Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެކަށީގެންވާ ހުއްޖަތެއް ނުދެއްކޭ: މެންބަރު އިބްރާހީމް ހުސައިން

ފާތިމަތު އަނަން މުހައްމަދު
ފާތިމަތު އަނަން މުހައްމަދު
1 ގަޑިއިރު ކުރިން - 26 އޮކްޓޫބަރު 2026 13:19
ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން...
ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން...
ޚުލާސާ

ޓޫރިޒަމަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، ރިއަލް އެސްޓޭޓްގެ ދާއިރާއިން އިގްތިސާދީ ދެވަނަ ސިނާއަތެއް އުފައްދައިގެން މެނުވީ ދާއިމީ ތަރައްގީއެއް ނުގެނެވޭނެކަމަށާއި ރަސްމާލެ މަޝްރޫޢުގެ ސަބަބުން 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ލިބި، ކުރިއަށް އޮތްތަނުގައި އަހަރަކު 2 ބިލިއަން ޑޮލަރު ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިގެންދާނެ ކަަމަށް ވިދާޅުވި.

އިދިކޮޅު ފަރާތްތަކުން ރަސްމާލެ މަޝްރޫއަކީ ގޯސް މަޝްރޫއެއްކަން ސާބިތުކޮށްދިނުމަށް އެކަށީގެންވާ ހުއްޖަތެއް ދެއްކިފައި ނުވާކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ވިދާޅުވެއްޖެއެވެ.

މެންބަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް ވާހަކަފުޅު ދައްކަވަމުންނެވެ.

މެންބަރު ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް އަދި ބޮޑު ނަފާއެއް ގެނެސްދޭނެ ތާރީހީ އިންވެސްޓްމެންޓެއް ކަމަށާއި، މިއީ ގައުމަށް ފައިދާހުރި މަޝްރޫއެއްކަން އެނގޭތީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކޮންމެ ގޮތަކުންވެސް ސަރުކާރުގެ ތަރައްގީގެ މަޝްރޫއު ހުއްޓުވުމަށް ކަމަށެވެ.

Advertisement

Advertisement 1

ނިމިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން މެންބަރު ވިދާޅުވީ، އެ ސަރުކާރުން ރައްޔިތުންނަށް ގޯތި ދިނީ ކަނޑުއަޑިން ކަމަށާއި، އެ ތަންތަން ހިއްކޭނެ ގޮތެއްވެސް ހޯދިފައި ނުވާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން އެ ގޯތިތައް ހަވާލުކުރުމުންވެސް، އަމިއްލައަށް ގެދޮރު ބިނާކުރުމުގެ ގާބިލުކަން ނެތުމުގެ ސަބަބުން ގިނަ ފަރާތްތަކުން އެ ގޯތިތައް ދިގު މުއްދަތަށް ކުއްޔަށް ދޭންޖެހިފައިވާ ތަން ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ރަސްމާލެ މަޝްރޫއުގެ ދަށުން 20 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެއް ރާއްޖެއަށް އަންނާނެ ކަމަށާއި، މީގެ ސަބަބުން ކުރިއަށްއޮތް އަހަރުތަކުގައި އަހަރަކު ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރު ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިގެންދާނެ ކަމަށް މެންބަރު އިބްރާހީމް ހުސައިން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަބަދުވެސް މި ދައްކަނީ ޓޫރިޒަމަށް އެކަނި ބަރޯސާނުވެ، ދެވަނަ ސިނާއަތެއް އުފައްދާ މާލީ ތަނަވަސްކަން އިތުރުކުރުމުގެ ވާހަކަ. ރިއަލް އެސްޓޭޓްގެ ދާއިރާއިން މިފަދަ ބޮޑު އިންވެސްޓްމެންޓެއް ގައުމަށް އަންނަން އުޅުމުން އެކަން ބަލައިނުގަނެވިގެން އުޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" މެންބަރު ވިދާޅުވިއެވެ.

އަހަރަކު ދެ ރިސޯޓު ހުޅުވައިގެން އެކަނި ގައުމު ތަރައްގީކުރުމުގެ ދުވެލި ލަސްވާނެކަން ފާހަގަކުރައްވައި، މެންބަރު ވިދާޅުވީ ހަމައެކަނި ގޯތި ދިނުމަކުން ރަސްމާލެ ތަރައްގީ ނުކުރެވޭނެ ކަމަށާއި، އެތަނަށް ބޮޑެތި އިންވެސްޓްމެންޓްތައް ގެންނަންޖެހޭ ކަމަށެވެ. އަދި އަމިއްލަ ފަންޑިންގއާއި ބޮޑެތި ކުންފުނިތައް މެދުވެރިކޮށް މިފަދަ ދެމެހެއްޓެނިވި ތަރައްގީގެ މޮޑެލްތައް ތައާރަފުކޮށްގެން މެނުވީ ރައްޔިތުންނަށް މުއްސަނދިކަމާއި ތަނަވަސްކަން ހޯދައިނުދެވޭނެ ކަމަށްވެސް މެންބަރުގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްމެމްބަރު އިބްރާހިމް ހުސައިން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގައި ބަދަލުދޭން ހުށަހަޅައިފި

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގައި ބަދަލުދޭން ހުށަހަޅައިފި

20 ދުވަސް ކުރިން - 13:22

މަޖިލީހުގެ ރައީސް އައިޕީޔޫ އެސެމްބްލީއަށް ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

މަޖިލީހުގެ ރައީސް އައިޕީޔޫ އެސެމްބްލީއަށް ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

22 ދުވަސް ކުރިން - 10:37

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ގާނޫނު ހަދާ މަޖިލީހުގެ ދާއިރާއިން ގުޅުން ބަދަހިކުރަނީ

32 ދުވަސް ކުރިން - 14:44

ސީޕީސީ ކޮންފަރެންސްގައި ބައިވެރިވުމަށް މަޖިލީހުގެ ވަފުދެއް ސައުތު އެފްރިކާއަށް ފުރައިފި

ސީޕީސީ ކޮންފަރެންސްގައި ބައިވެރިވުމަށް މަޖިލީހުގެ ވަފުދެއް ސައުތު އެފްރިކާއަށް ފުރައިފި

41 ދުވަސް ކުރިން - 10:47

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

60 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

60 ދުވަސް ކުރިން - 14:10