Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަތީ ތަޢުލީމުގެ ހުރިހާ އިމްތިހާނަކުން 50% ފާސްވާންޖެހޭގޮތަށް ހަދަނީ

މަތީ ތަޢުލީމުގެ ހުރިހާ އިމްތިހާނަކުން 50% ފާސްވާންޖެހޭގޮތަށް ހަދަނީ

އައިޝަތު ރުވާ ރިފްޢަތު
711 ދުވަސް ކުރިން - 22 ސެޕްޓެންބަރު 2024 15:58
ފޮޓޯ: އެމްއެންޔޫ
ފޮޓޯ: އެމްއެންޔޫ
ޚުލާސާ

މި ބަދަލު ގެނައުމުގެ މަޤްޞަދަކީ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް، ދަރިވަރުންގެ ޙަޤީޤީ ޤާބިލުކަން ވަޒަންކުރުމަށް ކަމަށް ފިޒާނާ ވިދާޅުވި.

މަތީ ތަޢުލީމް ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ އިމްތިހާނުތަކުން 50 އިންސައްތަ ފާސްވާންޖެހޭގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ އެކްރެޑިޓޭޝަން އުސޫލަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.

އެމްކިއުއޭގެ އެކްރެޑިޓޭޝަން އުސޫލަށް ގެންނަން ނިންމި ބަދަލުތަކާއި ގުޅޭގޮތުން ސަރުކާރު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެ އޮތޯރިޓީގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ، ކޯސްތަކުގައި ދަރިވަރުންނަށް ހަވާލުކުރާ އެސައިންމަންޓްތައް އެހެން މީހުން ލައްވާ ތައްޔާރުކުރުވުމަކީ މައްސަލައެއް ކަމަށެވެ.

"50 އިންސައްތަ ކޮންޓްރޯލް އެގްޒާމުން ފާސްވެގެން ނޫނިއްޔާ ފާސްނުވާގޮތަށް ހަދައިފިނަމަ އެސައިންމަންޓްގެ ބައި ކުޑަވެގެންދާނެކަމަށް ޤަބޫލުކުރެވޭ. އެސައިންމަންޓް ގަތުމުގެ ބައިވެސް ކުޑަވެގެންދާނެ،" ފިޒާނާ ވިދާޅުވިއެވެ.

Advertisement

Advertisement 1

މި ބަދަލު ގެނައުމަށް ނިންމާފައިވަނީ މަތީ ތަޢުލީމްދޭ މަރުކަޒުތަކުގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު ކަމަށް ފިޒާނާ ވިދާޅުވިއެވެ. އަދި މި އުސޫލު ވަރަށް އަވަހަށް ގެޒެޓްކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާރު ބައެއް މަތީ ތަޢުލީމު މަރުކަޒުތަކުން ދަރިވަރުން ހަދަން ދޭ އެސައިންމަންޓަށް 40 އިންސައްތައިން ފެށިގެން 70 އިންސައްތައާ ހަމައަށް މާކްސް ދެއެވެ. އަދި އެއްވެސް އިމްތިހާނަކާ ނުލައި 100 އިންސައްތަ އެސައިންމަންޓުން ކުއްޖާ ފާސްވާ މާއްދާތައްވެސް ބައެއް މަރުކަޒުތަކުގައި ކުރިއަށް ގެންދެއެވެ.

މަތީ ތަޢުލީމާއި ތަމްރީންދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ" ޤަވާއިދުގައިވާ ގޮތުން، ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ އެކަޑަމިކް މަސައްކަތެއް އަގަށް ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ކޮށްދިނުމާއި ކޮށްދިނުމަށް ހުށައެޅުމަކީ މަނާކަމެކެވެ. މިފަދަ ޢަމަލެއް ހިންގައިފިނަމަ 5,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ވެސް ފިޒާނާ މައުލޫމާތު ދެއްވިއެވެ.

މި ބަދަލު ގެނައުމުގެ މަޤްޞަދަކީ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް، ދަރިވަރުންގެ ޙަޤީޤީ ޤާބިލުކަން ވަޒަންކުރުމަށް ކަމަށް ފިޒާނާ ވިދާޅުވިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްކިއުއޭއިން އިން ދިވެހި ހަވާލާ ދިމުނުގެ އުސްލޫބެއް ނެރެފި

ދިވެހި ހަވާލާ ދިމުނުގެ އުސްލޫބެއް ނެރެފި

203 ދުވަސް ކުރިން - 18:07

އެމްކިއުއޭގެ ހުއްދަ ނެތި ރާއްޖެއިން ބޭރުގައި ކޯސްތައް ހިންގާތީ ކަންބޮޑުވުން ފާޅުކޮށްފި

ހުއްދަނެތި ބޭރުގައި ކޯސްތައް ހިންގާތީ ކަންބޮޑުވުން ފާޅުކޮށްފި

338 ދުވަސް ކުރިން - 20:04

ޕްރޮގްރާމު އޮޑިޓު ނުހަދައި ދަރިވަރުންނަށް ސަނަދު ދިން 2 މަރުކަޒަކަށް އެމްކިއުއޭއިން ނޯޓިސް ފޮނުވައިފި

އޮޑިޓުނުހަދާ ސަނަދު ދޫކުރި މަރުކަޒުތަކަށް ނޯޓިސް ފޮނުވައިފި

391 ދުވަސް ކުރިން - 13:01

ހާފިޒުންގެ ސަނަދު އެމްކިއުއޭ އިން ގަބޫލުކުރާ މިންގަނޑަށް ބަދަލުކޮށްފި

ހާފިޒުންގެ ސަނަދު އެމްކިއުއޭއިން ގަބޫލުކުރާ މިންގަނޑަށް ބަދަލުކޮށްފި

543 ދުވަސް ކުރިން - 16:23

ރީ-ރަޖިސްޓްރީ ނުކުރާތީ 101 މަރުކަޒެއްގެ ސަނަދުތައް ގަބޫލުނުކުރަން އެމްކިއުއޭއިން ނިންމައިފި

ގިނަ މަރުކަޒުތަކެއްގެ ސަނަދުތައް ގަބޫލުނުކުރަން ނިންމައިފި

604 ދުވަސް ކުރިން - 15:29

އެމް.ކިޔު.އޭގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން އިޞްލާޙު ކޮށްފި

އެމް.ކިޔު.އޭގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން އިޞްލާޙު ކޮށްފި

638 ދުވަސް ކުރިން - 13:13