Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަމާންން އުދަރެސް: 16 ޓަވަރުގެ ސްޓްރަކްޗަރގެ މަސައްކަތް ނިމިއްޖެ

އަމާންން އުދަރެސް: 16 ޓަވަރުގެ ސްޓްރަކްޗަރގެ މަސައްކަތް ނިމިއްޖެ

އާނާ ފަހީމް
728 ދުވަސް ކުރިން - 11 ސެޕްޓެންބަރު 2024 17:29
ފޮޓޯ: ފަހި ދިރިއުޅުން ކޯޕަރޭޝަން
ފޮޓޯ: ފަހި ދިރިއުޅުން ކޯޕަރޭޝަން
ޚުލާސާ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީން ތަރައްޤީކުރަމުންދާ "އަމާން އުދަރެސް" މަޝްރޫޢުގެ 16 ޓަވަރުގެ ސްޓްރަކްޗަރގެ މަސައްކަތް ނިމިއްޖެ. މި މަޝްރޫޢަކީ ސަރުކާރުގެ "ގެދޮރުވެރިކަން" ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ 4000 ހައުސިންގ ޔުނިޓުގެ ބައެއް، މުޅި މަޝްރޫޢު 2025 ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރގައި ނިމޭނެކަމަށް ލަފާކުރެވޭ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކުރަމުންދާ "އަމާން އުދަރެސް" ގެ ހުރިހާ ޓަވަރެއްގެ ސްޓްރަކްޗަރގެ މަސައްކަތް ނިމިއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރަމުންދާ 16 ޓަވަރުގެ އެންމެ ފަހު ސްލެބް އަޅައި ނިމިފައިވާކަމަށް އެފްޑީސީން މިއަދު ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އިންނެވެ. އެފްޑީސީގެ ޑިރެކްޓަރ ޙަސަން މާނިޙް އުމަރު ވިދާޅުވި ގޮތުގައި، ދެން ކުރިއަށްދާނީ ފިނިޝިންގ މަސައްކަތްތަކެވެ. އަދި މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށް ގެންގޮސް، ހުރިހާ ޔުނިޓެއް ކަނޑައެޅިފައިވާ މުއްދަތަށް ނިންމައި ހަވާލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement 1

އެފްޑީސީގެ މެނޭޖަރ ޕްރޮޖެކްޓްސް އިންޖިނިއަރިންގ، މުޙައްމަދު ހައިކަލް އިބްރާހިމް ވިދާޅުވި ގޮތުގައި، މި 16 ޓަވަރުގެ ސްޓްރަކްޗަރ އަވަހަށް ނިމުމުގެ މައިގަނޑު ސަބަބަކީ އެލުމިނިއަމް ފްރޭމްވޯކް ކޮންސްޓްރަކްޝަން މެތަޑް ބޭނުންކޮށްފައިވާތީއެވެ.

ކޭޕީއައިއެލްގެ ޕްރޮޖެކްޓް ޑިރެކްޓަރ ތަންގަރާޖް ކަރްތިކެޔަން ވިދާޅުވި ގޮތުގައި، މި ހުރިހާ ޓަވަރެއްވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާފައިވަނީ ކޮލިޓީއަށް އުނިކަމެއް ނާންނާނެ ގޮތަށެވެ.

ސަރުކާރުގެ "ގެދޮރުވެރިކަން" މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީން އިމާރާތްކުރަމުންދަނީ ޖުމްލަ 4000 ހައުސިންގ ޔުނިޓްގެ 32 ޓަވަރެވެ. މީގެ ތެރެއިން 16 ޓަވަރު ތަރައްޤީކުރަމުންދަނީ ކޭޕީއައިއެލްއިން ކަމަށްވާއިރު، އަނެއް 16 ޓަވަރު ތަރައްޤީކުރަމުންދަނީ އިންޑިއާގެ އެހެން ކުންފުންޏެއް ކަމަށްވާ އެންބީސީސީއިންނެވެ. މި 4000 ހައުސިންގ ޔުނިޓްގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް އެފްޑީސީން ލަފާކުރަނީ 2025 ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރގައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފޭސް 2 ގެ އާންމު ސަރަހައްދުތަކުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން 5،000 އަށްވުރެ ގިނަ ޓަނުގެ ކުނި އުކާލައިފި

އާންމު ސަރަހައްދުތަކުން އެފްޑީސީން 5،000 އަށްވުރެ ގިނަ ޓަނުގެ ކުނި އުކާލައިފި

38 ދުވަސް ކުރިން - 10:48

ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާ ކޮށްފި

ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާ ކޮށްފި

97 ދުވަސް ކުރިން - 15:12

ފަހި ދިރިއުޅުން ފުލެޓުތަކުގެ ރަށްވެހިކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ފަހިދިރިއުޅުން ފުލެޓުތަކުގެ ރަށްވެހިކަމުގެ ލިޔުން ޕޯޓަލްއިން ލިބޭނެ

125 ދުވަސް ކުރިން - 20:49

ފަހި ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފާރަތްތަކުގެ އިހުމާލުން ޖަންކްޝަން ބެދި ނަޖިސް ލީކުވަނީ

ކުނި-އެޅިގެން ފަހި ފްލެޓްތަކުގެ ޖަންކްޝަންތައް ބެދި ލީކުވަނީ

174 ދުވަސް ކުރިން - 13:41

އެފްޑީސީ ފްލެޓްތައް ކުއްޔަށް ދީފިނަމަ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފްލެޓް އަތުލާނެ ކަމުގެ އިންޒާރު ދީފި

ކުއްޔަށްދޭނަމަ ޖޫރިމަނާކޮށް ފްލެޓް އަތުލާނަން: އެފްޑީސީ

186 ދުވަސް ކުރިން - 13:38

އެފްޑީސީގެ ޗެއާޕާސަން އަދި ބޯޑު މެންބަރުކަމުން ނަޝްވާ ވަކިކޮށްފި

އެފްޑީސީގެ ޗެއާޕާސަންގެ މަގާމުން ނަޝްވާ ވަކިކޮށްފި

195 ދުވަސް ކުރިން - 19:31