ޕާކިސްތާނަށް މިއަދު 5.8 މެގްނިޓިއުޑްގެ ވަރުގަދަ ބިންހެލުމެއް އައިސްފިއެވެ. މި ބިންހެލުމުގެ އިހުސާސް ޕާކިސްތާނުގެ އިތުރުން އުތުރު އިންޑިއާ އަދި އަފްޣާނިސްތާނުގެ ބައެއް ސަރަހައްދުތަކަށްވެސް ކުރެވުނެވެ.
ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިންނެވެ. ނަމަވެސް، މިހާތަނަށް މި ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ޚަބަރެއް ލިބިފައެއް ނުވެއެވެ.
މިއީ މި ސަރަހައްދަށް ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި އައި ދެވަނަ ބިންހެލުމެވެ.
ޕާކިސްތާނުގެ އިމަރޖެންސީ ސަރވިސްތަކުން ވަނީ ރައްޔިތުންނަށް ސަމާލުވުމަށް އިރުޝާދު ދީފައެވެ. އެ. އަދި އިތުރު ބިންހެލުންތަކަށް ތައްޔާރުވެ ތިބުމަށް އަންގާފައިވެއެވެ. އަދި ބިންހެލުމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް ރަސްމީ ނޫސްބަޔާންތަކަށް ސަމާލުކަން ދިނުމަށް އެދިފައިވެއެވެ.









