Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސްގެ ނަމުގައި ފެތުރި ދޮގު ޚަބަރާ ގުޅިގެން ޤާނޫނީ ފިޔަވަޅު އަޅަން ނިންމައިފި

ރައީސްގެ ނަމުގައި ފެތުރި ދޮގު ޚަބަރާ ގުޅިގެން ޤާނޫނީ ފިޔަވަޅު އަޅަން ނިންމައިފި

އާނާ ފަހީމް
723 ދުވަސް ކުރިން - 11 ސެޕްޓެންބަރު 2024 19:18
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު
ޚުލާސާ

ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އޮންލައިންގައި ޝާއިޢުކޮށްފައިވާ އަދަދުތަކަކީ ހަގީގަތާ ޚިލާފު ދޮގު މަޢުލޫމާތު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެ. މި ދޮގު ޚަބަރު ފެތުރި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިފަދަ ދޮގު މަޢުލޫމާތުތަކާމެދު ރައްޔިތުން ސަމާލުވުމަށް އިލްތިމާސް ކޮށްފައިވޭ.

ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ ބަޔަކު ޝާއިޢުކޮށްފައިވާ އަދަދުތަކަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު މަޢުލޫމާތު ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

Advertisement

Advertisement 1

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ޚަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ސަމާލުވެ ވަޑައިގަތުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ.

މި މައްސަލައިގައި ކަމާބެހޭ އިދާރާތަކުން އަޅާނެ ފިޔަވަޅުތަކާ ބެހޭ އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. މި ދޮގު ޚަބަރު ފެތުރުމުގެ ފަހަތުގައިވާ ފަރާތްތައް ހޯދައި، އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަމުންދާކަން ވެސް ފާހަގަކޮށްފައިވެއެވެ.

މިނިސްޓަރު ހީނާ ވަލީދު
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

އއނ

723 ދުވަސް ކުރިން - 20:23

ތިކަން ކުރަން މާލަސްވެއްޖެ ތިއަދަދު ނޫހަކީ އެމްޑީޕީ ފަންޑު ކޮއްގަން ކުރިޔަތް ގެންދާ ނޫނޭ. ތިއެމްޑީޕީ މީހުންނަކީ މީސްމީހުންގެ މަސް ކައިގެން އުޅޭބައެއް ތި މީހުން ނަކަން ދޮގެއް ނަހަދާ އެއްވެސް ވާހަކައެއް ނުދެއްކޭނެ. މީމިގައުމައް ދިމާވެފައޮތް ބޮޑު ބަލާ އެއް. މުނާފިގުންގެ ޕާޓީ މޯކުޅި އެމްޑީޕީ ލާދީނީ އެމްޑީޕީ އެއްޖިންސުން ގުޅުން ހިންގަން ހިއްވަރުދޭ އެމްޑީޕީ އެއްޖިންސުން ކައިވެނި ހުންދަކުރަން ގޮވާ ޕާޓީ .ދީނައް ފުރައް ސާރަ ކުރާ ޕާޓީ. ކީކިތި ގުރުވާނައް ހަޖޫޖަހާ ޕާޓީ. ރަސޫލާޔަތް ފުރައް ސާރަ ކުރާޕާޓީ. މިޕާޓީގަ ތިބި މުނާފިގުން މިހުރިހާ ކަމެއް ކުރީ އޮވާލާ

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

7 ދުވަސް ކުރިން - 15:20

ފޮޓޯގްރަފީގެ ތެރެއިން ޤައުމީ ޖިހާދުތަކުގެ ހަނދާންތައް އާލާކުރެވޭނެ: މިނިސްޓަރު ހީނާ

ފޮޓޯގްރަފީގެ ތެރެއިން ޤައުމީ ޖިހާދުތަކުގެ ހަނދާންތައް އާލާކުރެވޭނެ: މިނިސްޓަރު ހީނާ

33 ދުވަސް ކުރިން - 14:34

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

52 ދުވަސް ކުރިން - 22:41

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މުހައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަނުކުރައްވައިފި

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މުންދު އައްޔަނުކުރައްވައިފި

142 ދުވަސް ކުރިން - 22:14

ހެރިޓޭޖް މިނިސްޓަރު ކަމަށް ހީނާ، ހެލްތު އެންޑް ފެމިލީ މިނިސްޓަރަކަށް ގީލާ

ހެރިޓޭޖަށް ހީނާ، ހެލްތު އެންޑް ފެމިލީއަށް ގީލާ

143 ދުވަސް ކުރިން - 19:21

އައްޑޫ ސިޓީގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފި

157 ދުވަސް ކުރިން - 20:17