އެމެރިކާއާއެކު ވެވޭނެ މަޝްވަރާގެ އެއްބަސްވުންތައް މިހާރު ވަނީ ތައްޔާރުކޮށް މޭޒުމަތީގަ ކަމަށާއި "ބޯޅަ އޮތީ އެމެރިކާބެ ކޮޅުގައި" ކަމަށް އީރާނުން ބުނެފިއެވެ. އެހެންކަމުން ދެން މިކަމުގައި ކުރިއަށްދާނެ ގޮތެއް ނިންމާނީ އެމެރިކާ އިން ކަމަށް އީރާނުގެ މަސްއޫލުވެރިޔަކާއި ހަވާލާދީ ބައިނަލްއަގުވާމީ ހަބަރުފަތުރާ އެޖެންސީތަކުން ރިޕޯޓު ކުރެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އީރާނާއެކު މިހާރު ހިނގަމުންދާ ހަނގުރާމަ "ވަރަށް އަވަހަށް" ކޮންމެވެސް އެއްކޮޅެއްގައި ޖެހި ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި އީރާނުން އެމެރިކާއާއެކު އެއްބަސްވުމަކަށް އަންނަންޖެހޭނެ ކަމަށާއި، އެހެން ނޫންނަމަ ހަނގުރާމަ އެމެރިކާއިން ހުއްޓުވާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވި އެވެ۔
ނަމަވެސް އީރާނުން ވަނީ އާ ހަނގުރާމައެއް ފެށިއްޖެނަމަ އެ ހަނގުރާމަ ކުރީގެ ހަނގުރާމަތަކަށްވުރެ މާ ދިގުދެމިގެން ހިނގައިދާނެ ކަމަށް ބުނެ ރައްދުދީފަ އެވެ. އަދި ހަނގުރާމަ ހުއްޓާލާނެ ވަގުތެއް ނިންމުމުގެ އެއްވެސް ބާރެއް ރައީސް ޓްރަމްޕަށް ލިބިގެން ނުވާކަމަށްވެސް އީރާނުގެ މަސްއޫލުވެރިން ވަނީ ހާމަކޮށްފަ އެވެ۔
އީރާނުން ބުނެފައި ވަނީ އެ ގައުމަށް ހަމަލާދޭން ރާވާކަމުގެ ޖާސޫސީ މައުލޫމާތު ލިބުނަސް އެ ބަޔަކާއި ދެކޮޅަށް އީރާނުން އިސްވެ ހަމަލާ ދޭނެ ކަމަށާއި، އެމެރިކާއިން އީރާނަށް ހަމަލާ ދީފި ނަމަ އެމެރިކާގެ ބާރުތައް ނައްތާލާނެ ކަމަށެވެ.



