Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކްރިއޭޓިވް އިކޮނޮމީ ފަންޑު : ތިންލައްކަ ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެ

ކްރިއޭޓިވް އިކޮނޮމީ ފަންޑު : ތިންލައްކަ ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެ

އައިޝަތު ރުވާ ރިފްޢަތު
721 ދުވަސް ކުރިން - 17 ސެޕްޓެންބަރު 2024 23:11
ޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
ޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
ޚުލާސާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކްރިއޭޓިވް އިކޮނޮމީ ތަރައްޤީކުރުމުގެ ސިޔާސަތުގެ ތެރެއިން އިފްތިތާޙްކޮށްފައިވާ މި ފަންޑުގެ އަމާޒަކީ، އީޖާދީ އަދި އުފެއްދުންތެރި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން. މި ފަންޑުގެ އެހީތެރިކަން ލިބޭނީ ފިލްމު، މިއުޒިކް، އާޓްސް އެންޑް ކްރާފްޓް އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާތަކަށް.

ސަރުކާރުން މިއަދު ކްރިއޭޓިވް އިކޮނޮމީ ފަންޑެއް ތަޢާރަފްކޮށްފިއެވެ. މި ފަންޑު އިފްތިތާޙްކޮށްދެއްވީ ދަރުބާރުގޭގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކްރިއޭޓިވް އިކޮނޮމީ ތަރައްޤީކުރުމުގެ ސިޔާސަތުގެ ތެރެއިން އިފްތިތާޙްކޮށްފައިވާ މި ފަންޑުގެ އަމާޒަކީ، އީޖާދީ އަދި އުފެއްދުންތެރި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް 50،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދު އެހީއެއް ދޭނެކަމަށް މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި މި ފަންޑުގެ އެހީތެރިކަން ލިބޭނީ ފިލްމު، މިއުޒިކް، އާޓްސް އެންޑް ކްރާފްޓް އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާތަކަށެވެ. އަދި ލޯނު އަނބުރާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހުންނާނެއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ކުރިއަށް އޮތް 5 އަހަރަށް ކްރިއޭޓިވް އިކޮނޮމީގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މަގުޗާޓެއްވެސް މި ރަސްމިއްޔާތުގައި ތަޢާރަފްކޮށްފައިވެއެވެ. މި މަގުޗާޓުގެ ތެރެއިން ޓެކްނޮލޮޖީ ބޭނުންކުރުން އިތުރުކުރުމާއި، އުފެއްދުންތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި، ވިޔަފާރިތަކަށް ފުރުޞަތު ހޯދައިދިނުމަށް މަސައްކަތްކުރެވޭނެކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ މި ފަންޑަކީ ރާއްޖޭގެ އުފެއްދުންތެރި ދާއިރާތަކަށް އައު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް އައު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކްރިއޭޓިވް އިކޮނޮމީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ ނިޔަލަށް ހުޅުވާލެވޭނެ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. އަދި މި ފަންޑާ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު މުހައްމަދު ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

5 ގަޑިއިރު ކުރިން - 15:57

200 މިލިއަން ރުފިޔާއަށް ސިޓީކައުންސިލުން “ހަދާނަހަދާ” ނޭނގޭތީވެ ވަޒީރު ކަންބޮޑުވެއްޖެ

200 މިލިއަން ރުފިޔާއަށް ސިޓީކައުންސިލުން “ހަދާނަހަދާ” ނޭނގޭތީވެ ވަޒީރު ކަންބޮޑުވެއްޖެ

5 ގަޑިއިރު ކުރިން - 15:47

އައު ގާނޫނުގެ ދަށުން 20 އަހަރުވީ އުޅަނދުތައް ނަގާނީ އެކަށީގެންވާ ބަދަލެއް ދިނުމަށްފަހު: މިނިސްޓަރު ސައީދު

މުސްކުޅި ވެހިކަލްތައް ނައްތާލާނީ ބަދަލު ދީފަ: މިނިސްޓަރު ސައީދު

5 ގަޑިއިރު ކުރިން - 15:38

މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށްޓަކައި ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރުމަށް ނިންމައިފި

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޓްރެފިކް މޮނިޓަރިން ސެންޓަރެއް ހަދަނީ

9 ގަޑިއިރު ކުރިން - 11:45

ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ: ސައީދު

"ރަސްމީ ރޭޓުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ"

27 ދުވަސް ކުރިން - 10:15

އޮގަސްޓް 12 އާ ދިމާކޮށް އެމްޑީޕީން އުޅެނީ ބާޒާރު ގަޑުބަޑުކުރަން: މިނިސްޓަރ ސައީދު

އޮގަސްޓް 12 އާ ދިމާކޮށް އެމްޑީޕީން އުޅެނީ ބާޒާރު ގަޑުބަޑުކުރަން: ސައީދު

36 ދުވަސް ކުރިން - 13:54