ޗުއްޓީއަށްފަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމާއެކު އިސްރާއީލްގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމުގެ މައްސަލަ ސަރުކާރުން މަޖިލީހަށް ވައްދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ މިސަރުކާރަކީ ފަލަސްތީނުގެ މައްސަލައިގައި އެންމެ ބޮޑަށް ވަކާލާތު ކުރަމުންދާ އެއް ޤައުމެވެ. އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު އެކި ޕްލެޓްފޯމުތަކުގައި ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވަމުން ގެންދަވާކަން ވެސް ހީނާ ފާހަގަ ކުރެއްވިއެވެ.
އިޒްރާއީލުގެ ޔަހޫދީން ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތަކާ ގުޅުވައިގެން އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓުމާމެދު ގޮތް ނިންމާނީ ރައްޔިތުން ބޭނުންވާގޮތަށް ކަމަށް މީގެ ކުރިން ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ މިހެން ހުންނަ ބޮޑެތި މައްސަލަތަކުގައި ދިވެހިން ގޮތް ނިންމެވުމެވެ. ސަރުކާރުން އެކަން ކުރަން ނިންމާފައި ވަނީ ދިވެހިންގެ މަސްލަހަތު ހިމާޔަތްވާނެހެން ދިވެހިންގެ އިސްލާމީ ޝަޙްސިއްޔަތު ނެގެހެއްޓުމަށް މަގުފަހިވާނެ ގޮތަށެވެ.
އިސްރާއީލުގެ ޔަޙުދީން ފަލަސްތީނުގެ ލޮބުވެތި މުސްލިމުންނަށް ދެމުންގެންދާ ލާއިންސާނީ ޖައްބާރު އަނިޔާތަކުގެ ސަބަބުން އެކަން ކުށްވެރިކުރުމުގެ ގޮތުން ދިވެހިން ފާޅު ކުރަމުންދާ އެއްކަމަކީ އިސްރާއީލު މީހުން ރާއްޖެއެތެރެވުން ހުއްޓުމެވެ.









