"ކ. މާލެ" ލިޔުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ ޤާނޫނުއަސާސީގައި ވެރިކަންކުރާ ރަށަކީ "މާލެ" ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން "ކ. މާލެ" މިގޮތަށް ލިޔުމާއި ކިޔުމަކީ ރަނގަޅުކުރަންޖެހޭ ކަމެއް ކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.
.ސަރުކާރުގެ ރަސްމީ ލިޔުންތަކުގައި ކ.މާލެ ލިޔެފައެއް ނޯވޭ. ކ.އަތޮޅުގައި މާލެ އޮތް ނަމަވެސް މާލެ އަކީ ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށަށް ވާތީ މާލެ ލިޔާއިރު ކ.އިތުރުކޮށް ކ.މާލެ ލިޔެ ނޫޅޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މިވާހަކަ ބަޔާން ކުރެއްވީ ޤާނޫނުއަސާސީގެ 14 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވައިގެންނެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށަކީ މާލެ ކަމަށެވެ. އަދި ކ. އަތޮޅުގެ ރަސްމީ ނަމަކީ މާލެ އަތޮޅު ކަމަށްވެސް މިނިސްޓަރު ހަނދުމަކޮށް ދެއްވިއެވެ.









