Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަތުރުވެރިކަމުގެ ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށް މާލީ ހުރަސްތައް ކުޑަކޮށްދޭނަން: ފައިޞަލް

ފަތުރުވެރިކަމުގެ ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށް މާލީ ހުރަސްތައް ކުޑަކޮށްދޭނަން: ފައިޞަލް

އައިޝަތު ރުވާ ރިފްޢަތު
684 ދުވަސް ކުރިން - 28 ސެޕްޓެންބަރު 2024 15:26
އެވޯޑް ދިނުމުގެ ރަސްމިއްޔާތު ތެރެއިން/ ފޮޓޯ: ސިޓީ ކައުންސިލް
އެވޯޑް ދިނުމުގެ ރަސްމިއްޔާތު ތެރެއިން/ ފޮޓޯ: ސިޓީ ކައުންސިލް
ޚުލާސާ

ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަށްދާން ޝައުގުވެރިކަން ހުރި ޒުވާނުންނަށް ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ މާލީ ގޮތުން ކުރިމަތިވާ ހުރަސްތައް ކަމަށް ފައިޞަލް ވިދާޅުވި. އެގޮތުން ލޯނުތަކުގެ ބޮޑު އިންޓްރެސްޓު ރޭޓުތައް ކުޑަކުރުމަށް ރާއްޖޭގެ ބޭންކުތަކާއި އެކު މަސައްކަތްކުރަމުންދާކަމަށް ފައިޞަލް ވިދާޅުވި.

ފަތުރުވެރިކަމުގެ ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށް ކުޑަ އިންޓްރެސްޓު ރޭޓެއްގައި ލޯނުތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އިއްޔެ ފުވައްމުލައް ސިޓީގެ ފަތުރުވެރިކަމަށް 10 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި މި ޙަފްލާގައި ވާހަކަދައްކަވަމުން ފައިޞަލް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަށްދާން ޝައުގުވެރިކަން ހުރި ޒުވާނުންނަށް ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ މާލީ ގޮތުން ކުރިމަތިވާ ހުރަސްތައް ކަމަށެވެ. އެގޮތުން ލޯނުތަކުގެ ބޮޑު އިންޓްރެސްޓު ރޭޓުތައް ކުޑަކުރުމަށް ރާއްޖޭގެ ބޭންކުތަކާއި އެކު މަސައްކަތްކުރަމުންދާކަމަށް ފައިޞަލް ވިދާޅުވިއެވެ.

Advertisement

Advertisement 1

"ބީއެމްއެލްއާއި އެކު އަދި އެމްއައިބީއާއި އެކު މިދަނީ މަސައްކަތް ކުރެވެމުން، އަދި ވޯލްޑް ބޭންކުގެ އައިއެފްސީއާއެކުވެސް އެކަމާއި މަޝްވަރާކޮށްފައިވާއިރު، ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ފަންޑެއް ލޯ އިންޓަރެސްޓު ރޭޓެއްގައި ހޯދާ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނޫނީ ދެވަނަ ކުއާޓަރުގެތެރޭގައި ކުރެވިގެންދާނެ ކަމަށް އުއްމީދުކުރެވޭ." ފައިޞަލް ވިދާޅުވިއެވެ.

މީގެއިތުރުން ފައިޞަލް ވިދާޅުވީ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން އެދާއިރާ ކުރިއެރުވުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގައި ޚާއްސަ ޑިޕާޓްމަންޓެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށް ފައިޞަލް ވިދާޅުވިއެވެ.

ފައިޞަލް އިތުރަށް ވިދާޅުވީ ރާއްޖޭގެ ޑައިވްކުރުމާއި ގުޅޭ ޤަވާޢިދަކީ 1991ވަނަ އަހަރު ހެދިފައިވާ ޤަވާޢިދެއް ކަމަށާއި، މިޒަމާނާގުޅޭ އަދި ރައްކާތެރިކަމުގައިވެސް ބަލަންޖެހޭ މިންގަނޑުތަކަށް ބެލުމަށްފަހު އެ ޤަވާއިދަށް ކަމާއި ގުޅޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ. އަދި ރާއްޖެ ޑައިވް މަންޒިލެއްގެގޮތުގައި އިޝްތިހާރުކުރުމަށްޓަކައި ގިނަ މަސައްކަތެއް ކުރާނެކަމަށްވެސް ފައިޞަލް ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގެ ފަތުރުވެރިކަމަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި މި ހަފްލާގައި "ފުވައްމުލައް ޓޫރިޒަމް އެވޯޑް 2024" ގެ ނަމުގައި ޚާއްސަ އެވޯޑުތަކެއް ދީފައިވެއެވެ. މި އެވޯޑުތަކަކީ އެ ސިޓީގެ ގެސްޓް ހައުސްގެ ވިޔަފާރިކުރާ ފަރާތްތަކާއި، ފުވައްމުލަކުގައި ޑައިވް ސެންޓަރުތައް ހިންގާ ފަރާތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގުވަޒަންކޮށް ދިން އެވޯޑުތަކެކެވެ.

ފުވައްމުލައް ސިޓީގައި ފަތުރުވެރިކަން ފެށުނު ދުވަހުގެ ގޮތުގައި ބަލަނީ އެ ރަށުގައި އެންމެ ފުރަތަމަ ގެސްޓުހައުސްއެއް ހުޅުވި ދުވަހުގެ ތާރީޚަށެވެ. އެގޮތުން އެ ރަށުގައި ފުރަތަމަ ގެސްޓުހައުސްއެއް ހުޅުވާފައިވަނީ 16 ޖޫން 2013 ގައި ވިލަކްސާ ރިޓްރީޓް ނަމަކަށް ކިޔާ ގެސްޓުހައުސްއެކެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ހުރި ފުރުޞަތުތައް އިތުރުކުރުމަކީ ސަރުކާރުގެ އިސް އަމާޒެކެވެ. މިގޮތުން ޒުވާނުންނަށް ބޭނުންވާ ތަމްރީނާއި ހުނަރު ލިބިދިނުމަށް އެކި ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާ ކަމަށް ވެސް ފައިޞަލް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، ރިސޯޓުތަކުގައި ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ ޢަދަދު އިތުރުކުރުމަށް ބާރުއެޅުން ހިމެނޭ ކަމަށްވެސް ފައިޞަލް ފާހަގަކުރެއްވިއެވެ.

ފައިސަލް އިބްރާހިމް (ކުރީގެ މިނިސްޓަރ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް މަޤާމުން ވަކިކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް މަޤާމުން ވަކިކުރައްވައިފި

562 ދުވަސް ކުރިން - 09:54

ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒް ލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްޤީކުރަނީ

ކުރޫޒް ލައިނާތަކަށް ހާއްސަ ޖެޓީތައް ތަރައްޤީކުރަނީ

574 ދުވަސް ކުރިން - 13:12

އާ ބޯޓާއެކު ޗައިނާއިން އަހަރަކު 40,000 ފަތުރުވެރިން ގެންނަން އަމާޒު ހިފައިފި

އާ ބޯޓާއެކު ޗައިނާއިން 40,000 ފަތުރުވެރިން ގެންނަނީ

575 ދުވަސް ކުރިން - 14:12

މަޓާޓޯ އަލުން ރީބްރޭންޑުކޮށް މިއަހަރު “ސާފް ޓޫރިޒަމަށް” އަމާޒު

މަޓާޓޯ އާރޯކޮށް ސާފް ޓޫރިޒަމަށް

581 ދުވަސް ކުރިން - 10:50

ރާއްޖޭގެ ފަތުރުވެރިކަން އައު ރެކޯޑަކާއެކު 2 މިލިއަން ފަހަނައަޅައި ރެކޯޑް ޢަދަދަކަށް މައްޗަށް

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ރެކޯޑް ޢަދަދަކަށް

585 ދުވަސް ކުރިން - 11:28

ފަތުރުވެރިކަމުން ލިބޭ އާމްދަނީ 5 ބިލިޔަން ޑޮލަރަށް އެރުވުމަށް ސަރުކާރުން އަމާޒު ހިފައިފި

ފަތުރުވެރިކަމުން 5 ބިލިޔަން ޑޮލަރު ހޯދުމަށް އަމާޒުކޮށްފި

595 ދުވަސް ކުރިން - 15:56