ޣަނީ ދަންޖެހިފައި ހުއްޓާ ފެނުނީ ހެނދުނު

އުސްތާޛް އަލީ އާދަމް | 432 ދުވަސް ކުރިން - 24 ސެޕްޓެންބަރު 2024 11:14
ޚުލާސާ

އޭނާއަކީ ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މީހެއް. ދަންޖެހިފައި ހުއްޓާ ފެނުނީ 6:52 ގައި. ހަމަ އެވަގުތު އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދެވުނު. ޑޮކްޓަރު އޭނާ މަރުވެފައިވާކަމަށް ކަނޑައެޅީ ހެނދުނު 7:21 ގައި

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މާލޭ ގ. އެއްތެޔޮމާގޭ ޢަބްދުލް ޣަނީ އިސްމާޢީލް (62 އަހަރު) ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު ހެނދުނު 6:52 ގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

ޢަބްދުލް ޣަނީ އިސްމާޢީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ ވަނީ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާ އަދި ޑޮކްޓަރު ވަނީ 7:21 ގައި ޢަބްދުލް ޣަނީ އިސްމާޢީލް ނިޔާވެފައިވާކަމަށް ކަނޑައަޅާފައި ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެއެވެ.

އެސާވިސްއިން ބުނީ އޭނާއަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

ޢަބްދުލް ޣަނީ އިސްމާޢީލް ނިޔާވުމާ ގުޅިގެން އެ ސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ. 

ޣަނީއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. އޭނާ މީގެކުރިން މާލޭގެ މަގުމަތިން އަންހެނަކާއި ފޮށިގެން ވެސް ދައުވާ އުުފުލުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައި ވެއެވެ.

ޕީޖީ އޮފީހުން އެ މައްސަލާގައި އޭނާއާ ދެކޮޅަށް ދައުވާ އުފުލީ ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުންނެވެ.


އޭނާގެ މައްޗަށް އޭރު އުފުލި ދަޢުވާތައް:

  • ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު އަމަލު ކުރުމުގެ ދައުވާ
  • އާއްމު ތަނެއްގައި ނުވަތަ ތަންތަނުގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުމުގެ ދައުވާ
  • ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދައުވާ

އޭނާގެ މަރުގެ މައްސލަ އެމްސީއެސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑް އިން ވަނީ ތަހުގީގުކުރަން ފަށާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%