިއްކާ ފާމަސީތަކާ މެދު ފިޔަވަޅު އަޅަނީ

ހުއްދަނެތި ބޭސް ވިއްކާ ފާމަސީތަކާމެދު ފިޔަވަޅު އަޅަނީ

139 ދުވަސް ކުރިން - 20:21

"ޕެންޓޮޕް 40 އިންޖެކްޝަން" ވިއްކުން މަނާކޮށްފި

"ޕެންޓޮޕް 40 އިންޖެކްޝަން" ވިއްކުން މަނާކޮށްފި

457 ދުވަސް ކުރިން - 13:32