Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާ ކުރީ 7800 މަސްދަޅުކޭސް މި މަހު 15 ގައި ފޮނުވަނީ

ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާ ކުރީ 7800 މަސްދަޅުކޭސް މި މަހު 15 ގައި ފޮނުވަނީ

އަައިޝަތު ޒީނާ
725 ދުވަސް ކުރިން - 10 ސެޕްޓެންބަރު 2024 15:40
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު.
ޚުލާސާ

ހީނާ ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނަށްޓަކާ މަސްދަޅު ކޭސްތަކެއް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށާއި، އޭގެ ފުރަތަމަ ޝިޕްމަންޓް މި މަހުގެ 15 ވަނަ ދުވަހު ފުރުވާލުމަށް ތައްޔާރުވެފައިވާ ކަމަށް. މި ޝިޕްމެންޓުގައި 7800 މަސްދަޅު ކޭސް ފަލަސްޠީނަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ހީނާ ވިދާޅުވި.

ފަލަސްޠީނުގެ ރައްޔިތުންނަށް ދިވެހިންގެ ފަރާތުން ހަދިޔާ ކުރާ 7800 މަސްދަޅުކޭސް މި މަހު 15 ގައި ފޮނުވުމަށް ތައްޔާރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތު ދެއްވަމުން ހީނާ ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނަށްޓަކާ މަސްދަޅު ކޭސްތަކެއް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށާއި، އޭގެ ފުރަތަމަ ޝިޕްމަންޓް މި މަހުގެ 15 ވަނަ ދުވަހު ފުރުވާލުމަށް ތައްޔާރުވެފައިވާ ކަމަށެވެ. މި ޝިޕްމެންޓުގައި 7800 މަސްދަޅު ކޭސް ފަލަސްޠީނަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ މި މަސްދަޅު ކޭސްތައް ފަލަސްޠީނަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 40 ވަރަކަށް ދުވަސް ފަހުން ކަމަށާއި ޝިޕްމަންޓް އެންމެ ފުރަތަމަ ޙަވާލުކުރެވޭނީ އިޖިޕްޓުގެ ރެޑް ކްރެސެންޓާ ކަމަށެވެ. އެޔަށްފަހު އެ ޖަމިއްޔާއިން ފަލަސްޠީނުގެ ރެޑް ކްރެސެންޓާ ޙަވާލުކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

Advertisement

Advertisement 1

ހީނާ ވިދާޅުވީ ފަލަސްޠީނަށްޓަކާ ފައިސާގެ އެހީ ހޯދުމަށް ކުރިއަށް ގެންދިޔަ ޓެލެތޯން އިން ލިބުނު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޔޫއެންއާރްޑަބްލިޔުއޭގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ޗުއްޓީއަށްފަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމާއެކު އިސްރާއީލްގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމުގެ މައްސަލަ ސަރުކާރުން މަޖިލީހަށް ވައްދާނެ ކަމަށް ވެސް ހީނާ ވަނީ މިއަދު ވިދާޅުވެފައެވެ.

ފަލަސްތީންމިނިސްޓަރު ހީނާ ވަލީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރު ޑރ. ޒުހުރީ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރަށް ފަތްކޮޅު އަރުވައިފި

1 ދުވަސް ކުރިން - 13:30

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

5 ދުވަސް ކުރިން - 13:09

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

6 ދުވަސް ކުރިން - 11:13

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

7 ދުވަސް ކުރިން - 15:20

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

7 ދުވަސް ކުރިން - 22:41

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

14 ދުވަސް ކުރިން - 14:34