އޮކްޓޯބަރު ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން މަރުގެ ހަމަލާއާ ގުޅިގެން އެމެރިކާއިން ހަމާސްގެ ލީޑަރުންގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ހަމާސްގެ މި 6 މީހުންނާއި ދެކޮޅަށް އެމެރިކާއިން ކުރާ ދައުވާގައި ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރާއި އިތުރު ފަސް މީހަކު އީރާނާއި ހިޒްބުاللهގެ ތާއީދާއެކު ހަމަލާ ރާވައި ހިންގި ކަމަށް ތުހުމަތުކޮށްފައިވާއިރު، ޓެރަރިސްޓް ޖަމާއަތަކަށް މާއްދީ އެހީތެރިކަން ދިނުމަށް ރޭވުމާއި އެމެރިކާގެ ރައްޔިތުން މަރާލަން ރޭވުމުގެ ދައުވާ ވެސް ހިމެނެ އެވެ.
ސިންވާރަށް ކުރާ ދައުވާގައި އެމެރިކާގެ 40 އަށްވުރެ ގިނަ މީހުން މަރާލުމުގެ ޒިންމާ ނަގަން ޖެހޭ ކަމަށް ބުނެއެވެ.
އެޓާނީ ޖެނެރަލް މެރިކް ގާލަންޑް ވިދާޅުވީ މި ދައުވާތަކަކީ ހަމާސްގެ އޮޕަރޭޝަންތައް ރޫޅާލުމަށް ކުރާ މަސައްކަތުގެ ބައެކެވެ.
މިއީ ޣައްޒާ މުސްލިމުންނާއި ދޭތެރޭ އެމެރިކާ ގެންގުޅޭ ދެފުށް ދެގޮތް ސިޔާސަތެވެ. އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 40،800 އަށް ވުރެ ގިނަ މީހުން ޝަހީދުވިއިރު އިސްރާއީލުގެ އެއްވެސް މީހަކާއި ދެކޮޅަށް އެމެރިކާއިން ޓެރަރިޒަމްއޭ ކިޔާފައި އެއްވެސް އެއްޗެއް ނުބުނެއެވެ.









