އިސްރާއީލާއި އީރާނުގެ ބާރުގަދަ ޖަމާއަތް ކަމަށްވާ ހިޒްބުالله އާއި ދެމެދު 2006 ވަނަ އަހަރު ހިނގި ހަނގުރާމައިގެ ފަހުން އެގައުމަށް އެންމެ ގިނަ މީހުން މަރުވި ދުވަހަކީ ހޯމަ ދުވަހެވެ.
އިސްރާއީލުން މިފަހަރު ދިން ބޮމުގެ ހަމަލާތަކުގައި ންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 500 އަށް ވުރެ ގިނަ މީހުން ޝަހީދުވެ 1،800 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.
ނަތަންޔާހޫ ވިދާޅުވީ އޭނާގެ އަސްކަރިއްޔާއިން ލުބުނާނުގެ 1600އަށްވުރެ ގިނަ ތަންތަނަށް ހަމަލާ ދިނީ ލުބުނާނުގެ އުތުރުގެ ސަރަހައްދުގެ ބާރުތައް ބެލެންސް ކުރުމަށެވެ. މާނައަކީ އެސަރަހައްދަކީ އިސްރާއީލާއިއިންވެގެން އޮންނަ ސަރަހައްދެއްކަމުން އެތަނުން އެއްވެސް ނުރައްކަލެއް އިސްރާއީލަށް ނާންނާނެކަން ކަށަވަރު ކުރުމަށެވެ. ޣައްޒާއަށް ހަމަލާ ދިނީ ވެސް ހަމާސްގެ ބާރުތައް ކަނޑުވާލުމަށެވެ. މިފަހަރު ލުބުނާނަށް ހަމަލާ މިދިނީވެސް އުތުރު ސަރަހައްދުގެ ބާރުތައް ކަނޑޫވާލުމަށެވެ.

އިސްރާއީލުން މިހާރު ދެމުންދާ ހަޅުތާލުތަކުގެ ސަބަބުން ސަރަހައްދީ ހަނގުރާމައެއްގެ ނުރައްކާ އިތުރުވާ ކަމަށް ބައެއް ގައުމުތަކުން ވަނީ އިންޒާރުދީފައެވެ. ހާލަތު ގޯސްވުމުގެ ކުރިން ބައިނަލްއަގްވާމީ ގޮތުން އަވަސް ފިޔަވަޅުތައް އަޅައި މަސްރަހު ފިނިކުރުމަށް ވަނީ ގޮވާލާފައެވެ. ހޯމަ ދުވަހުގެ ހަމަލާތައް ކިތަންމެ ވަރުގަދަވި ކަމުގައި ވިޔަސް ، މިހާރު ހިނގަމުންދާ ކަންތައްތަކަކީ ހަނގުރާމައެއް ކަމަށް ބައިނަލް އަޤްވާމީ ފަރާތްތަކުން ނުބުނެ އެވެ.
ހޯމަ ދުވަހުގެ ހަމަލާގައި 500 މީހުން ޝަހީދުވިއިރު، 2006ވަނަ އަހަރުގެ 34 ދުވަހުގެ ހަނގުރާމައިގައި ލުބުނާނުން ޝަހީދުވި މީހުންގެ އަދަދު ގާތްގަނޑަކަށް 1،191 އާއި 1،300 އާއި ދެމެދުގެ އަދަދަކަށް އަރައެވެ.
މަސްދަރުތަކުން ލަފާކުރާ ގޮތުގައި އާންމުންގެ ތެރެއިން ޝަހީދުވީ ގާތްގަނޑަކަށް 1،000 އާއި 1،200 އާ ދެމެދުގެ އަދަދަކަށް މީހުންނެވެ.
ހިޒްބުالله ހަނގުރާމަވެރިން ޝަހީދުވި އަދަދަކީ އަންދާޒާތައް ތަފާތު ނަމަވެސް ބެލެވޭ ގޮތުގައި 250 އާއި 600 އާއި ދެމެދުގެ އަދަދެކެވެ.
އިސްރާއީލުން މަރުވީ ޖުމްލަ 165 މީހުންނެވެ.އެއީ ޔަހޫދީ ޢާންމުންގެ ތެރެއިން ސްރާއީލުގެ 44 ރައްޔިތުންނާއި 121 ސިފައިންނެވެ.









