Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސިނަމާލެ ބްރިޖާ ގުޅޭގޮތުން އަދީބު އައު މަޢުލޫމާތު ހާމަކުރައްވައިފި

ސިނަމާލެ ބްރިޖާ ގުޅޭގޮތުން އަދީބު އައު މަޢުލޫމާތު ހާމަކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
643 ދުވަސް ކުރިން - 3 ސެޕްޓެންބަރު 2024 23:59
ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު
ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު
ޚުލާސާ

ބްރިޖްގައި ބައިސްކަލް އަދި ޖޮގިންގ މަގު ހިމެނުއްވުމަށް ނިންމެވީ ރައީސް ޔާމީން ކަމަށް އަދީބު ހާމަކުރެއްވި.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސިނަމާލެ ބްރިޖް ޙަޤީޤަތަކަށް ވާނެކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ވިދާޅުވެއްޖެއެވެ. ބްރިޖްގެ މަޝްރޫޢު ފެށުނު އިރު، ރައީސް ޔާމީން މަޝްޣޫލުވެ ވަޑައިގެން އުޅުއްވީ ތާސްކުޅުއްވުމާއި ސިންގަޕޫރުގައި ވިޔަފާރީގެ މުޢާމަލާތްތައް ހިންގެވުމުގައި ކަމަށް އަދީބު ހާމަކުރެއްވިއެވެ.

އަދީބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބްރިޖާ ގުޅޭ މަޝްވަރާތަކާއި ތައްޔާރީތައް ކުރިއަށް ގެންދެވީ އޭރުގެ ނައިބު ރައީސް އަދީބާއި އިކޮނޮމިކް ކައުންސިލުންނެވެ. އަދި މަޝްރޫޢުގެ ރޭވުންތެރިކަމުގެ މަރުޙަލާގައި ރައީސް ޔާމީންގެ އެއްބާރުލެއްވުން ވަރަށް މަދުކަން އަދީބު ފާހަގަކުރެއްވިއެވެ.

ބްރިޖާ ގުޅޭ މަޢުލޫމާތު ޗައިނާގެ ރައީސްއާ ޙިއްޞާކުރެއްވީ އަދީބު ކަމަށާއި، އޭނާ ދިރާސާތައް ކުރައްވައި އެއްބަސްވުމުގައި ސޮއިކުރެއްވި ކަމަށްވެސް އަދީބު ވިދާޅުވިއެވެ. ގިނަ ބަޔަކު ބްރިޖް އެޅޭނެކަމަށް ޤަބޫލުނުކުރި ނަމަވެސް، އަދީބު އެކަމާމެދު ޔަޤީންކަން ފާޅުކުރެއްވިއެވެ.

Advertisement

Advertisement 1

މީގެއިތުރުން، ބްރިޖްގައި ބައިސްކަލް އަދި ޖޮގިންގ މަގު ހިމެނުއްވުމަށް ނިންމެވީ ރައީސް ޔާމީން ކަމަށް އަދީބު ހާމަކުރެއްވިއެވެ. އަދި ބްރިޖްގެ ޑިޒައިނަކީ އިކޮނޮމިކް ކައުންސިލުން ފާސްކުރެއްވި ގޮތަށް ހުރި އެއްޗެއްކަންވެސް އަދީބު ވިދާޅުވިއެވެ.

އަދީބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ބްރިޖްގެ މަޝްރޫޢުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަމަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށްވެސް އަދީބު ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

8 ދުވަސް ކުރިން - 01:55

ސިނަމާލެ ބްރިޖު މަތިން ކުނި ބަރުކޮށްގެން ދިޔަ ޕިކަޕެއް ފުރޮޅާލައިފި

ކުނި ބަރުކޮށްގެން ދިޔަ ޕިކަޕެއް ބުރިޖުމަތިން ފުރޮޅާލައިފި

101 ދުވަސް ކުރިން - 13:45

ބްރިޖު ކައިރީ ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

103 ދުވަސް ކުރިން - 11:51

މެއިންޓެނެންސް މަސައްކަތެއް ކުރުމަށް ސިނަމާލެ ބްރިޖުން ހުޅުމާލެއަށްދާ ލޭން މިރޭ ބަންދުކުރަނީ

ސިނަމާލެ ބްރިޖުގެ އުތުރުލޭން މިރޭ ބަންދުކުރަނީ

175 ދުވަސް ކުރިން - 22:58

ހައިވޭގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ކޮނޑުހުޅު ނެއްޓިއްޖެ

ހައިވޭގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ކޮނޑުހުޅު ނެއްޓިއްޖެ

191 ދުވަސް ކުރިން - 11:21

އަނެއްކާވެސް އެކްސިޑެންޓެއް! ފަރުވާ ދިނުމަށް އެކަކު ހޮސްޕިޓަލުގައި

އަނެއްކާވެސް އެކްސިޑެންޓެއް! ފަރުވާ ދިނުމަށް އެކަކު ހޮސްޕިޓަލުގައި

210 ދުވަސް ކުރިން - 02:10