ތުރުކިއޭގެ ކުރީގެ ގައުމީ ބާސްކެޓް ބޯޅަ ކުޅުންތެރިޔާ، އިލްކަން ކަރަމަން 34، ކާރު އެކްސިޓެންޓެއްގައި މަރުވެއްޖެއެވެ. މި ހާދިސާ ހިނގީ ހޮނިހިރު ދުވަހުގެރޭ 2:30ގައި ، ރާއްޖޭ ގަޑިން 4:30 ހާއިރު ތުރުކިއޭގެ ހުޅަނގު ދެކުނުގެ އަވަށެއް ކަމަށްވާ ޑާޓްޗާގައި އޭނާގެ ރައްޓެއްސަކު ޕެޓްރޯލް އަޅައިގެން އަންނަންދެން ޕޭވްމެންޓް މަތީގައި ކޮޅަށް ހުއްޓާ ، ބާރުސްޕީޑުގައި އައި ކާރެއް ކޮންޓުރޯލުން ނެއްޓި އިލްކަންގެ ގައިގައި ޖެހިގެންނެވެ. އިލްކަންގެ ގައިގައި ޖެހުމަށްފަހު އެ ކާރު އެހެންތަނެއްގައި ޖެހި އިތުރު އެކްސިޑެންޓެއް ވެސް ވިއެވެ.
އެ ކާރު ދުއްވަން ހުރީ މަސްތުގެ ހާލަތުގައި ހުރި މީހެއް ކަމަށް ހަބަރު ލިބެއެވެ. ޑްރައިވަރު ހިފަހައްޓާފައިވަނީ އެކްސިޑެންޓް ހިނގިތާ ދެގަޑިއިރު ފަހުން ފިލައި އޮއްވައެވެ.

ދާދި ފަހުން ޑާޓްޗާ ސިޓީއަށް ބަދަލުވި ކަރަމަން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަނީ ގޭސް ސްޓޭޝަނެއް ކުރިމަތިން ހުރަސްކުރަނިކޮށް ދުއްވާފައި ދިޔަ ވެހިކަލެއްގައި ޖެހި އަނިޔާތަކެއް ވެފައެވެ.
ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ޓެކިރްދާއަށް ނިސްބަތްވާ ކަރަމަން އަކީ ތުރުކީގެ ބާސްކެޓް ބޯޅައިގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އޭނާ އެންމެ ފަހުން ކުޅުނީ 2013 ވަނަ އަހަރުގެ ޔޫރަޕިއަން ބާސްކެޓްބޯލް ޗެމްޕިއަންޝިޕް ކޮލިފައިންގައި ތުރުކިއޭ ތަމްސީލުކުރި ކަޔެރޯވާ ބެލެޑިޔޭސްޕޯރ އަށެވެ.
އޭނާ މަރުވުމާއި ގުޅިގެން ކުޅިވަރުގެ ގިނަ ކްލަބްތަކުން ވަނީ ތައުޒިޔާ ފާޅުކޮށްފަ އެވެ.




