މިއަދުން ފެށިގެން އަމިއްލަ ވަޒީފާ އަދާކުރާ ފަރާތްތައް ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި

އުސްތާޛް މުޙައްމަދު ޢަލީ | 430 ދުވަސް ކުރިން - 27 ސެޕްޓެންބަރު 2024 13:15
ޚުލާސާ

ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ އެންމެން ރަޖިސްޓަރީ ވުމަކީ ލާޒިމް ކަމެއް ނޫން. އޭގެތެރޭގައި ހިމެނެނީ އަމިއްލަ މަސައްކަތްތެރިން. އެފަދަ މީހުން ބީސީސީގެ ޕޯޓަލްގައި ރަޖިސްޓްރީ ވުމުން އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ބީސީސީއިން ފޯރުކޮށްދޭނެ

ރާއްޖޭގައި އަމިއްލަ އެކިއެކި ވަޒީފާތައް އަދާކުރާ ހުރިހާ އެންމެން ވެސް މިއަދުން ފެށިގެން ރަޖިސްޓްރީ ވުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވާލައިފި އެވެ. މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި އުޅޭ ފަރާތްްތައް ދެނެގަނެ އެފަރާތްތަ ވިޔަފާރީގެ މާޙައުލެއް ކަށަވަރުކުރުމާއި، އެފަދަ ވިޔަފާރިތައް ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލާ ދަފްތަރެއް ކަމަށް ބީސީސީން ބުނެއެވެ.

ރަޖިސްޓްރޭޝަން ޕްރޮސެސް އަށް ޚާއްސަ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވަދެވޭނެ އެވެ. މި ޕޯޓަލްގެ ލިންކް ބީސީސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ބީސީސީގެ ރަސްމީ ވެބްސައިޓް، www.bcc.mv އިން ފެންނަން ހުންނާ ކަމަށާ ދަފްތަރުގައި ރަޖިސްޓަރީވާން ފުރަންޖެހޭ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލޭގައި ހުންނަ ބީސީސީގެ މައި އޮފީހުންނާއި، އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ބިޒްނަސް ސެންޓަރުތަކުން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ބީސީސީ އިން ބުނެއެވެ.

ބީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިހް އާދަމް ވިދާޅުވީ ވިޔަފާރިކުރާ މީހުންގެ ތެރެއިން އެއްބަޔަކު ރަޖިސްތްރީވުމަށް ލާޒިމް ނުވާ ކަމަށާއި، އެހެންކަމުން އެމީހުންނަށް ދަފްތަރެއް އޮތުމަކީ މިހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެކޯޕަރޭޝަނުން ބުނީ، މި ޕޯޓަލްގައި ރަޖިސްޓްރީ ކުރުމުން ވިޔަފާރި ކުރިއަށް ގެންދިއުމާއި ކުރިއެރުވުމަށް ގިނަ ވަސީލަތްތަކާއި އެހީތެރިކަން ލިބިގެންދާނެ އެވެ. މި ދަފްތަރު އެކުލަވާލުމާއި، ފުރިހަމަކުރުމާއި، ބެލެހެއްޓުމުގެ ޒިންމާ އުފުލަންވާނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%